09 ޖުލައި 2022
އައިފޯން އެންމެ ފުރަތަމަ ތައާރަފުކުރިއިރު، 2007 ވަނަ އަހަރުގައި ވޯލްޕޭޕަރެއްގެ ގޮތުގައި ބޭނުންކުރި "ދަ ކްލައުންފިޝް" އަނބުރާ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އައިފޯން އެންމެ ފުރަތަމަ ތައާރަފުކުރިއިރު، 2007 ވަނަ އަހަރުގައި ވޯލްޕޭޕަރެއްގެ ގޮތުގައި ބޭނުންކުރި "ދަ ކްލައުންފިޝް" އަނބުރާ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދެ ކްލައުންފިޝް ފެންނަ އެ ވޯލްޕޭޕާ ހިމަނާފައި ވަނީ އައިފޯންގެ އޮޕަރޭޓިން ސިސްޓަމްގެ އާ އަޕްޑޭޓް، އައިއޯއެސް 16 ގަ އެވެ. އާންމުންނަށް އެ އަޕްޑޭޓް ލިބޭނީ އައިއޯއެސް 16 ގެ ބީޓާ ތިނެއްގެ އަޕްޑޭޓާއެކުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"ދަ ކްލައުންފިޝް" ވޯލްޕޭޕާ އަކީ ސްޓީވް ޖޮބްސް އައިފޯން ތައާރަފުކުރިއިރު ދައްކާލި އެ ފޯނުގެ އެންމެ ފުރަތަމަ ވޯލްޕޭޕާ އެވެ.
Some users appear to be seeing a new Clownfish wallpaper in iOS 16 beta 3. This is the wallpaper Steve Jobs used when the original iPhone was announced in 2007 — but it never actually ever shipped with any iPhone. Here we are 15 years later. https://t.co/OLTvb1KVJG
— Mark Gurman (@markgurman) July 6, 2022
ނަމަވެސް، އޭގެ ފަހުން އައި އައިފޯންގެ އެއްވެސް އާ މޮޑެލްތަކުގައި އެ ވޯލްޕޭޕާ ބޭނުމެއް ނުކުރެވެ އެވެ. މިހާރު އޭގެ ފަހުން 15 އަހަރުވީ އެވެ.
އެ ވޯލްޕޭޕާގެ ފުލް ވާޝަންއެއް 2009 ގައި ނެރުނު މެކް އޯއެސް އެކްސް 10.6 ސްނޯ ލެޕާޑްގައި ހިމެނި އެވެ. މެކްގެ ނޭޗާ ފޯލްޑާ އަށް ދާއިރު މިހާރު ވެސް އެ ފޮޓޯ ފެންނާނެ އެވެ. އަދި ސްކްރީން ސޭވާއެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެވެ.
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
ބައެއް މޮޑެލްތަކުގެ ފޯނުތަކަށް ވަޓްސްއެޕް ހުއްޓާލަނީ
އަޕްޑޭޓް ނުކޮށްފި ނަމަ ބައެއް އައިފޯންތައް ހަލާކުވެދާނެ
ބިލް ގޭޓްސްއަށް ކަމުދަނީ އެންޑްރޮއިޑް ފޯން
އެޕަލް ގަޑިތައް ހެދީ އަގު ހެޔޮކުރެވޭނެ ގޮތަށް
އެޕަލް ގަޑިތަކާ އެކު އެޑަޕްޓަރެއް ނުލިބޭނެ
ޗައިނާ މީހުން އައިފޯން ދޫކޮށްލަފާނެ
އެޕަލްގެ ސަބަބުން ވާދަވެރިންނަށް ފުރުސަތު ގެއްލޭ
އެޕަލްގެ ގަޑިތަކުން ލޭގެ އޮކްސިޖަން ބެލޭ ގޮތް ހަދަނީ
ގޮރިއްލާ ގްލާސްއަށް ނަންބަރުގެ ބަދަލުގައި ނަމެއް