11 މާޗް 2021
ބައެއް ފަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާ ވާހަކަފުޅުތަކުން ހީވަނީ، ކޮރަޕްޝަންގެ ކުޑަ ކަމެއް ފަޅާއެރިޔަސް އެ ބަޔަކާ މެދު ސަރުކާރުން ފިޔަވަޅު އަޅާނެހެންނެވެ. އެ މަނިކުފާނަށް ވެރިކަން ލިބިވަޑައިގެންނެވި މައިގަނޑު ސަބަބު ކަމަށް ވާ ގުޅިފައިވާ އިއްތިހާދުގެ ހިމާޔަތުގައި، ތަންފުކެއް ވެސް ދޫނުކުރައްވާނެ ކަމަށް، އަނެއް ބައި ފަހަރަށް ހީވެދާނެ އެވެ.
ބައެއް ފަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާ ވާހަކަފުޅުތަކުން ހީވަނީ، ކޮރަޕްޝަންގެ ކުޑަ ކަމެއް ފަޅާއެރިޔަސް އެ ބަޔަކާ މެދު ސަރުކާރުން ފިޔަވަޅު އަޅާނެހެންނެވެ. އެ މަނިކުފާނަށް ވެރިކަން ލިބިވަޑައިގެންނެވި މައިގަނޑު ސަބަބު ކަމަށް ވާ ގުޅިފައިވާ އިއްތިހާދުގެ ހިމާޔަތުގައި، ތަންފުކެއް ވެސް ދޫނުކުރައްވާނެ ކަމަށް، އަނެއް ބައި ފަހަރަށް ހީވެދާނެ އެވެ.
އެކަމަކު ޖެހިގެން އަންނަ ދުވަހު ދެން އިވޭނީ، ނުވަތަ މިހާތަނަށް އިވިފައި ވަނީ ވަރަށް ފިނި، ރައީސްގެ އާދަފުޅުތަކާ މެދު ވިސްނާ ލިއުންތެރިންނަށް، "މިއީ ކޮން ކަހަލަ ބޭފުޅެއް ބާ"އޭ، ހީވާ ފަދަ ވާހަކަފުޅުތަކެކެވެ.
އިއްޔެ ބޭއްވި ވާޗުއަލް ޕްރެސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ދެ ވާހަކަފުޅެއް، މިސާލަކަށް ނަގަމާ ހިނގާށެވެ.
ފެނަކައަކީ ރާއްޖޭގައި މިހާރު އޮތް ކޮރަޕްޝަންގެ އެންމެ ބޮޑު އެއް ހާލި ކަމަށް ތުހުމަތުކުރެވޭ އެތައް މައްސަލައެއް އޭސީސީ އަށް ވަނީ ހުށައަޅައިފަ އެވެ. އެ މައްސަލަތައް ފެންމަތިކުރީ ވެސް ފެނަކައިގެ އެތެރެއިން، އެ ތަނުގެ މުވައްޒަފުންނެވެ. އޭސީސީން އަންނަނީ ހަމައެކަނި އެ މައްސަލަތައް ބަލަމުންނެއް ނޫނެވެ. ރައީސަށް ވަނީ އެކަމާ ބެހޭ ވަރަށް ތަފުސީލީ ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އޭސީސީން ބަލަމުން އަންނަ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ރައީސުންނަށް އެފަދަ ސިޓީތައް ފޮނުވުމަކީ އާންމުކޮށް ކުރާ ކަމެއް ވެސް ނޫނެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ތުހުމަތުކޮށް 27 މައްސަލައެއް އޭސީސީ އަށް ހުށައަޅާފައިވެ އެވެ. އޭގެ ތެރެއިން 22 މައްސަލައެއް އެބަ ތަހުގީގުކުރެ އެވެ. ސައީދު ގެންދަވަނީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި އޭސީސީ އަށް އެ މައްސަލަތައް ހުށައެޅުމަކީ "ސިޔާސީ ގޮތުން ރޭވުމެކެ"ވެ. އެކަމަކު ސައީދަކީ ސިޔާސީ ގޮތުން އެއްވެސް ބަރުދަނެއް ހުރި ބޭފުޅެއް ނޫނެވެ. އާންމުންނަށް އޭނާ ކިރިޔާ ވެސް އެނގެން ފެށީ ފެނަކައިގެ އެންމެ މަތީ މަގާމު ލިބިވަޑައިގެންނެވި ފަހުންނެވެ.
ތުހުމަތުތަކެއް ދޮގުކުރައްވަން ހަމައެކަނި "ސިޔާސީ ރޭވުމެއް" ކަމަށް، ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ އިސް ވެރިން ވިދާޅުވުމަކުން ނުފުދެ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެގޮތަށް އެކަން ދޫކުރައްވައިގެން ވެސް ނުވާނެ އެވެ. އެމްޑީޕީ އަށް ނިސްބަތްނުވާ ބައެއް މީހުންނަށް ތުހުމަތެއްކުރުމުން މަގާމުން އެކަހެރި ކޮށްފައި އެބަ ހުއްޓެވެ.
ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ކަމަށް ރައީސް ކަނޑައެޅުއްވުމަކީ ވެރިކަމުގެ ފުރަތަމަކޮޅު ހެއްދެވުނު ގޯހެއް ކަމަށް މިހާރު ހީފުޅުކުރައްވާނެ އެވެ. އެއީ ރާއްޖޭގެ އެއްވެސް ސަރުކާރަކުން މިހާތަނަށް އިއުލާންކުރި، އަދި ރާއްޖޭގެ ސިޔާސީ މާހައުލުގައި އޮތް ހިޔާނާތުގެ ސަގާފަތަށް ބަލާ ނަމަ، އެއްވެސް ހަގީގަތެއް ނެތް ހުސް ސިޔާސަތެކެވެ. އެފަދަ ސާފު ވެރިކަމެއް ހިންގެވޭ ވަރުގެ ސިޔާސީ ލީޑަރަކު ރާއްޖެއަކުން އަދި ނުފެނެ އެވެ. އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ވެރިންނާއި އާންމު މެމްބަރުން ވެސް އެ ކަމަށް ހެކިވާނެ އެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސްއޭ ބުނެފި ނަމަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފައްޓަވާނީ ހިނިފުޅުވަޑުވާށެވެ.
ފެނަކައާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ކުންފުނި އިސްލާހުކުރަން މުއްދަތެއް ދެއްވާނެ ކަމަށެވެ. އެ ފުރުސަތު ދެއްވާނީ މިހާރު ތުހުމަތު އެޅިފައިވާ މެނޭޖިން ޑިރެކްޓަރު ސައީދު ދުރުކުރައްވައިގެންނެކޭ ވިދާޅެއް ނުވެ އެވެ. އޭސީސީގެ ތަހުގީގަށް ރައީސާ ހަމައިން އެހީތެރިކަން ދެއްވާ ނަމަ، ތަހުގީގުތައް ވީހާވެސް އަވަހަކަށް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވައިދެއްވަން ރައީސަށް ޖެހިވަޑައިގަންނަވަ އެވެ. އޭގެ މާނައަކީ ތުހުމަތުކުރެވޭ ވެރިން، ޒިންމާތަކުން އިހަށް ދުރުކުރެއްވުމެވެ. ތަހުގީގުން ކަމެއް ނުފެނިއްޖެ ނަމަ އެ ބޭފުޅުންނަށް އަލުން ޒިންމާތައް ހަވާލުކުރެއްވިދާނެ އެވެ.
ރައީސްގެ ވާހަކަފުޅު "މި ހުންނަނީ ކިހިނެއްހޭ" ސުވާލު އުފެދޭ ދެ ވަނަ މިސާލަކީ ވަޒީރުންނާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހަށް ހުށައަޅާ އިތުބާރު ނެތްކަމުގެ ވޯޓުތަކާ ބެހޭ ގޮތުން ވިދާޅުވި ވިދާޅުވުމެވެ. ރައީސްގެ އެންމެ އަރިސް އަދި ރައީސް ބޭނުންފުޅުވާ ގޮތަށް ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ މެމްބަރުން ކޮންޓްރޯލްކުރެއްވުމުގެ ބާރު އޮތް ކަމަށް ބެލެވޭ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު ފައްޔާޒު އިސްމާއިލާ ދެކޮޅަށް، ބާރުގަދަ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ފެއްޓެވި މަސައްކަތަށް ހުއްޓުން ގެނުވި އެވެ. އެކަން ކުރެއްވީ ފައްޔާޒާ އެކު ހުންނެވި ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސީދަލަށް ވިދާޅުވެފަ އެވެ.
އެކަމަކު ދާދި ފަހުން ޖޭޕީ އަށް ނިސްބަތްވެވަޑައިގެންނެވި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ މެމްބަރުން ހުށައެޅުއްވި އިރު ވެސް، އަދި މަޖިލިހުގައި ވޯޓު ނަގައި އެ މަގާމުން އޭނާ ވަކިކުރި އިރު ވެސް ރައީސް ހުންނެވީ ހިމޭނުންނެވެ. އާއެނކެވެ. ރައީސްގެ އަރިހުގައި މަލީހާއި ފައްޔާޒު ހުރިހާ ގޮތަކުން ވެސް ތަފާތުވާނެ އެވެ. ފައްޔާޒަކީ ފެށުނީއްސުރެ އެމްޑީޕީގެ ބޭފުޅެކެވެ. އަދި ރިޔާސީ ކެމްޕޭނުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސްގެ އެންމެ އަރިސް އެއް އެހީތެރިޔާ އެވެ. އެހެންކަމުން ފައްޔާޒުގެ ދިފާއުގައި ކުރެއްވި ވަރަށް، މަލީހު ދިފާއުކުރައްވަން ރައީސަށް މަސައްކަތްޕުޅު ނުކުރެއްވިދާނެ އެވެ. އެކަމަކު ރައްޔިތުންނަށް 2018 ގައި ދެއްކެވި ބޮޑު ކޯލިޝަން ދަމަހައްޓަވާނެކަމަށް ވައުދުވެވަޑައިގެންނެވި ރައީސެއްގެ ފަރާތްޕުޅުން އެހާ ބޮޑު ހިމޭންކަމެއް ފެނުމަކީ ވެސް މައްސަލައެކެވެ.
ޕްރެސް ކޮންފަރެންސްގައި ދެން ރައީސް ވިދާޅުވި ވާހަކަފުޅުން އެނގުނީ ވަޒީރުންނާއި ރައީސާ ހާދަ ބޮޑު ދުރުމިނެއް ހުރި ކަމެވެ. ރައްޔިތުންގެ މަޖިލިހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓަކީ ކުޑަ ކަމެއް ނޫނެވެ. އެއީ ވަޒީރަކަށް ވިޔަސް އަދި ދައުލަތުގެ އެހެން ވެރިޔަކަށް ވިޔަސް ކުރިމަތިވެވަޑައިގެންނަވާނެ އެންމެ ބޮޑު އެއް އިމްތިހާނެވެ. އެ ބޭފުޅެއްގެ ނަމާއި ގަދަރާ ވެސް ގުޅޭނެ މައްސަލައެކެވެ. ނަމަވެސް ރައީސް އެކުލަވާލެއްވި ކެބިނެޓެއްގެ މިނިސްޓަރަކާ ދެކޮޅަށް އަމިއްލަފުޅު ޕާޓީގެ ތެރެއިން މައްސަލައެއް އަދި އެއީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭހާ ބޮޑު މައްސަލައެއްތޯ ސުވާލު ވެސް އުފެދޭ ކަމެއްގައި، ސީދާ ރައީސްގެ އެއްވެސް ކަހަލަ ގުޅުމެއް މަލީހާ ދެމެދު ނެތްކަން، އިއްޔެގެ ވާހަކަފުޅުން އެނގުނެވެ. އެ މަނިކުފާނު ވިދާޅުވީ "ޗީފް އޮފް ސްޓާފް އަލީ ޒާހިރު މެދުވެރިކުރައްވައި ވާހަކަ ދެއްކެވި" ކަމަށާއި "މަލީހް ބޭނުންވީ މަޖިލީހުގައި ދިފާއުވެވަޑައިގަތުމަށް" ކަމަށެވެ.
ވަޒީރުގެ ދިފާއުގައި ރައީސަށް ކުރެއްވޭނެ ކަމެއް، އަދި ކުރައްވަން ބޭނުންފުޅުވާ ކަމެއް ވެސް ނެތުނީ އެވެ. ދެން ތިއްބެވި އެހެން ވަޒީރުން އެކަމާ މެދު ވަރަށް ފުންކޮށް ވިސްނަވަން ޖެހޭނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ، ބައެއް އާންމުން ސިފަކުރާ ގޮތުން ވެސް "ހަމަ ވަރަށް ތަފާތު ބޭފުޅެކެ"ވެ. އެ މަނިކުފާނު މަޑުމައިތިރި އެވެ. ބަސްމަގު ވެސް އެގޮތަށެވެ. ދެން ތަފާތު ތަންކޮޅަކީ، ބައެއް ކަންކަމުގައި ނިންމަވާނެ ގޮތެއްގެ "އެއްވެސް ކޮޅެއް" އެހެން މީހަކަށް ލަފާކުރަން ވެސް ނޭނގުމެވެ.
އެކަން ވެސް ގުޅިފައި އޮތީ އެ މަނިކުފާނުގެ އެ "ހިމޭންކަމާ" އެވެ.
އެންގި ކަންކަން އިސްލާހުކޮށްފިން: ފެނަކަ
ފެނަކައިގެ 13 ކަމެއް އިސްލާހުކުރަން ވަނީ އަންގާފައި
ފެނަކައިގެ ކޮރަޕްޝަން އޭސީސީން ރައީސްގެ ސަމާލުކަމަށް!
ލިޔެކިއުންތައް ނައްތައެއް ނުލަން: ފެނަކަ
ފެނަކައިގެ އޮފީހަކުން ފައިސާތަކެއް ގެއްލުނު މައްސަލައެއް
ފެނަކަ: ހިޔާނާތުން ހުލިކުރިއިރު ތިބީ ބަލަހައްޓައިގެން!
60މަޝްރޫއު ނުނިންމައި ބަޖެޓް ހުސްކޮށްލި މައްސަލައެއް
ފެނަކައާ ގުޅޭ ކުއްލި މައްސަލައެއް
ދައުލަތަށް ހޯދަން އެންގި ފައިސާ ނުލިބޭތީ ފިޔަވަޅުއަޅަނީ
ފެނަކައިން ހުށަހެޅި މައްސަލަތަކުގެ އަގަކީ ބައި ބިލިއަން