20 އެޕްރީލް 2018
އަބިޝެކް ބައްޗަންއަކީ އަބަދު ވެސް ވަރަށް ގިނަ ބައެއްގެ މަލާމާތް ރައްދުވާ މީހެކެވެ. ގިނަ ބަޔަކު އެންމެ ބޮޑަށް އޭނާއާ ދިމާކުރަނީ އަމީތާބް ބައްޗަންގެ ދަރިއަކަށް ވިޔަސް، އެކްޓް ކުރުމުގައި މާ ގާބިލު މީހަކަށް ނުވާތީ، ކުޅޭނެ ރަނގަޅު ފިލްމެއް ވެސް ނުލިބޭތީ އެވެ.
އަބިޝެކް ބައްޗަންއަކީ އަބަދު ވެސް ވަރަށް ގިނަ ބައެއްގެ މަލާމާތް ރައްދުވާ މީހެކެވެ. ގިނަ ބަޔަކު އެންމެ ބޮޑަށް އޭނާއާ ދިމާކުރަނީ އަމީތާބް ބައްޗަންގެ ދަރިއަކަށް ވިޔަސް، އެކްޓް ކުރުމުގައި މާ ގާބިލު މީހަކަށް ނުވާތީ، ކުޅޭނެ ރަނގަޅު ފިލްމެއް ވެސް ނުލިބޭތީ އެވެ.
މިހާރު އަނެއްކާ ވެސް އަބިޝެކްގެ ވާހަކަ މީޑިއާތަކުގައި ދެކެވެނީ ހަމަ މަލާމާތާ އެކުގަ އެވެ. މި ފަހަރު ބައެއް މީހުންނަށް މައްސަލައަކަށްވެގެން އުޅެނީ ކައިވެނިކޮށް ދަރިއަކު ލިބުނަސް އަދިވެސް މައިންބަފައިންގެ "ތައްޕާހުގައި" އުޅޭތީ އެވެ.
ބައެއް މީހުން ޓްވިޓާގައި އަބިޝެކް، 42، އާ ދިމާކޮށް ބުނެފައި ވަނީ ތަސައްރަފު ފުދިފައި ހުރި ބޮޑު ފިރިހެނަކު މައިންބަފައިންގެ ގޭގައި އުޅުމަކީ ވަރަށް ހުތުރު ކަމެއް ކަމަށެވެ. މިއީ އަދިވެސް އަމިއްލަ ފައިމައްޗަށް ނުތެދުވޭ ކަމުގެ ހެއްކެއް ކަމަށް ބައެއް މީހުން ބުނެ އެވެ.
އަބިޝެކާއި އައިޝްވާރިޔާ އަދި އެ މީހުންގެ ހަ އަހަރުގެ ދަރިފުޅު އުޅެނީ އަމީތާބާއި ޖާޔާއާ އެކު މުމްބާއީގެ ގެ ޖަލްސާގަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މުމްބާއީން އަބިޝެކާއި އައިޝަވާރިޔާގެ އަގު ބޮޑު އެޕާޓްމަންޓެއް ގަނެފައި ވިޔަސް، އެ ތަނުގައި އެ މީހުން ދިރިއެއް ނޫޅެ އެވެ.
މައިންބައިންގެ ގާތުގައި އަބިޝެކް އުޅޭތީ ކުރާ މަލާމާތަށް އޭނާ އެހާ ބޮޑަކަށް މި ފަހަރު ރައްދެއް ވެސް ނުދެ އެވެ. އެކަމަކު އޭނާއަކީ ޓްވިޓާގައި މީހުން ބަންޑުންކޮށްލާ ބައެއް ޝުއޫރުތަކުން ގަދަޔަށް ރައްދު ވެސް ދޭ މީހެކެވެ. މި ފަހަރު ވަރަށް ފިނިކޮށް އަބިޝެކް އެންމެންނަށް ވެސް ދިނީ ނަސޭހަތެކެވެ.
އޭނާ ކުރި ޓްވީޓްގައި ބުނީ މައިބަފައިން ގާތުގައި ދިރިއުޅުމަކީ ޝަރަފެއް ކަމަށެވެ.
Yes! And it’s the proudest moment for me to be able to be there for them, as they have for me. Try it sometime, you might feel better about yourself.
— Abhishek Bachchan (@juniorbachchan) April 17, 2018
އަބިޝެކްގެ ރައްދު.
"މައިންބަފައިންނަށްޓަކައި އެ މީހުންގެ ގާތުގައި އަބަދު ވެސް ހުންނަން ލިބުމަކީ ޝަރަފެއް. ވަގުތެއް އޮތް ނަމަ [އެންމެން ވެސް] މިކަން ތަޖުރިބާކޮށްލާ. އުފާވެރިކަން އިހުސާސް ކުރެވޭނެ." ޓްވީޓްގައި އަބިޝެކް ބުންޏެވެ.
އޭނާ އަށް ތާއީދުކޮށް ޓްވީޓް ކުރި ބައެއް މީހުން ބުނެފައި ވަނީ ލިބޭ އެންމެ ބޮޑު ހިތާމަކީ މައިންބަފައިންނާ އެކު ދިރިއުޅުމުގެ ފުރުސަތު އެ މީހުންނަށް ނުލިބުން ކަމަށެވެ. އެހެންވެ މުސްކުޅި މަންމަ އާއި ބައްޕަ ކައިރީގައި އުޅުމުގެ ފުރުސަތު އަބިޝެކަށް ލިބުމަކީ ބޮޑު ނަސީބެއް ކަމަށާއި އެގޮތުގައި ދެމި ހުންނަން ހިތްވަރު ވެސް ދީފައިވެ އެވެ.
ދެހާސް ސޯޅައިގައި ރިލީޒް ކުރި "ހައުސްފުލް 3" އަށް ފަހު އަބިޝެކް މިހާރު އަންނަނީ އަނޫރާގް ކެޝަޕް ޑައިރެކްޓް ކުރާ "މަންމަރްޒިޔާން" ގެ މަސައްކަތް ކުރަމުންނެވެ.
ގުޅުން ގޯސްވެފައި ވަނިކޮށް ބައްޗަން އާއިލާ އެއްތަނަކަށް
އައިޝްވާރިއާގެ ދަރިފުޅުގެ އުފަން ދުވަސް ރާއްޖޭގައި
ސަލީމް ބުނަނީ އަމީތާބް ރިޓަޔާކުރަން ވެއްޖެ ކަމަށް
ގައުމުން ބޭރުގައި ގެތައް ހުންނަ ބޮލީވުޑްގެ ތަރިން
ބައްޗަންގެ އާއިލާގެ އެންމެންނަށް މަސައްކަތުގެ އަހަރެއް
އައިޝްވާރިއާ އާއި ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓިވް
އަބީޝެކް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް
ބޮލީވުޑްގެ ކާމިޔާބު ކައިވެނިތައް
ޓީބީ އަށް ފަރުވާ ކުރިން: އަމީތާބް
އަމީތާބާއި ޖާޔާގެ މިލްކިއްޔާތުގައި 1،000 ކްރޯޑް