Roadha Mihaaru
އެޕަލް އިން އައިމެކް ޕްރޯ އުފެއްދުން ހުއްޓާލަނީ

އެޕަލް އިން އައިމެކް ޕްރޯ އުފެއްދުން ހުއްޓާލަނީ

07 މާޗް 2021

އެޕަލް އިން އެ ކުންފުނީގެ އައިމެކް ޕްރޯ ކޮމްޕިއުޓަރު އުފެއްދުން ހުއްޓާލަން ނިންމައިފި އެވެ.

އެޕަލް އިން އެ ކުންފުނީގެ އައިމެކް ޕްރޯ ކޮމްޕިއުޓަރު އުފެއްދުން ހުއްޓާލަން ނިންމައިފި އެވެ.

މިހާރުވެސް އެޕަލްގެ ވެބްސައިޓުން 4،999 ޑޮލަރަށް ގަންނަން ލިބޭ މި ކޮމްޕިއުޓަރުގެ މިހާރު ހުރި ސްޓޮކް ހުސްވުމުން އިތުރަށް އުފެއްދުން ހުއްޓާލަން ވަނީ ނިންމައިފަ އެވެ. އެކަން އެޕަލްއާ ހަވާލާދީ ސީނެޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެޕަލް އިން އައިމެކްޕްރޯ ބާޒާރަށް ނެރުނީ 2017 ވަނަ އަހަރު އެވެ. މި އުފެއްދުން ތައާރަފްކުުުރި އިރު ބުނީ މިއީ އެ ވަގުތު އެޕަލްގެ އެންމެ ވަރުގަދަ ކޮމްޕިއުޓަރު ކަމަށެވެ.

މިއީ ކޮމްޕިއުޓިންގައި ހަލުވި ޕްރޮސެސިން ބޭނުންވާ، ޕްރޮފެޝަނަލް މަސައްކަތްކުރާ މީހުންނަށް ހާއްސަ އުފެއްދުމެކެވެ. އެކަމަކު މި ކޮމްޕިއުޓަރު ބާޒާރަށް ނެރުނު ފަހުން އަދި މިހާތަނަށް މާބޮޑު އަދި މާ ހާއްސަ ހާޑްވެއާ އަޕްގްރޭޑެއް ދީފައެއް ނުވެ އެވެ.

އައިމެކް ޕްރޯއެއް ބޭނުންވާ މީހުންނަށް ދެން އެންމެ ރަނގަޅު އުފެއްދުމަކަށް ވާނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ނެރުނު 27 އިންޗީގެ އައިމެކެވެ.

އެޕަލް އިން އަންނަނީ އައިމެކް ލައިންއަޕްގެ ކޮމްޕިއުޓަރުތަކަށް މުހިންމު ބަދަލުތަކެެއް ގެންނަން ތައްޔާރުވަމުން ކަމަށް މިދިޔެ ޖެނުއަރީ މަހު ބްލޫމް ބާގުން ރިޕޯޓްކޮށްފައިވެ އެވެ.