25 ޖޫން 2018
މެކްބުކް އަދި މެކްބުކް ޕްރޯގެ ކީބޯޑްތައް އެހާ ބޮޑަށް ތުނިކުރުން ރަނގަޅު ނޫން ކަމަށް ބުނެ ދެކެވުނު ވާހަކަތައް އެޕަލް އިން ގަބޫލުކޮށްފި އެވެ. އެޕަލް އިން ބުނި ގޮތުގައި، މެކްބުކް އަދި މެކްބުކް ޕްރޯގެ ބައެއް މޮޑެލްތަކުގެ ކީބޯޑުތައް، މަސައްކަތްކުރަންޖެހޭ ގޮތަށް މަސައްކަތެއް ނުކުރެ އެވެ.
މެކްބުކް އަދި މެކްބުކް ޕްރޯގެ ކީބޯޑްތައް އެހާ ބޮޑަށް ތުނިކުރުން ރަނގަޅު ނޫން ކަމަށް ބުނެ ދެކެވުނު ވާހަކަތައް އެޕަލް އިން ގަބޫލުކޮށްފި އެވެ. އެޕަލް އިން ބުނި ގޮތުގައި، މެކްބުކް އަދި މެކްބުކް ޕްރޯގެ ބައެއް މޮޑެލްތަކުގެ ކީބޯޑުތައް، މަސައްކަތްކުރަންޖެހޭ ގޮތަށް މަސައްކަތެއް ނުކުރެ އެވެ.
މެކްބުކްގެ ކީބޯޑްތައް މާ ބޮޑަށް ތުނިކުރަން ހަދައިގެން ދިމާވާން ފެށި މައްސަލަ އަކީ، ކީއަކަށް އޮބާލުމުން، އޮބާލިކަން ނޭނގުމެވެ. އެއްޗެއް ޓައިޕްނުކުރެވުމެވެ. އެއްވެސް ކަހަލަ އަޑެއްބަޑެއް ނުއިވުމެވެ.
ވަކި މޮޑެލްތަކެއް ފާހަގަކޮށް އެޕަލް އިން ބުނި ގޮތުގައި، އެއިން މެކްބުކް ކީބޯޑްގައި މައްސަލަ އުޅާ ނަމަ އެކަން ހިލޭ ރަނގަޅުކޮށްދޭނެ އެވެ. އެޕަލް ޝޮޕަކަށް ނުވަތަ އޭޖެންޓެއް މެދުވެރިކޮށް މައްސަލަ ހައްލުކުރަން އެދުނު ނަމަވެސް އެޕަލް އިން އެކަން ކޮށްދޭނެ އެެވެ. އަދި އެޕަލް އިން ހުއްދަކުރާ ބަޔަކު ލައްވައި މަރާމާތުކުރި ނަމަވެސް ބަދަލު ދެވޭނެ އެވެ.
މެކްބުކް ބޭނުންކުރާ މީހުން ކޮށްފައި ހުރި ޝަކުވާ އަށް ބަލާއިރު، އެންމެ ގިނައިން މައްސަލަޖެހިފައި ވަނީ 2015 -2017 އާ ދެމެދު އުފައްދާފައި ހުރި މެކްބުކްތަކެވެ. ކީބޯޑްތަކުގައި އުޅޭ މައްސަލަ ހައްލުކޮށްދޭ އެޕަލް އެއްބަސްވި ނަމަ ވެސް، އެއީ ސީދާ ޑިޒައިންގެ މައްސަލައެކޭ ބުނަން އެޕަލް އުޒުރުވެރިވެ އެވެ. އެޕަލް އަކީ އަމިއްލަ އުފެއްދުމެއްގައި މައްސަލަ އުޅޭކަން ހާމަކުރަން ލަދުގަންނަ ބައެކެވެ.
މެކްބުކް ކީބޯޑްތަކުގައި އުޅޭ މައްސަލަ ދާއިމަށް ހައްލުކުރެވޭނެ ވަކި ގޮތެއް އެޕަލް އިން ނުބުނެ އެވެ. އެކަމަށްޓަކައި ޑިޒައިން އަލުން ބަދަލުކުރާނަންތޯ އެޕަލް ކުރެން ސުވާލުކުރުމުން، ދޭނެ ޖަވާބެއް އެ މީހުންނަކަށް ނުލިބުނެވެ. އެހެން ނަމަވެސް އެޕަލްގެ ގޮތްފޮތް ދަންނަ މީހުން ދެކޭ ގޮތުގައި، ކީބޯޑްތަކުގެ ޑިޒައިނަށް އެޕަލް އިން ބަދަލުގެންނާނެ އެވެ. އަދި އެއީ އެޕަލް އަށް އިތުބާރުކުރެވޭ ކީބޯޑްތަކެއް ގޮތުގައި ދެމެހެއްޓެންދެން އުފެއްދުންތަކަށް ބަދަލުގެންނާނެ އެވެ.
އެމް2 ޗިޕާއެކު އާ މެކްބުކް ދައްކާލައިފި
ޗައިނާގައި އައިފޯން އުފައްދާ ބޮޑު ފެކްޓަރީތައް ބަންދު
އެޕަލް އިން އައިމެކް ޕްރޯ އުފެއްދުން ހުއްޓާލަނީ
އެންވީޑިއާ އިން އާމް ގަންނަނީ
އެޕަލް އިން އިންޓެލް ޗިޕްތައް ދޫކޮށްލަނީ
އައިފޯނުގެ ސައިޒު ބޮޑުކޮށް، ދެ ސިމް ލެއްވޭ ގޮތް ހަދައިފި
އެޕަލް އެޕްތައް ގަތުމުގެ ކުރިން އަޖުމަބަލަނީ
އައިއޯއެސް އެޕްތައް މެކްއޯއެސް އަށް ޕޯޓްކުރަނީ
އެޕަލް ޑިވެލޮޕާސް ކޮންފަރެންސްގެ އުސްއަލިތައް
މެކްއޯއެސް އަދި އައިއޯއެސް އެކެއް ނުވާނެ: އެޕަލް