Roadha Mihaaru
އިންޑިއާގެ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގަންނަވަނީ

އެއްބަސްވުންތަކެއްގައި ސޮއިކުރައްވަން އިންޑިއާގެ ހާރިޖީ ވަޒީރު ރާއްޖެއަށް

18 ފެބުރުއަރީ 2021

ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރަައްވަން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަންޔަން ޖައިޝަންކަރު އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރަައްވަން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަންޔަން ޖައިޝަންކަރު އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އަންނަ އާދިއްތަ ދުވަހު އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށާއި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުތަކެއް އިފްތިތާހު ކުރުމަށެވެ. އެއީ ކޮން އެއްބަސްވުންތަކެއް ކަމެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ޖައިޝަންކަރުގެ އެ ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ބައްދަލު ކުރައްވާނެ އެވެ. އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ އެކު ޖޮއިންޓް މީޓިންއެއް ބާއްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކުރީގެ ފޮރިން ސެކެޓްރީ ޖައިޝަންކަރު ޚާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު 2019 ވަނަ އަހަރު ވެސް ރާއްޖެ ވަޑައިގަތެވެ.