Roadha Mihaaru
އައިފޯން 6 ދޫކޮށްނުލާތި، އައިއޯއެސް 15 ލިބޭނެ

އައިފޯން 6 ދޫކޮށްނުލާތި، އައިއޯއެސް 15 އަޕްޑޭޓް ލިބޭނެ

10 ޖޫން 2021

އައިފޯން 6 ގެންގުޅޭ ނަމަ އެ ފޯނު ދޫކޮށްލާކަށް އަދި ނުވެ އެވެ. އަންނަ ސެޕްޓެމްބަރުގައި އައިފޯން 6 އަށް ހަ އަހަރު ވާނެ އެވެ. އެކަމަކު އޭގެ މާނަ އަކީ އެ މުސްކުޅިވެގެން ދޫކޮށްލަން ޖެހުމެއް ނޫނެވެ. އޭގެ ވަރަށް މުހިއްމު ސަބަބެއް ވެސް އޮތެވެ. އެއީ އެޕަލް އައިއޯއެސްގެ އެންމެ ފަހުގެ އަޕްޑޭޓް ކަމަށްވާ އައިއޯއެސް 15، އައިފޯން އަށް ލިބޭނެތީ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައިފޯން 6 ގެންގުޅޭ ނަމަ އެ ފޯނު ދޫކޮށްލާކަށް އަދި ނުވެ އެވެ. އަންނަ ސެޕްޓެމްބަރުގައި އައިފޯން 6 އަށް ހަ އަހަރު ވާނެ އެވެ. އެކަމަކު އޭގެ މާނަ އަކީ އެ މުސްކުޅިވެގެން ދޫކޮށްލަން ޖެހުމެއް ނޫނެވެ. އޭގެ ވަރަށް މުހިއްމު ސަބަބެއް ވެސް އޮތެވެ. އެއީ އެޕަލް އައިއޯއެސްގެ އެންމެ ފަހުގެ އަޕްޑޭޓް ކަމަށްވާ އައިއޯއެސް 15، އައިފޯން އަށް ލިބޭނެތީ އެވެ.

މިހާރު ކުރިއަށްދާ އެޕަލްގެ ޑިވެލޮޕާޒް ކޮންފަރެންސްގައި އެ ވާހަކަ ބުނެފައިވާ އިރު މިއީ އައިފޯން 6 ގެންގުޅޭ މީހުންނަށް ލިބޭނެ ހަމަ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ. މި އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި އޯއެސް 15 ދޫކޮށްލާއިރު، އައިފޯން 6އެސް އާއި 6އެސް ޕްލަސް އަށް ވެސް އައިއޯއެސް 15 ލިބޭނެ އެވެ.

މިއީ އެޕަލްގެ ފުރަތަމަ ޖީލުގެ އެސްއީ ފޯނުތަކުގެ ތެރެއިން އެންމެ ފަހުގެ އަޕްޑޭޓް ފުރަތަމަ ފަހަރަށް ލިބޭ މޮޑެލް އަށް ވާނެ އެވެ. އައިފޯން 6 ސީރީޒަކީ އައިއޯއެސް 9 އާ އެކު ގެނެސްދިން އެއްޗެކެވެ.

އައިފޯން 6 އަށް ވުރެ އައިފޯން 5 އެއް އަހަރު ހަގަސް އެންމެ ފަހުގެ އަޕްޑޭޓްގެ ފުރުސަތު އެއަކަށް ނެތެވެ. އެ ސީރީޒްގެ ފޯނުތައް އައިއޯއެސް 12 އާ ނެރެ، އޯއެސް 13 ގެ އަޕްޑޭޓް ވެސް ދީފައެއް ނުވެ އެވެ.

އައިއޯއެސް 15 އާ އެކު ވަރަށް ގިނަ ފަސޭހަތަކެއް ފޯނު ބޭނުންކުރުމުގައި ލިބޭނެ އެވެ.