07 ޑިސެމްބަރ 2023
އަބީޝެކް ބައްޗަން އާއި އައިޝްވާރިޔާ ރާއީ ބައްޗަން ވަރިވާން އުޅޭ ކަމަށް ބުނާ އަޑުތައް ގަދަވެފައި ވަނިކޮށް ބައްޗަން އާއިލާގެ ހުރިހާ މެމްބަރުން އެއް އިވެންޓަކަށް ހިނގައްޖެ އެވެ.
އަބީޝެކް ބައްޗަން އާއި އައިޝްވާރިޔާ ރާއީ ބައްޗަން ވަރިވާން އުޅޭ ކަމަށް ބުނާ އަޑުތައް ގަދަވެފައި ވަނިކޮށް ބައްޗަން އާއިލާގެ ހުރިހާ މެމްބަރުން އެއް އިވެންޓަކަށް ހިނގައްޖެ އެވެ.
އާއިލާގެ ހުރިހާ މެމްބަރުން ދިޔައީ އަމީތާބް ބައްޗަންގެ ދޮށީ ދަރިފުޅު ޝުވެތާ ބައްޗަންގެ ދަރިފުޅު އަގަސްތުޔަ ނަންދާ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ދި އާޗީސް"ގެ ޕްރިމިއާ އިވެންޓަށެވެ. އެއީ މިއަދު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާ ފިލްމެކެވެ.
ޕްރިމިއާ އިވެންޓަށް އަބީޝެކް އާއި އައިޝްވާރިޔާ ވެސް އެ މީހުންގެ ދަރިފުޅާ އެކުގައި ދިޔަ އެވެ. އަމީތާބާއި އޭނާގެ އަންހެނުން ޖަޔާ ބައްޗަން ވެސް ހުއްޓެވެ. އަދި އެ އާއިލާ އެހެން މެމްބަރުން ވެސް ދިޔަ އެވެ. އެ އެންމެން އެކުގައި ވަނީ ފޮޓޯއެއް ވެސް ނަގައިފަ އެވެ.
ޒޯޔާ އަކްތަރު ޑައިރެކްޓުކުރި "ދި އާޗީސް" އަކީ ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންގެ އަންހެން ދިރިފުޅު ސުހާނާ ހާން ވެސް ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. އަދި ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރްގެ ވެސް ފުރަތަމަ ފިލްމެވެ.
"ދި އާޗީސް"ގެ ޕްރިމިއާގައި އައިޝްވާރިޔާ އާއި އަބީޝޭކް އަދި އެމީހުން ދަރިފުޅު.
އަބީޝެކް އާއި އައިޝްވާރިޔާ ވަރިވާން އުޅޭ ކަމުގެ އަޑުތައް ގަދަވާން ފެށީ މިފަހުން ބޭއްވި ބައެއް އިވެންޓުތަކަށް އެ ދެމަފިރިން އެކުގައި ނުދާތީ އެވެ. އެ ދެމަފިރިން އެކުގައި އިވެންޓުތަކުން ކުރިން ވަރަށް ގިނައިން ދެ އެވެ. މިހާރު އައިޝްވާރިޔާ އާންމުކޮށް އިވެންޓުތަކަށް ދަނީ އޭނާގެ ދަރިފުޅު އަރާދްޔާ ބައްޗަން ގޮވައިގެންނެވެ. އަދި އަބީޝެކް މުޅިން ވެސް ފެންނަނީ އެކަނި ގޮސް އުޅޭ ތަނެވެ.
މިދިޔަ މަހު އައިޝްވާރިޔާގެ 50 ވަނަ އުފަންދުވަސް ފާހަގަކުރަން ބޭއްވި ޕާޓީގައި ވެސް އަބީޝެކް އާއި ބައްޗަން އާއިލާގެ އެކަކު ވެސް ބައިވެރިނުވާތީ އާއި ދުވަހުގެ ތަހުނިޔާ ވެސް ނުކިޔާތީ އެ ދެމީހުން ވަރިވާން ނިންމާފައިވާ ކަމަށް ބުނާ އަޑުތައް ފެތުރުނެވެ. އުފަންދުވަހުގެ ތަހުނިޔާ ކީ ވެސް އައިޝްވާރިޔާގެ ބަފައިބެ، ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަން އެކަންޏެވެ.
އެ ޕާޓީ ބޭއްވީ ވެސް އައިޝްވާރިޔާގެ މައިންބަފައިންގެ ގޭގަ އެވެ.
އައިޝްވާރިޔާ އާއި އަބީޝޭކްގެ ކައިވެންޏަށް މިހާރު 16 އަހަރު ވެއްޖެ އެވެ. އެ ދެމީހުންގެ ކައިވެންޏަށް 11 އަހަރުގެ އަންހެން ކުއްޖަކު ވެސް ހުރެ އެވެ.
އައިޝްވާރިއާގެ ދަރިފުޅުގެ އުފަން ދުވަސް ރާއްޖޭގައި
ސަލީމް ބުނަނީ އަމީތާބް ރިޓަޔާކުރަން ވެއްޖެ ކަމަށް
ގައުމުން ބޭރުގައި ގެތައް ހުންނަ ބޮލީވުޑްގެ ތަރިން
ބައްޗަންގެ އާއިލާގެ އެންމެންނަށް މަސައްކަތުގެ އަހަރެއް
އައިޝްވާރިއާ އާއި ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓިވް
އަބީޝެކް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް
ބޮލީވުޑްގެ ކާމިޔާބު ކައިވެނިތައް
ޓީބީ އަށް ފަރުވާ ކުރިން: އަމީތާބް
އަބިޝެކް މައިންބަފައިންނާ އެކު އުޅޭތީ މަލާމާތްކުރަނީ
އަމީތާބާއި ޖާޔާގެ މިލްކިއްޔާތުގައި 1،000 ކްރޯޑް