Roadha Mihaaru
އެޕަލް އިން އިންޓެލް ޗިޕްތައް ދޫކޮށްލަނީ

އެޕަލް އިން އިންޓެލް ޗިޕްތައް ދޫކޮށް އޭއެމްޑީ އަށް

11 ފެބުރުއަރީ 2020

އެޕަލް މެކް ކޮމްޕިއުޓަރުތަކުގައި މިހާރު ބޭނުންކުރަނީ އިންޓެލް ޗިޕްތަކެވެ. ނަމަވެސް، އިންޓެލް ޗިޕްތައް ދޫކޮށް އެޕަލް އިން އޭއެމްޑީ ޗިޕްތަކަށް ބަދަލުވާން އުޅޭ ނިޝާންތަކެއް އެބަ ފެނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލް މެކް ކޮމްޕިއުޓަރުތަކުގައި މިހާރު ބޭނުންކުރަނީ އިންޓެލް ޗިޕްތަކެވެ. ނަމަވެސް، އިންޓެލް ޗިޕްތައް ދޫކޮށް އެޕަލް އިން އޭއެމްޑީ ޗިޕްތަކަށް ބަދަލުވާން އުޅޭ ނިޝާންތަކެއް އެބަ ފެނެ އެވެ.

އިންޓެލް އަށް މިހާރު އެޕަލް ބޭނުންވާ ފެންވަރުގެ ޗިޕްތަކެއް ނުއުފެއްދެ އެވެ. ޗިޕްތަކުގެ ރައްކާތެރި ކަމަށް ބެލި ނަމަވެސް، އިންޓެލް އުޅެނީ އެޕަލް ބޭނުންވާ މިންގަނޑުން، ކުޑައިކޮށް ބޭރުގަ އެވެ. އެޕަލް އަށް ދެން އޮތް ރިހުމަކީ، އެޕަލް ބޭނުންވާ އަދަދަށް، ޗިޕް އުފައްދަން އިންޓެލް ނުކުޅެދުމެވެ.

އެޕަލް އިން އޭއެމްޑީ ޗިޕްތަކަށް ބަދަލުވަނީ ކޮން ސަބަބަކާ ހެދި ކަމެއް ނުބުނެ އެވެ. އެޕަލް އަކީ ކުރިއާލައި ގިނަ ވާހަކަތަކެއް ދައްކާ ކުންފުންޏެއް ނޫނެވެ. ނަމަވެސް، އެޕަލް ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ދަންނަ މީހުން ބުނާ ގޮތުގައި، އޭއެމްއާރު ޗިޕްތަކަށް ބަދަލުވުމަކީ ވެސް އެޕަލް އަށް އޮތް އިޚުތިޔާރެކެވެ.

އެޕަލް އިން މިހާރުވެސް އޭއެމްޑީ "ޖީޕީޔޫ" – "ގްރެފިކްސް ޕްރޮސިސެިން ޔުނިޓް"ތައް، (މެކްބުކް ޕްރޮ 16އިންޗި) ގައި ބޭނުންކުރެ އެވެ. އެޕަލް އިން މިހާރު މަސައްކަތްކުރަނީ މެކް ކޮމްޕިއުޓަރުތަކުގައި ބޭނުންކުރާ "ސީޕީޔޫ" – "ސެންޓްރަލް ޕްރޮސެސިން ޔުނިޓް"ތައް، އޭއެމްޑީ އަށް ބަދަލުކުރާށެވެ. އިންޓެލް އަދި އޭއެމްޑީ އަކީ ވެސް ޗިޕް އުފައްދާ ދެ ކުންފުންޏެެ.

ޗިޕް ރިވިއުކުރާ މީހުން ދެކޭ ގޮތުގައި، އިންޓެލް އަށް ވުރެ، ގޭމިން ޗިޕްތަކަށް އޭއެމްޑީ މޮޅެވެ. އަދި އޭއެމްޑީ ޗިޕްތަކުން ހޫނުއަރާ މިންވަރު ވެސް ދަށެވެ. އެހެންކަމުން ބެލެވެނީ އެޕަލްގެ މި ވިސްނުން "ގޭމިން" އާ ގުޅިފައި ހުރި ކަމަށެވެ.