Roadha Mihaaru
މިއަންމާގައި ލޭއޮހޮރުވުން ބޮޑު ދުވަހެއް: 18 މަރު

މިއަންމާގެ ބަޣާވަތުގައި ލޭއޮހޮރުވުން ބޮޑު ދުވަހެއް: 18 މަރު

01 މާޗް 2021

މިއަންމާގެ އަސްކަރީ ބަޣާވާތާ ދެކޮޅަށް މަގުތަކަށް ނުކުމެ މުޒާހަރާކުރަމުންދާ މީހުންގެ ތެރެއަށް ސިފައިން ބަޑިޖަހައި، މަދުވެގެން 18 މީހަކު މަރާލައިފި ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނެފި އެވެ.

މިއަންމާގެ އަސްކަރީ ބަޣާވާތާ ދެކޮޅަށް މަގުތަކަށް ނުކުމެ މުޒާހަރާކުރަމުންދާ މީހުންގެ ތެރެއަށް ސިފައިން ބަޑިޖަހައި، މަދުވެގެން 18 މީހަކު މަރާލައިފި ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނެފި އެވެ.

މިއަންމާގައި އިންތިޚާބުކޮށްފައި އޮތް ސަރުކާރު ވައްޓާލައި އައުން ސަން ސޫޗީ އާއި ސަރުކާރުގެ އިސް އެހެން ވެރިން ހައްޔަރުކުރުމާ އެކު އާންމުން ދަނީ އެކި ސިޓީތަކުގައި މުޒާހަރާކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިއްޔެ 18 މީހަކު މަރާލާފައި ވަނީ އެކި ސިޓީތަކުންނެވެ.

މި ލޭ އޮހޮރުވުން ހިނގާފައި މި ވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އަސްކަރިއްޔާ އިން މި މަހުގެ ފުރަތަމަ ދުވަހު ވެރިކަން ވައްޓާލި ފަހުން އެކަމާ ދެކޮޅަށް ފެށި މުޒާހާރަތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ދާތީ އެކަން ހުއްޓުވަން ހޮނިހިރު ދުވަހު ހަރުކަށިކަން އިތުރުކޮށްފައި ވަނިކޮށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުންގެ ބާރު ބޭނުންކޮށް މަގުމަތީގައި ވަނީ ބެރިކޭޑް ޖަހައިފަ އެވެ. އަދި އާންމުންނާ ދެކޮޅަށް ބާރުންގެ ބޭނުންކުރަން ފެށުމުން ސަލާމަތްވާން އާންމުން ދުވާތަން ފެނެ އެވެ.

ފުލުހުންނާއި ސިފައިންގެ ހަރުކަށިކަން އިތުރުކޮށްފައި މި ވަނީ ބަޣާވާތާ ދެކޮޅަށް އާންމުން ފަށާފައިވާ މަދަނީ ބަސް ނޭހުން ވެސް އިތުރަށް ވަރުގަދަކޮށްފައި ވަނިކޮށެވެ.

އާންމުންގެ އެތައް ބަޔަކު މަރާލުމާ އެކު އެކި ގައުމުތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމެރިކާ އިން ވެސް ވަނީ އަނިޔާވެރިވާ މިއަންމާގެ އަސްކަރިއްޔާގެ މީހުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ބުނެފަ އެވެ.