22 އޯގަސްޓް 2019
ޓިއުބަކްލޮސިސް (ޓީބީ) ޖެހިފައިވާކަން ނޭނގި އަށް އަހަރު އުޅުނު ކަމަށާއި ބަލިޖެހިފައިވާކަން އެނގުނު ހިސާބުން ފެށިގެން ފަރުވާކޮށް، އެކަމުން މިހާރު ސަލާމަތްވެފައިވާ ކަމަށް ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަން ބުނެފި އެވެ.
ޓިއުބަކްލޮސިސް (ޓީބީ) ޖެހިފައިވާކަން ނޭނގި އަށް އަހަރު އުޅުނު ކަމަށާއި ބަލިޖެހިފައިވާކަން އެނގުނު ހިސާބުން ފެށިގެން ފަރުވާކޮށް، އެކަމުން މިހާރު ސަލާމަތްވެފައިވާ ކަމަށް ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަން ބުނެފި އެވެ.
ޓީބީ އާއި ޕޯލިއޯ އާއި ހެޕަޓައިޓިސް ބީގެ އިތުރުން ހަކުރުބަލި ފަދަ ބަލިތަކަށް މީހުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނުތަކުގައި ވެސް އިސް ދައުރެއް އަދާކުރާ 76 އަހަރުގެ އެކްޓަރު، ސިއްހަތާ ބެހޭ އިވެންޓެއްގައި ބުނީ ޓީބީގެ އިތުރުން ހެޕަޓައިސް ބީ އަށް ވެސް ފަރުވާ ކުރި ކަމަށެވެ.
"އަހަންނަށް ޓީބީ ޖެހުނުކަން ނޭނގި އަށް އަހަރު ވަންދެން އުޅުނިން. މިހާރު ބަލިން އެއްކޮށް ސަލާމަތްވެފައި ހުރި ނަމަވެސް އަހަރެންގެ ލިވާގެ 75 ޕަސެންޓް ވަނީ ގޮސްފައި. މިހާރު މި ދިރިއުޅެނީ 25 ޕަސެންޓާ އެކީގައި،" ލޭގެ ކެންސަރަށް ވެސް ފަރުވާ ހޯދި އަމީތާބް ބުންޏެވެ.
T 3261 - #SwasthIndia | After most successful 5 year Swachhta (Cleanliness) Initiative, now this year Swasth (Health). Banega Swasth India.
— Amitabh Bachchan (@SrBachchan) August 18, 2019
Tune in to launch of Dettol – NDTV Banega Swasth India on August 19 from 12 pm on NDTV 24x7 and https://t.co/H0AMUMdPiQ
އޭނާ ބުނި ގޮތުގައި ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަންކަމަކީ ބަލިތަކަށް އަހުލުވެރިވެ، އަބަދުވެސް ޗެކަޕްތަކާއި ޓެސްޓްތައް ވެސް ހެދުމެވެ. އަދި ގިނަ ބަލިތަކަކީ ދުރާލައި އެނގިއްޖެ ނަމަ ފަރުވާކޮށްގެން ރަނގަޅުކުރެވޭނެ ބަލިތައް ކަމަށް ބުންޏެވެ.
"ޗެކަޕްތައް ހެދުމަކީ ވަރަށް މުހިއްމު ކަމެއް. އަދި އެކަން ކުރެވޭނެ ފަސޭހަ ގޮތްތަކެއް ވެސް ހަމަޖެހިފައި ހުންނަން ޖެހޭ،" ހޯމަ ދުވަހުގެ ރޭ ސޮނީ ޓީވީން ދައްކަން ފެށި "ކޯން ބަނޭގާ ކަރޯޑްޕަތީ" ސީޒަން 11 ގެ ހޯސްޓް ބުންޏެވެ.
އަމީތާބް ބުނި ގޮތުގައި ބައްޔެއް ޖެހުމުން އެކަމުގެ ލަދުވެތިކަމުގައި އެކަން ފޮރުވުމަކީ ވެސް އަމިއްލަ މީހާ އަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އެހެންވެ އެއްވެސް މީހަކު އެގޮތަށް އަމަލުކޮށްގެން ނުވާނެ އެވެ.
"އަހަންނަކީ އަބަދު ވެސް ބަލިތަކާ ބެހޭ ގޮތުން އަމިއްލަ ތަޖުރިބާ ހިއްސާކުރަން ބޭނުންވާ މީހެއް. ބަލި ފޮރުވުމަކީ ބަލިން ރައްކާތެރިވާން ހުރަސް އެޅޭނެ ކަމެއް،" އޭނާ ބުންޏެވެ. "އެހެންވެ އަބަދު ވެސް ދޭނެ ނަސޭހަތަކީ ފަރުވާ އަށް އިހުމާލުނުވާށޭ."
ގުޅުން ގޯސްވެފައި ވަނިކޮށް ބައްޗަން އާއިލާ އެއްތަނަކަށް
އައިޝްވާރިއާގެ ދަރިފުޅުގެ އުފަން ދުވަސް ރާއްޖޭގައި
ސަލީމް ބުނަނީ އަމީތާބް ރިޓަޔާކުރަން ވެއްޖެ ކަމަށް
ގައުމުން ބޭރުގައި ގެތައް ހުންނަ ބޮލީވުޑްގެ ތަރިން
ބައްޗަންގެ އާއިލާގެ އެންމެންނަށް މަސައްކަތުގެ އަހަރެއް
އައިޝްވާރިއާ އާއި ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓިވް
އަބީޝެކް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް
ބޮލީވުޑްގެ ކާމިޔާބު ކައިވެނިތައް
އަބިޝެކް މައިންބަފައިންނާ އެކު އުޅޭތީ މަލާމާތްކުރަނީ
އަމީތާބާއި ޖާޔާގެ މިލްކިއްޔާތުގައި 1،000 ކްރޯޑް