Roadha Mihaaru
އައިއޯއެސް 15 މި މަހުގެ 20 ގައި

އައިއޯއެސް 15 މި މަހުގެ 20 ގައި

18 ސެޕްޓެމްބަރ 2021

އެޕަލްގެ އާ އޮޕަރޭޓިން ސިސްޓަމް މި މަހުގެ 20 ގައި ލޯންޗްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލްގެ އާ އޮޕަރޭޓިން ސިސްޓަމް މި މަހުގެ 20 ގައި ލޯންޗްކުރަން ނިންމައިފި އެވެ.

އައިއޯއެސް 15، އައިފޯން 13 ދައްކައިލަން މި މަހުގެ 14 ގައި ބޭއްވި އިވެންޓްގައި ލޯންޗްކުރާނެ ކަމަށް ގިނަ ބަޔަކު ތިބީ އުންމީދުކޮށްގެންނެވެ.

އާ އޯއެސް ލޯންޗްކުރާ ތާރީހު ޓިމް ކުކްގެ އެޕަލް އިން ހުކުރު ދުވަހު އިއުލާންކުރީ އައިފޯން އެ ދުވަހު ވިއްކަން ވެސް ފެށުމާ އެކީގަ އެވެ. އެޕަލް އިން ބުނީ ލޯންޗްކުރާ ދުވަހުން ފެށިގެން ހިލޭ އައިއޯސް 15 ޑައުންލޯޑްކުރެވޭނެ ކަމަށެވެ.

އެޕަލް އިން ޔަގީންކޮށްދޭ ކަމަކީ އައިއޯއެސް 15 އާ އެކު އެޕަލްގެ ޑިވައިސްތަކަށް ހިތްގައިމު އަދި ބޭނުންކުރަން ފަސޭހަ އެތައް ކުލަވަރަކާއި ފީޗާތަކެއް އަންނާނެކަމެވެ.

މި އައިއޯއެސްގައި ސެކިއުރިޓީ ފީޗާތަކެއް ވެސް އެކުލެވޭނެ އެވެ. އޭގެ ތެރޭގައި އެޕަލްގެ ޑިވައިސްތަކުން ޔޫޒަރުންގެ އައިޕީ އެޑްރެހާއި ލޮކޭޝަން ފަދަ ފަދަ މުހިއްމު މައުލޫމާތުތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށްދޭނެ "މެއިލް ޕްރައިވެސީ ޕްރޮޓެކްޝަން" ފީޗާ ވެސް ހިމެނެ އެވެ.