Roadha Mihaaru
ޗައިނާގައި އައިފޯން އުފައްދާ ބޮޑު ފެކްޓަރީތައް ބަންދު

ކޮވިޑް ކޭސްތައް މައްޗަށް ދާތީ ޗައިނާގައި އައިފޯން އުފައްދާ އެންމެ ބޮޑު ފެކްޓަރީތައް ބަންދުކޮށްފި

13 އެޕްރީލް 2022

ޗައިނާގައި ކޮވިޑް ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ވާތީ، އެ ގައުމުގައި އައިފޯން އުފައްދާ ބައެއް ބޮޑެތި ފެކްޓަރީތައް ބަންދުކޮށްފި އެވެ.

ޗައިނާގައި ކޮވިޑް ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ވާތީ، އެ ގައުމުގައި އައިފޯން އުފައްދާ ބައެއް ބޮޑެތި ފެކްޓަރީތައް ބަންދުކޮށްފި އެވެ.

ޗައިނާގައި އައިފޯން އުފައްދާ މަދު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޓައިވާނުގެ "ޕެގަޓްރޮން" ގެ ތިން ފެކްޓަރީއެއް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެއީ ޝެންހާއީގައި ހުންނަ ދެ ފެކްޓަރީއަކާއި ކުންޝަންގައި ހުންނަ ފެކްޓަރީއެކެވެ.

ކޮވިޑް ކޭސްތައް މައްޗަށް ދާތީ، ޗައިނާ ސަރުކާރުން ވަނީ އެ ގައުމުގައި އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށި ކޮށްފަ އެވެ.

ޕެގަޓްރޮންގެ ފެކްޓަރީތައް ބަންދުކުރުމުން އެ ކުންފުންޏާއި އެޕަލް އަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ ބެލެވެ އެވެ. އެއީ ދުނިޔޭގައި 20-30 ޕަސެންޓްގެ އައިފޯންތައް އުފައްދާ ފެކްޓަރީތަކެވެ.

ޝެންހާއީގައި ހުންނަ، އެޕަލްގެ މެކްބުކް އުފައްދާ "ކުއަންޓާ" ގެ ފެކްޓަރީ ވެސް ބަންދުކޮށްފައިވެ އެވެ.

ކޮވިޑް ކޭސްތަކާ ގުޅިގެން ޗައިނާގައި ހުންނަ ގިނަ ސަޕްލައި ޗެއިންތަކެއް މަސައްކަތް ހުއްޓިފައިވެ އެވެ. ކާރު އުފައްދާ މަޝްހޫރު ކުންފުނި ޓެސްލާގެ ޗައިނާ ފެކްޓަރީ ވެސް ވަނީ ބަންދުކޮށްފަ އެވެ.

ޗައިނާގައި ކޮވިޑް ކޭސްތަކުގެ އަދަދު މިހާރު އުޅެނީ ދުވާލެއްގެ މައްޗަށް 20،000 އިން މަތީގަ އެވެ. އެ ބަލީގައި އެ ގައުމުން 4،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.