01 މާޗް 2021
އިނގިރޭސި ވިލާތުގެ "އެންމެ ހަނި ގެ" 1.3 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާނުކުރުމާ އެކު އެ ގައުމުގައި ގެދޮރުގެ އަގު އުފުލިފައިވާ މިންވަރާ މެދު ބަހުސް ފެށިއްޖެ އެވެ.
އިނގިރޭސި ވިލާތުގެ "އެންމެ ހަނި ގެ" 1.3 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާނުކުރުމާ އެކު އެ ގައުމުގައި ގެދޮރުގެ އަގު އުފުލިފައިވާ މިންވަރާ މެދު ބަހުސް ފެށިއްޖެ އެވެ.
ދުނިޔޭގެ އެންމެ ހިތް ގައިމު ސިޓީތަކުގެ ތެރޭގައި ވެސް ހިމެނޭ ލަންޑަންގެ ޝެފާޑްސް ބުޝްގައި ހުންނަ ޕްރައިވެޓް ވޯކް-އިން ކްލިނިކް ހިންގާ އިމާރާތާ އިންވެގެން ހުންނަ "ލަންޑަންގެ އެންމެ ހަނި ގެ" އަކީ ފަސް ބުރީގެ ތަނެކެވެ. ފޮޓޯ އާއި ވީޑިއޯގައި، ބޭރުން ގަދަ ނޫކުލައިން އެ ފެންނަނީ މި ބުނާ ގެ އެވެ.
ފަސް ބުރީގެ އެ އިމާރާތުގެ ފުޅާމިނުގައި ހުންނަނީ އެންމެ ހަ ފޫޓެވެ. އެއީ އިސްކޮޅުން ދިގު މީހެއްގެ އެވްރެކް އިސްކޮޅެވެ. ދެ ކޮޓަރި ހުރި މުޅި އިމާރާތުގެ ބޮޑު މިނަކީ 1،034 އަކަފޫޓެވެ. އެތަނަކީ ކުރިން ތޮފީގެ ވިޔަފާރިކުރި ތަނެކެވެ.
ފަހުން އެތަން ދިރިއުޅެވޭ ކަހަލަ ގެއަކަށް ބަދަލުކުރީ ފެޝަން ފޮޓޯގްރާފަރު ޖުއާގެން ޓެލާ އެވެ. އެތަނުގެ އިންޓިއާރިއާ މިހާރު ހުރި ގޮތުން އެންމެ ތިރީގައި ހުންނާނީ ބަދިގެ އާއި ކާ ތަނެވެ. ގޭގެ މާސްޓާ ސުއީޓޭ ބުނާ ކޮޓަރި ހުންނާނީ އެންމެ މަތީގަ އެވެ.
"ލަންޑަންގެ އެންމެ ހަނި ގެ" ވިއްކާލަނީ މިފަދަ މުއާމަލާތްތައް ހިންގާ އެސްޓޭޓް އޭޖެންޓް ވިންކްވޯތުންނެވެ. އެތަނުން ބުނީ އެ ގެ އަށް ގިނަ ބަޔަކު ޝައުގުވެރިވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
"ތަންކޮޅެއް ތަފާތު ސްޓައިލްތަކަށް ލޯބިކުރާ މީހުންނަށް މިތަން ވަރަށް ކަމުދާނެ ކަމަށް ބެލެވޭ،" ވިންކްވޯތުގެ އޭޖެންޓް ހޭންޑްލިން ޑޭވިޑް މިއާޒް ބުންޏެވެ.
ވިންކްވޯތުން ހަނި ގޭގެ ދިރިއުޅުން ސިފަކޮށްފައި ވަނީ ލަގްޒަރީ ޔޮޓެއްގައި އުޅުން ކަހަލަ ކަމެއްގެ ގޮތުގަ އެވެ.
އިނގިރޭސި ފުލުހުންނަށް އިތުރު ބާރު ދެނީ
ސޯނަމް އިނގިރޭސިވިލާތުގެ ރަށްވެހިކަން ހޯދަނީ
ޕްރިންސް ހެރީ ބަޔޮގްރަފީ ލިޔުއްވަނީ
ޔޫރޯ 2020 އިން ތިން ރެކޯޑެއް
ލަންޑަނުގައި ދެ އިމާރާތެއް ޕޫލަކުން ގުޅުވާލައިފި
ދެވަނަ އަށް އެންމެ އުސް އިމާރާތް ރަޝިއާގައި ހަދަނީ
ގައުމުން ބޭރުގައި ގެތައް ހުންނަ ބޮލީވުޑްގެ ތަރިން
ޝާހީ އާއިލާގައި ނަސްލީ ތަފާތުކުރުމެއް ނޯވޭ: ވިިލިއަމް
އެކްޓަރު ލޯރެންސް ލަންޑަންގެ މޭޔަރަކަށް ވާދަކުރަނީ
12 މެމްބަރުން ހިމެނޭ އާއިލާއަކަށް ތަފާތު ރެކޯޑެއް