06 މެއި 2018
މެކްއޯއެސް އަދި އައިއޯއެސް އެކަތިގަނޑަކަށް ހަދައި އެއީ އެއް އޮޕަރޭޓިން ސިސްޓަމެއް ގޮތުގައި ބޭނުންނުކުރާނެ ކަމަށް އެޕަލް އިން ބުނެފި އެވެ. ދެ އޮޕަރޭޓިން ސިސްޓަމް އެކުލަވައި، އެޕަލްގެ ކޮމްޕިއުޓަރުގައި އަދި އައިފޯނުގައި ބޭނުންކުރެވޭ ގޮތް ހެދުމަކީ ބައެއްގެ ފިކުރީ މުއްސަނދިކަމެއް ނަމަވެސް، އެ އުފެއްދުންތައް ބޭނުންކުރާ މީހުންނަށް އެ ގޮތް ކަމުނުދާނެ ކަމަށް ވެސް އެޕަލް އިން ބުންޏެވެ.
މެކްއޯއެސް އަދި އައިއޯއެސް އެކަތިގަނޑަކަށް ހަދައި އެއީ އެއް އޮޕަރޭޓިން ސިސްޓަމެއް ގޮތުގައި ބޭނުންނުކުރާނެ ކަމަށް އެޕަލް އިން ބުނެފި އެވެ. ދެ އޮޕަރޭޓިން ސިސްޓަމް އެކުލަވައި، އެޕަލްގެ ކޮމްޕިއުޓަރުގައި އަދި އައިފޯނުގައި ބޭނުންކުރެވޭ ގޮތް ހެދުމަކީ ބައެއްގެ ފިކުރީ މުއްސަނދިކަމެއް ނަމަވެސް، އެ އުފެއްދުންތައް ބޭނުންކުރާ މީހުންނަށް އެ ގޮތް ކަމުނުދާނެ ކަމަށް ވެސް އެޕަލް އިން ބުންޏެވެ.
އެޕަލްގެ މެކް ކޮމްޕިއުޓަރުތައް، ލެޕްޓޮޕްތައް، އައިޕެޑް އަދި އައިފޯނުގައި އެއް އެޕްލިކޭޝަންތަކެއް ހިންގޭ ގޮތް ހެދުމަކީ ޑިވައިސްތަކުގެ ފޯރިކުޑަވާނެ ކަމެއް ކަމަށް އެޕަލް ދެކެ އެވެ.
އެޕަލްގެ ޑިވައިސްތައް ހިންގައިދޭ ދެ އޮޕަރޭޓިން ސިސްޓަމް އެކުލަވާލުމުގެ ވާހަކަތައް ދެކެވޭތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. މިކަމާ ގުޅޭ ގޮތުން "ސިޑްނީ މޯނިން ހެރާލްޑް" އަށް ވެސް ޓިމް ކުކް ވަނީ އޮޅުންފިލުވައި ދެއްވާފަ އެވެ. އެނާ ދެކިލައްވާ ގޮތުގައި، އެޕަލް އަށް ވަފާތެރި އެކަކަށް ވެސް މިއީ ކަމުދާ ކަމަކަށް ނުވާނެ އެވެ. އެކަމަކު މި ވާހަކަތައް އެންމެ ގިނައިން ދައްކަނީ ވެސް ފަވާތެރިން، އެޕަލް އަށް ޚާއްސަ ފޯރަމްތަކުގަ އެވެ.
ޑިވައިސްތައް ހިންގަން އެޕަލުން ދެ އޮޕަރޭޓިން ސިސްޓަމް ގެންގުޅުމަކީ ކުންފުންޏަށް އެންމެ ފައިދާ ބޮޑު ގޮތްތޯ ވެސް ގިނަ ބަޔަކު އަހަ އެވެ. މައިކްރޮސޮފްޓް ފަދައިން، ކޮމްޕިއުޓަރުތަކަށް އަދި ސްމާޓްފޯނުތަކަށް އެއް އޮޕަރޭޓިން ސިސްޓަމެއް، ވިންޑޯޒް ގެންގުޅުމުން، ކުންފުނިން ކުރަން ޖެހޭ މަސައްކަތްތައް ލުއިވެ، އެހެން މަސައްކަތްތައް ކުރަން ވަގުތު ލިބޭނެ ބުނެ ޚިޔާލު ފާޅުކޮށްފައި ހުރެ އެވެ.
މެކްއޯއެސް އަދި އައިއޯއެސް އެއްކުރަން އުޅޭ ކަމަށް ބުނެ ދެކެވުނު ވާހަކަތަކަށް ޓިމް ކުކް ރައްދުދެއްވީ ވެސް އެ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ފަހުންނެވެ. އެހެން ނަމަވެސް މިހާރު ވަނީ އެކަން ކަށަވަރުވެފަ އެވެ. ދޭހަ އަކީ މިކަމާ ބެހޭ ގޮތުން އެޕަލްގެ ތެރޭގައި މަޝްވަރާކުރެވި، އެޕަލް އަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ނިންމީ ކަމެވެ.
އައިއޯއެސް އެޕްތައް މެކްއޯއެސް އަށް ޕޯޓްކުރަނީ
މިފަހަރު އައިފޯނުގެ ނަމަށް ބަދަލެއް އަތުވެދާނެ
އައިފޯނަށް "ދަ ކްލައުންފިޝް" އަނބުރާ އަންނަނީ
ޗައިނާގައި އައިފޯން އުފައްދާ ބޮޑު ފެކްޓަރީތައް ބަންދު
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
ބައެއް މޮޑެލްތަކުގެ ފޯނުތަކަށް ވަޓްސްއެޕް ހުއްޓާލަނީ
އަޕްޑޭޓް ނުކޮށްފި ނަމަ ބައެއް އައިފޯންތައް ހަލާކުވެދާނެ
ބިލް ގޭޓްސްއަށް ކަމުދަނީ އެންޑްރޮއިޑް ފޯން
އެޕަލް ގަޑިތައް ހެދީ އަގު ހެޔޮކުރެވޭނެ ގޮތަށް
އެޕަލް ގަޑިތަކާ އެކު އެޑަޕްޓަރެއް ނުލިބޭނެ