06 ޖޫން 2018
އެޕަލްގެ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް އިއްޔެ ރެއަކީ ބޮޑު ރެއެކެވެ. ކެލިފޯނިއާގެ ސެން ހޯސޭ ކޮންވެންޝަން ސެންޓަރުގައި 6،000 މީހުންގެ ކުރިމަތީގައި، އައިފޯނާއި، މެކްބުކާއި އެޕަލް ސްމާޓްގަޑި އައިވޮޗާއި، އެޕަލް ޓީވީއަށް ހާއްސަ އާ ސޮފްޓްވެއާތަކުގެ މޮޅުކަން ދައްކައިލި އެވެ. މި ބަލައިލަނީ ދެ ގަޑިއެއްހާއިރަށް ދެމިގެން ދިޔަ މި އިވެންޓުގެ އުސްއަލިތަކަށެވެ.
އެޕަލްގެ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް އިއްޔެ ރެއަކީ ބޮޑު ރެއެކެވެ. ކެލިފޯނިއާގެ ސެން ހޯސޭ ކޮންވެންޝަން ސެންޓަރުގައި 6،000 މީހުންގެ ކުރިމަތީގައި، އައިފޯނާއި، މެކްބުކާއި އެޕަލް ސްމާޓްގަޑި އައިވޮޗާއި، އެޕަލް ޓީވީއަށް ހާއްސަ އާ ސޮފްޓްވެއާތަކުގެ މޮޅުކަން ދައްކައިލި އެވެ. މި ބަލައިލަނީ ދެ ގަޑިއެއްހާއިރަށް ދެމިގެން ދިޔަ މި އިވެންޓުގެ އުސްއަލިތަކަށެވެ.
ޓިމް ކޫކް "އައިއޯއެސް" 12 ގެ ތަޢާރަފެއް ދެއްވަނީ - ފޮޓޯ: ދަ ނެކްސްޓް ވެބް
މިފަހަރުގެ އަދަދުން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ، "ޑިޖިޓަލް ހެލްތު ޑޭޝްބޯޑް" އެވެ. މީގެ އެހީގައި ވަކިވަކި އެޕްތަކަށް ވަދެ ވަގުތު ހޭދަކުރާ މިންވަރު ކަނޑައަޅައި، ނޯޓިފިކޭޝަންތައް ގްރޫޕްކޮށްލެވެ އެވެ. އަދި ކޮންމެހެން ބޭނުންވެއްޖެ ނަމަ ކަނޑައެޅޭ ވަކިވަގުތަކަށް ނޯޓިފިކޭޝަންތައް ލިބުން މަޑުޖައްސައި ވެސް ލެވިދާނެ އެވެ. ބޭނުމަކީ، އައިފޯނު ބޭނުންކުރާ މިންވަރު ވަކިވަރެއްގައި ހިފަހައްޓައިދީ އާންމު ދިިިރިއުޅުމުގެ އެހެނިހެން ކަންކަމަށް ވަގުތު ހުސްކޮށްދިނުން ކަމަށް އެޕަލް އިން ބުނެ އެވެ.
ދެން އޮތީ "މީމޯޖީ" އެވެ. އޭއާރުގެ އެހީގައި އަމިއްލަ މޫނުގެ ތްރީޑީ "މާސްކް" އެްް ފައްކާކޮށްލެވޭ މި ފީޗާ އެޕަލް ފޭސްޓައިމްގައި ވެސް ބޭނުންކުރެވޭނެ އެވެ. އިވެންޓަށް ގޮސް މަންޒަރު ގާތުން ބެލި ގިނަ ބަޔަކު ބުނަނީ ސެމްސަންގުން "އޭއާރު އިމޯޖީ"ގެ ނަމުގައި ޖެހި ސަކަރާތަށް ވުރެ "މީމޯޖީ" ހިތްގައިމު ކަމަށެވެ.
'މެކްއޯއެސް' 10.4 'މޮހާވީ' ގެ ފުރަތަމަ ދައްކައިލުން - ފޮޓޯ: ދަ ނެކްސްޓް ވެބް
މެކް އޯއެސްއަށް ދޭނެ ނަމެއް ހޯދަން އެޕަލުން މިފަހަރު ނުކުތީ އުތުރު އެމެރިކާގެ ހިތްގައިމު "މޮހާވީ" ސަހަރާއަށެވެ. މި އަދަދުގައި ހިމަނާފައިވާ ކަޅުކުލައިގެ ތީމް "ޑާކް މޯޑް" އަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. ފެނުނު މަންޒަރުތަަކަށް ބަލާއިރު "އެކްސް ކޯޑް" ފަދަ އެޕަލްގެ ހާއްސަ އެޕްލިކޭޝަންތަކުގެ އިތުރުން، "ތާޑް ޕާޓީ" ސޮފްޓްވެއާ ތަަކަށް ވެސް "ޑާކް މޯޑް"ގެ ހިތްގައިމުކަން ލިބޭނެއެވެ.
ބޭނުން ކުރާ މީހުންގެ ރައްކާތެރިކަމަށްޓަކައި ކޮންމެ އުފެއްދުމެއް ވެސް ނިކަން ލޯބިން "ތަޅު އަޅުވައިގެން" ގެންގުޅޭ އެޕަލުން، މޮހާވީގެ ސެކިއުރިޓީ ވަނީ އެއްފޮނު ކުރިއަށް ޖައްސާލައިފައެވެ. އެގޮތުން، އޮންލައިން ގައި ވަގުތު ހޭދަކުރި ނަމަވެސް އިންޓަނެޓު ގައި ބިސްމަޅިދުއްވާ މީހުންގެ ކިބައިން ޒާތީ މައުލޫމާތުތައް ރައްކާތެރިކޮށްދިނުމުގެ ގާބިލުކަން "މޮހާވީ" އަށް ލިބިގެންވެއެވެ. ޒާތީ މައުލޫމާތުތަކުގެ މައްސަލައިގައި ދާދިފަހުން ހޫނުފެނަށް ވެއްޓިފައިވާ ފޭސްބުކަށް ރޭގެ އިވެންޓުގައި އެޕަލުން ވަނީ ގަޅިގަނޑެއް ވެސް އެއްލައިފައެވެ.
އެޕަލް 'ވޮޗްއޯއެސް' ފަހެއް ތައާރަފުކުރުން - ފޮޓޯ: ޑިޖިޓަލް ޓްރެންޑްސް
މި އަޕްޑޭޓާ އެކު ކަސްރަތާއި ސިއްހީ ދުޅަހެޔޮ އާދަތަކަށް ހޭނުމުގައި އެޕަލްގެ ސްމާޓް އަތުކުރީ ގަޑިއަށް ބަރޯސާވާ ދޭދޭ އެކުވެރިންނާއި ވާދަކުރުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ފަހިކޮށްދީފަ އެވެ. ދެން ހަނދާންނެތި އިޝާރާތެއް ކޮށްނުލައި ކަސްރަތަށް ފެށުނަސް އެކަން ދެނެގަނެ އައިވޮޗް ކަސްރަތުގައި ބައިވެރިވާނެ ކަމަށްވެއެވެ. މޫނުމަތި ކިތަންމެ ކުޑަޔަސް މިހާރު އައިވޮޗުން ނެޓު ވެސް ހާވައިލެވޭނެ އެވެ.
އެޕަލް ގެ އާ 'ޓީވީއޯއެސް' - ފޮޓޯ: ޑިގިޓަލް ޓްރެންޑްސް
ޑޮލްބީގެ އެންމެ ފަހުގެ އޯޑިއޯ ޓެކްނޮލޮޖީތަކާއި 4ކޭ ވީޑިއޯގެ ގާބިލުކަން ހިމަނައިގެން ތަރައްގީ ކޮށްފައިވާ ޓީވީއޯއެސް ތައާރަފުކުރަމުން އެޕަލުން ވަނީ އައިޓިއުންސް މެދުވެރިކޮށް ބަލާ ފިލްމުތަކާއި ސީރީޒްތަކާއި ލަވަތަކަށް، ޑޮލްބީ "އެޓްމޯސް"ގެ ހިތްގައިމުކަން ހިލޭ ގެނެސްދޭނެކަަމަށް ބުނެ، އޯޑިއަންސް އުފަލުން ހެއްވާލައިފައެވެ.
މުޅިންހެން ސޮފްޓްވެއާއަށް ޚާއްސަވެފައި އޮތް ރޭގެ އިވެންޓުގައި އެޕަލްގެ އާ ޑިވައިސް އެއް ނުފެނުނު ކަމުގައި ވިޔަސް، އައިއޯއެސްއާއި މެކްއޯއެސް ގުޅުވައިލަފާނެތޯ ކުރެވޭ ސުވާލަށް ރޭ ވަނީ ޖަވާބު ލިބިފައެވެ. އެޕަލްގެ ސީނިއާ ވައިސް ޕްރެސިޑެންޓް، ކްރެއިގް ފީޑްރިގީ އެ ސުވާލަށް ޖަވާބު ދެއްވީ ސްޓޭޖް މަތީ ހުރި ސްކްރީނަށް އަރުވައިލި މާސިންގާ "ނޯ" އަކުންނެވެ.
މި ސޮފްޓްވެއާތަކުގެ ބީޓާ އަދަދު މިހާރު ވަނީ ޑިވެލޮޕަރުންނަށް ޑައުންލޯޑަށް ދޫކޮށްލައިފައެވެ.
ޑިވެލޮޕަރުންނަށް އެޕް ސްޓޯރުން 260 ބިލިއަންގެ އާމްދަނީއެއް
އައިއޯއެސް 15 މި މަހުގެ 20 ގައި
އައިފޯން 6 ދޫކޮށްނުލާތި، އައިއޯއެސް 15 ލިބޭނެ
އެޕަލް ސްޓޯރަށް މިދިޔަ އަހަރު 64 ބިލިއަން ޑޮލަރު
އެޕަލް އެޕްތައް ގަތުމުގެ ކުރިން އަޖުމަބަލަނީ
އައިއޯއެސް އެޕްތައް މެކްއޯއެސް އަށް ޕޯޓްކުރަނީ
ޔުނިކޯޑުގެ އާ އަދަދާ އެކު އިމޯޖީ ތަލަވަނީ
މެކްއޯއެސް އަދި އައިއޯއެސް އެކެއް ނުވާނެ: އެޕަލް
މިފަހަރު އައިފޯނުގެ ނަމަށް ބަދަލެއް އަތުވެދާނެ
އެއާޕޮޑް ވަރަށް ކާމިޔާބު: ޓިމް ކުކް