08 މާޗް 2021
ޒިއުރިކް (މާޗް 8) - ސްވިޒަލޭންޑުގައި އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކަމަށް ވަރަށް ހަނި އަޣުލަބިއްޔަތަކުން ފާސްކޮށްފި އެވެ.
ޒިއުރިކް (މާޗް 8) - ސްވިޒަލޭންޑުގައި އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކަމަށް ވަރަށް ހަނި އަޣުލަބިއްޔަތަކުން ފާސްކޮށްފި އެވެ.
ރަސްމީ ނަތީޖާތައް ދައްކާ ގޮތުން މޫނު ބުރުގާ މަނާކުރުމަށް ތާއީދުކޮށްފައި ވަނީ 51.2 ޕަސެންޓެވެ. އިއްޔެ ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި މޫނު ބުރުގާ އެޅުމަށް ވަނީ 48.8 ޕަސެންޓް މީހުން ތާއީދުކޮށްފަ އެވެ. ބުރުގާ މަނާކުރުމުގެ ޕްރޮޕޯޒަލް ހުށަހަޅާފައި ވަނީ ކަނާތު ފިޔައިގެ ސްވިސް ޕީޕަލްސް ޕާޓީ (އެސްވީޕީ) އިންނެވެ.
ސްވިޒަލެންޑުގެ މަޝްހޫރު އިސްލާމީ ޖަމާއަތަކުން ބުނެފައި ވަނީ މިއީ އެ ގައުމަށް "ކަޅު ދުވަހެއް" ކަމަށެވެ.
"ވޯޓުގެ ނަތީޖާއިން ވަނީ ކުރީގެ ޒަޚަމްތައް އަލުން ހުޅުވައިދީފައި. މިއީ އަޣުލަބިއްޔަތު ނެތް މުސްލިމުން ބާކީކޮށްލުމުގެ ސިގްނަލެއް،" ސެންޓްރަލް ކައުންސުލް އޮފް މުސްލިމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ޖަމާއަތުން ބުނެފައި ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ބުރުގާ މަނާކުރުމަށް ސްވިޒަލެންޑުގެ ސަރުކާރުން ވެސް ދެކޮޅެވެ. އަންހެނުން ހެދުން އަޅަންވީ ގޮތެއް ސަރުކާރަށް ނުބުނެވޭނެ ކަމަށް ސްވިސް ސަރުކާރުން ބުނެފައިވެ އެވެ.
ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ސްވިޒަލެންޑުގެ އެކަކު ވެސް މޫނު ބުރުގާއެއް ނާޅަ އެވެ. ބުރުގާ އަޅަނީ ވެސް ތިރީހަކަށް މީހުންނެވެ. ސްވިޒަލެންޑުގެ 8.6 މިލިއަން މީހުންގެ އާބާދީގެ ތެރޭން މުސްލިމުންގެ ނިސްބަތަކީ ފަސް ޕަސެންޓެވެ. ގިނައީ ތުރުކީ، ބޮސްނިއާ އަދި ކޮސޯވޯ ދަރިކޮޅު މީހުންނެވެ.
ޔޫރަޕުގެ އެހެން ބައެއް ގައުމުތަކުގައި ވެސް މޫނު ބުރުގާ ވަނީ މަނާކޮށްފަ އެވެ. އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން ފްރާންސް އިން 2011 ވަނަ އަހަރު ވަނީ މަނާކޮށްފަ އެވެ. ނެދަލޭންޑްސް، ޑެންމާކް، އޮސްޓްރިއާ އަދި ބަލްގޭރިއާގައި ވެސް ވަނީ އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކޮށްފަ އެވެ.
މޫނުބުރުގާގައި ސްކޫލަށް ދާން ވަގުތީ އަމުރެއް ނުލިބުނު
މޫނުބުރުގާ މަނާކުރުމަކީ އަންހެނުންގެ ހައްގަށް އަރައިގަތުން
މޫނު ބުރުގާ އެޅި ޑެންމާކުގެ އަންހެނަކު ޖޫރިމަނާކޮށްފި
ކިއުބެކުގައި މޫނު ބުރުގާ އަޅައިފި ނަމަ ޚިދުމަތުން މަހްރޫމް
ބުރުގާ އެޅިއަސް ވަޒީފާއިން ކަނޑާނުލެވޭނެ: ސްވިސް ކޯޓު
މޫނު ބުރުގާ އަޅާތީ ވަޒީފާއިން ޑިސްކޮލިފައި ކޮށްފި
ތަށީގެ ފޭވަރިޓް އިންގްލެންޑް ސެމީގެ ޖާގަ ހޯދައިފި
ޖަރުމަނުން އެއްވަނަ ގެންގޮސްފި، ހެންގޭރީ އިންތިޒާރުގައި
ސްކޮޓްލެންޑާ ޖެހި ސްވިޒަލެންޑަށް އިންތިޒާރު ދިގުވެއްޖެ
އާޓިފިޝަލް ވިނައިގައި ކުޅެންޖެހޭތީ ގާޑިއޯލާ ފާޑުކިިޔައިފި