Roadha Mihaaru
ޕީއެސް 5 އަށް އާ ވީއާރް ހެޑްސެޓެއް ނެރެނީ

ޕްލޭ ސްޓޭޝަން 5 އަށް އާ ވީއާރް ހެޑްސެޓެއް ނެރެނީ

25 ފެބުރުއަރީ 2021

މިދިޔަ އަހަރު ނެރެ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ސޮނީގެ ވީޑިއޯ ގޭމް ޕްލޭސްޓޭޝަން (ޕީއެސް) 5 ގެ ތަޖުރިބާ މިހާރަށް ވުރެ ފުރިހަމަކުރުމުގެ ގޮތުން އެ ކޮންސޯލަށް ހާއްސަ ވީއާރް (ވާޗުއަލް ރިއަލިޓީ) ހެޑްސެޓެއް ނެރެން ނިންމާފައިވާކަން ސޮނީން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ނެރެ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ސޮނީގެ ވީޑިއޯ ގޭމް ޕްލޭސްޓޭޝަން (ޕީއެސް) 5 ގެ ތަޖުރިބާ މިހާރަށް ވުރެ ފުރިހަމަކުރުމުގެ ގޮތުން އެ ކޮންސޯލަށް ހާއްސަ ވީއާރް (ވާޗުއަލް ރިއަލިޓީ) ހެޑްސެޓެއް ނެރެން ނިންމާފައިވާކަން ސޮނީން އިއުލާންކޮށްފި އެވެ.

ޕްލޭސްޓޭޝަންގެ ބްލޮގްގައި ބުނީ މިއީ ޕީއެސް 5 ކުޅޭ އިރު ދިމާވާ ވައިބްރޭޝަންތަކާއި އެ ނޫން ވެސް ކުދިކުދި މައްސަލަތައް ހައްލުކޮށްދީ ގޭމްތަކުގެ ޗާލުކަމާއި ކޮންސޯލްގެ ފުރިހަމަކަން ގޭމް ކުޅޭ މީހުންނަށް ވަރަށް ފުރިހަމަ ތަޖުރިބާކޮށްދޭނެ ޑިވައިސްއެއް ކަމަށެވެ.

އެކަމަކު އާ ވީއާރް ހެޑްސެޓް މި އަހަރަކު ނުނެރޭނެ އެވެ. ސޮނީން ބުނީ އޭތި އަދިވެސް އޮތީ ތަރައްގީކުރުމުގެ މަރުހަލާގައި ކަމަށާއި އަމާޒަކީ ވަރަށް ފުރިހަމަ އުފެއްދުމެއް ގެނެސްދިނުން ކަމަށެވެ. އާ ހެޑްސެޓަކީ ވަރަށް ގިނަ ފީޗާތައް އެކުލެވޭނެ އެއްޗެކެވެ. އެގޮތުން ކޮންސޯލްގެ ޑުއަލް ސެންސް ރިމޯޓް ކޮންޓްރޯލްގައި ހުރި މައިގަނޑު މުހިއްމު ފީޗާތައް ވެސް ހެޑްސެޓަށް އަންނާނެ އެވެ.

"ޕީއެސް ފަހަކަށް ހާއްސަކޮށްގެން އާ ވީއާރް ހެޑްސެޓެއް ތައާރަފުކުރަން އުޅޭކަން އަހަރެމެން ދުރާލައި ހިއްސާކުރަން ބޭނުންވީ ގޭމްގެ އަހުލުވެރިންނަށް އުފާވެރި ޚަބަރެއް ދިނުމުގެ ބޭނުމުގައި،" ޕީީއެސްގެ ބްލޮގްގައި ޕްލޭސްޓޭޝަންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ހިޑިއާކީ ނިޝިނޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސޮނީން ބޭނުން ވަނީ ވީއާރް ދާއިރާ ފުޅާކޮށް އުދެއްދުންތައް ވަރުގަދަކުރުމެވެ.

"އެހެންވީމަ ވީއާރް ހެޑްސެޓް ނެރޭ އިރު ގޭމްގެ އަހުލުވެރިން އެންމެ ބޭނުންވާ ކަހަލަ އެއްޗަކަށް އޭތި ހަދަން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ދެން." ހިޑިއާކީ ވިދާޅުވި އެވެ.

ސޮމީން އެންމެ ފުރަތަމަ ޕީއެސް އަށް ހާއްސަކޮށްގެން ވީއާރް ހެޑްސެޓް ނެރުނީ ޕީއެސް4 އަށެވެ. އެއީ 2013 ގަ އެވެ.

އޭގެ އަހަރުތަކެއް ފަހުން އާ ޑިވައިސްއެއް ނެރެން ތައްޔާރުވަމުން އަންނަ އިރު ސޮނީން ދޭ ޔަގީން ކަމަކީ މިހާރު ޓެކްނޮލޮޖީ އަށް އައިސްފައި އޮތް ކުރިއެރުމާއި ތަރައްގީ އާއި ހުނަރުވެރިކަން އާ ވީއާރް ހެޑްސެޓުން ގެނެސްދޭނެ ކަމެވެ. އެހެންވެ ގޭމްގެ އަހުލުވެރިންނަށް އޮތީ އިންތިޒާރުގައި ތިބުމެވެ.

ޑިވައިސް ނެރޭނެ އިރަކާއި އޭގެ އަގާ ބެހޭ ގޮތުން ސޮނީން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ޕީއެސް 5 ނެރުނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 12 ގަ އެވެ. މިހާތަނަށް ގޭމްގެ 4.5 މިލިއަނަށް ވުރެ ގިނަ ޔުނިޓް ވިކިފައިވާ ކަމަށް ސޮނީން ބުނެ އެވެ.