ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންނަކީ އަބަދު ވެސް ވަރަށް އަގުބޮޑު ލައިފްސްޓައިލެއް ގެންގުޅޭ ބައެކެވެ. އެކަން އެންމެ ބޮޑަށް ފާހަގަކުރެވޭނީ އެ މީހުން އިންޑިއާގައި ދިރިއުޅޭ ބޮޑެތި ގަނޑުވަރުތައް ފަދަ ގެތަކާއި ލަގްޒަރީ އެޕާޓްމަންޓްތަކުންނެވެ.
17 އެޕްރީލް 2021
ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންނަކީ އަބަދު ވެސް ވަރަށް އަގުބޮޑު ލައިފްސްޓައިލެއް ގެންގުޅޭ ބައެކެވެ. އެކަން އެންމެ ބޮޑަށް ފާހަގަކުރެވޭނީ އެ މީހުން އިންޑިއާގައި ދިރިއުޅޭ ބޮޑެތި ގަނޑުވަރުތައް ފަދަ ގެތަކާއި ލަގްޒަރީ އެޕާޓްމަންޓްތަކުންނެވެ.
ބޮލީވުޑްގެ މުއްސަނދި ގިނަ ތަރިންނަކީ އެ މީހުންގެ އަމިއްލަ ޕްރޮޕަޓީތައް އެހެން ގައުމުތަކުގައި ވެސް ހުންނަ ބައެކެވެ. އޭގެ ތެރޭގައި އޭ-ލިސްޓް ގިނަ ތަރިން ހިމެނެ އެވެ.
ޝާހްރުކް ޚާނާއި އަންހެނުން ގޯރީ ޚާނަކީ ވަރަށް މަތީ ފަންތީގެ ލައިފްސްޓައިލެއް ގެންގުޅޭ ދެމަފިރިންނެވެ. މުމްބާއީގައި ހުންނަ އެ ދެ މީހުންގެ ގެ "މަންނަތު" އިންޑިއާގެ އެންމެ އަގު ބޮޑު ގެތަކުގެ ތެރޭގައި ހިމެނެ އެވެ.
އިންޑިއާ އިން ބޭރަށް ބަލައިފި ނަމަ އިނގިރޭސިވިލާތުގެ މެދުތެރޭ ލަންޑަންގައި ޝާހްރުކްގެ ގަނޑުވަރެއް ކަހަލަ ގެއެއް ހުރެ އެވެ. އެތަނުގެ އަގު 20 މިލިއަން ޕައުންޑަށް އަރަ އެވެ. މީގެ އިތުރުން ޔޫއޭއީގެ ޖުމޭރާގައި ލަގްޒަރީ ބޮޑު ގެއެއް ޝާހްރުކްގެ ގެއެއް ހުރެ އެވެ. އެ ގޭގެ އަގު 17.84 ކްރޯޑް ރުޕީސް އަށް އަރަ އެވެ.
އަކްޝޭ ކުމާރާއި އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ އަކީ ބޮލީވުޑްގައި އެންމެ ތަނަވަސްކޮށް އުޅޭ ޖޯޑުންގެ ތެރޭގައި ގުނައިލެވޭ ބައެކެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އަކްޝޭ އަކީ ބޮލީވުޑްގައި އެންމެ އަގު ބޮޑުކޮށް ފިލްމު ކުޅޭ އެކަކަށްވެފައި ދުނިޔޭގެ ނިސއްބަތުން ބަލައިފި ނަމަ އެންމެ ބޮޑު އާމްދަނީއެއް ކޮންމެ އަހަރަކު ވެސް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.
ކެނެޑާގެ ރަށްވެހިކަން އޮންނަ އަކްޝޭގެ އަމިއްލަ އަގު ބޮޑު ޕްރޮޕަޓީތައް ޓޮރޮންޓޯގައި ހުރެ އެވެ. ހަމަމިއާ އެކު މޮރިޝަސްގައި ވެސް ގަނޑުވަރެއް ފަދަ ބޮޑު ގެއެއް ހުރެ އެވެ.
އިންޑިއާގެ ތަރިންގެ ތެރެއިން އެންމެ ޕޮޝް ލައިސްޓައިލެއްގެ ގެންގުޅޭ އެއް ބަތަލާ އަކީ ޕްރިނަޔްކާ ޗޯޕްރާ އެވެ.
މިހާރު ބޮލީވުޑަށް ވުރެ ބޮޑަށް ހޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި މަޝްހޫރު ޕްރިޔަންކާ އެމެރިކާގެ މީހަކާ ކައިވެނިކޮށްގެން އުޅޭ އިރު އޭނާ އާއި ފިރިމީޖާ ނިކް ޖޯނަސްގެ 20 މިލިއަން ޑޮލަރުގެ ވަރަށް ހިތްގައިމު ގެއެއް ލޮސް އެންޖެލިސްގައި ހުރެ އެވެ.
މީގެ އިތުރުން ޕްރިޔަންކާގެ އަމިއްލަ ލަގްޒަރީ ޕްރޮޕަޓީއެއް ކެނެޑާގެ މޮންޓްރިއަލްގައި ވެސް ހުރެ އެވެ.
ސަލްމާން ޚާނަކީ މުމްބާއީގައި ގެލެކްސީ ލަގްޒަރީ ކިޔާ ބޮޑު އެޕާޓްމަންޓް އިމާރާތެއް ހުންނަ އަދި އަމިއްލަ ފާމްހައުސްއެއް ވެސް އޮންނަ ތަރިއެކެވެ. ހުސްހަށި ބަޔަކަށް ހުރި އެކްޓަރުގެ އަގު ބޮޑު އެޕާޓްމަންޓެއް ދުބާއީގައި ހުރެ އެވެ.
އެއީ ދުނިޔޭގެ އެންމެ އިސް އިމާރާތް ކަމަށްވާ ބުރުޖް ޚަލީފާއާ ވެސް މާ ދުރު ނޫން ހިސާބެއްގަ އެވެ.
ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާނަކީ ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާ ދިމާކޮށް ޗުއްޓީ އަށް ސްވިޓްޒަލެންޑަށް ދާ ދެމަފިރިންނެވެ.
ގުދުރަތީ ރީތި ކަމަށް ވަރަށް މަޝްހޫރު ގައުމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސްވިޓްޒަލެންޑްގައި ގަސްޓާޑްގައި މި ދެމަފިރިންގެ ވަރަށް އަގު ބޮޑު ލަގަޒަރީ ކޮޓެޖެއް ހުރެ އެވެ.
ބަތަލާ ސޯނަމް ކަޕޫރް 2017 ގައި ކައިވެނިކުރި ފަހުން އިންޑިއާ އަށް ވުރެ ބޮޑަށް އޭނާގެ ދިރިއުޅުން މިހާރު ބުނާވެފައި އޮތީ އިނގިރޭސިވިލާތުގަ އެވެ. ފިރިމީހާ އާނަންދު އަހޫޖާ އަކީ ވަރަށް ކުރިއްސުރެ ވެސް އެ ގައުމުގައި ދިރިއުޅޭ ނިއު ދިއްލީގެ ވިޔަފާވެރިއެކެވެ.
ދިއްލީގައި އާނަންދުގެ ވަރަށް އަގު ބޮޑު ރީތި ގެއެއް ކުރެ އެވެ. އެކަމަކު އަންހެނުން ސޯނަމާއި އާނަންދު އިނގިރޭސިވިލާތުގައި ދިރިއުޅެނީ އެ މީހުންގެ އަމިއްލަ ލަގްޒަރީ އެޕާޓްމަންޓެއްގަ އެވެ. އެތަން ހުންނަނީ ނޮޓިން ހިލްގަ އެވެ.
ދެމަފިރިން ކަމަށްވާ އަބީޝެކް ބައްޗަނާއި އައިޝްވާރިއާ ރާއީ އަކީ ދުބާއީގައި ގެތައް ހުންނަ ބޮލީވުޑްގެ މަދު ތަރިންގެ ތެރޭގައި ހިމެނޭ ބައެކެވެ.
ޖުމޭރާގައި ހުންނަ އެ މީހުންގެ ހިތްގައިމު ވިލާ އަކީ އޭގެ އަގު 15-35 މިލިއަން ދިރުހަމްގެ އަގުހުރި ތަނެކެވެ. އެތަނުގައި ޕޫލާއި ގޮލްފް ކޯހެއް ވެސް ހިމެނެ އެވެ.
ޝާހީ ފެންވަރުގައި އުޅޭ ބޮލީވުޑްގެ އާއިލާއަކަށް ބަލައިފި ނަމަ އެއީ އަމީތާބް ބައްޗަންގެ އާއިލާ އެވެ. އިންޑިއާގައި އަގު ބޮޑު އެތައް ގެއެއް ހުރި އަމީތާބްގެ ބޮޑު ގައެއް ފްރާންސްގައި ހުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭގެ އަގު ތިން ކްރޯޑް ރުޕީސް އަށް އަރަ އެވެ.
ވިޔަފާރިވެރިޔާ ރާޖް ކުންދުރާއާ ޝިލްޕާ ޝެޓީ ކައިވެނި ކުރި އިރު ވެސް، ރާޖްގެ އާއިލާ އަކީ ވަރަށް ތަނަވަސްކޮށް އިނގިރޭސިވިލާތުގައި އުޅުނު ބައެކެވެ.
ޝިޕްލާ އާއި ރާޖް ކައިވެނި ކުރި ފަހުން ދެމަފިރިންނަށް ހާއްސަ އަމިއްލަ ޕްރޮޕަޓީތައް ލަންޑަންގެ އޮކްސްފޯޑާއި މޭފެއާގެ އިތުރުން ދުބާއީގައި ހުރެ އެވެ.
މުމްބާއީގައި މިހާރު ވެސް މޫދަށް ކުރިމަތިވާ ގޮތަށް ޖޯން އަބްރަހަމްގެ ވަރަށް ހިތްގައިމު ލަގަޒަރީ ގެއެއް ހުރެ އެވެ.
ގައުމުން ބޭރުގައި ހުރި އޭނާގެ އަގުބޮޑު ގެ ހުންނަނީ އެމެރިކާގެ ލޮސް އެންޖެލިސްގެ ބެލް އެއާގަ އެވެ.
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ބޮލީވުޑްގެ ކާމިޔާބު ކައިވެނިތައް
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
އާޗީގެ ރޯލު އަމީތާބްގެ ކާފަދަރި އަގަސްޓިއާ އަށް؟
ސަލީމް ބުނަނީ އަމީތާބް ރިޓަޔާކުރަން ވެއްޖެ ކަމަށް
ކުޗް ކުޗް ހޯތާ ހޭ ނުކުޅުނީ ފާޑުކިޔާނެތީ: އައިޝްވާރިއާ
"ދޫމް 4" އަށް އަކްޝޭ ކުމާރު؟
އެންމެ މަގުބޫލު ސިޓީ އަކީ ބެންކޮކް
ގުޅުން ގޯސްވެފައި ވަނިކޮށް ބައްޗަން އާއިލާ އެއްތަނަކަށް
އަބީޝެކްގެ "ބޮބް ބިސްވާސް" ޑިސެމްބަރު 3 ގައި