Roadha Mihaaru
ޕްލޭސްޓޭޝަން 5 ގެ އަގުތައް އިއުލާންކޮށްފި

ޕްލޭސްޓޭޝަން 5 ގެ އަގުތައް އިއުލާންކޮށްފި

17 ސެޕްޓެމްބަރ 2020

ވީޑިއޯގޭމްތަކަށް ލޯބިކުރާ މީހުން އިންތިޒާރު ކުރަމުން އަންނަ ޕްލޭޝަން އަންނަ ނޮވެމްބަރު މަގުގެ 12 ގައި ނެރެން ނިންމައި، އަގުތައް އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވީޑިއޯގޭމްތަކަށް ލޯބިކުރާ މީހުން އިންތިޒާރު ކުރަމުން އަންނަ ޕްލޭޝަން އަންނަ ނޮވެމްބަރު މަގުގެ 12 ގައި ނެރެން ނިންމައި، އަގުތައް އިއުލާންކޮށްފި އެވެ.

އާ ކޮންސޯލްގެ ދެ ވާޝަނެއް ނެރޭ އިރު ބުލޫރޭ ޑްރައިވްއަކާ އެކު ނެރޭ ސްޓޭންޑާޑް ވާޝަންގެ އަގަކީ 499 ޑޮލަރެވެ. އަދި ޑިޖިޓަލް އެޑިޝަންގެ އަގަކީ 399 ޑޮލަރެވެ.

ޕްލޭސްޓޭޝަން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ފުރަތަމަ ނެރެން ނިންމާފައި ވަނީ އެމެރިކާ އާއި ކެނެޑާ އާއި ޖަޕާނާއި މެކްސިކޯ އާއި އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑްގެ އިތުރުން ދެކުނޮ ކޮރެއާގަ އެވެ. އަދި އެހެން ގައުމުތަކަށް ނެރޭނީ ނޮވެމްބަރު މަހުގެ 19 ގަ އެވެ.

ޕްލޭސްޓޭޝަން ނެރޭ ސޮނީން ބުނީ ޗައިނާގެ މާކެޓަށް ޕީއެސް 5 ނެރޭނެ އިރަކާ ދޭތެރޭ އަދިވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ޕީއެސް 5 ގައި ގިނަ އަދަދެއްގެ ގޭމް ކުޅެވޭ އިރު އެ އަދަދު މިހާރު 118 އަށް އަރަ އެވެ.