18 ފެބުރުއަރީ 2021
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ދައުވާ އުފުލުނު އަދަދު މިދިޔަ އަހަރު 65 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި އެއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވުން ކަމަށް ގަބޫލުކުރައްވާ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ރޭ ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ދައުވާ އުފުލުނު އަދަދު މިދިޔަ އަހަރު 65 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި އެއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވުން ކަމަށް ގަބޫލުކުރައްވާ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އިންސާފު ނުލިބޭ ކަމުގެ އެންމެ ޝަކުވާ ބޮޑުވި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ވޭތުވެދިޔަ އަހަރު ހޯދުނު ކުރިއެރުން އަމިއްލަ ބްލޮގުގައި ހިއްސާކުރައްވަމުން ޝަމީމް ވިދާޅުވީ 2019 ގައި ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހެޅީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 142 ދައުވާ ކަމަށެވެ. މި މައްސަލަތަކުގައި ދައުވާ އުފުލީ 102 މީހަކަށެވެ.
ހިސާބުތައް އާއްމުކުރައްވައި ޕީޖީ ވިދާޅުވި ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތަފާތު 29 ބާވަތެއްގެ 232 ދައުވާ މިދިޔަ އަހަރު ކޯޓަށް ހުށަހަޅާފައިވެ އެވެ. މި މައްސަލަތަކުގައި މަހަކު އެވްރެޖްކޮށް 19 މައްސަލަ ކޯޓަށް ހުށަހަޅައި 169 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ.
"..ދައުވާ ކުރެވުނު މީހުންގެ އަދަދު 65 ޕަސެންޓު އިތުރުވުމުގެ މާނައަކީ ރައްޔިތުންގެ އިތުބާރު މި ނިޒާމަށް އިތުރުވުމެވެ. މީހުން ރިޕޯޓްކުރާކަށް ޖެހިލުމެއް ނުވެ އެވެ. ދައުލަތުން ކޮންމެވެސް ކަމެއް ކުރާނެ ކަމުގެ ޔަގީން ކަމެއް އޮވެ އެވެ،" ޕީޖީ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ތަހުގީގު ރަނގަޅު ކުރެވި ދައުވާ ކުރެވޭ ވަރަށް ހެކި ވެސް ހޯދޭ ކަމަށެވެ. އެކަމަކު ކުރިއެކޭ އެއްގޮތަށް ކޯޓުތަކުގައި މައްސަލަތައް އެކަށީގެންވާ ވަރަށް ނުހިންގޭކަން ޕީޖީ އާއްމު ކުރެއްވި ހިސާބުތަކުން އެނގެން އޮތެވެ.
އެ ހިސާބުތަކުގައިވާ ގޮތުން 2019 ގައި މާލޭގެ ކޯޓުތަކަށް 70 މައްސަލަ އަދި އަތޮޅުތަކުގެ ކޯޓުތަކަށް ވެސް މައްސަލަ ހުށަހެޅި އެވެ. މީގެތެރެއިން ހުކުމްކޮށްފައި ވަނީ 15 މައްސަލައިގަ އެވެ. ކޯޓުތަކުގައި އެ އަހަރު ހުށަހެޅި 60 ޕަސެންޓް މައްސަލަ އަދިވެސް ހިނގާ ކަން ޕީޖީ ފާހަގަކުރައްވާފައިވެ އެވެ.
މާލޭގެ ކޯޓުތަކަށް 115 މައްސަލައާ އެކު ގިނަ މައްސަލަތަކެއްގައި މިދިޔަ އަހަރު ދައުވާ އުފުލި ނަމަވެސް ކޯޓުތަކުން ނިންމުނީ އެންމެ ދެ މައްސަލަކަން އެ ހިސާބުތަކުން އެނގެ އެވެ. އެއީ ހއ. މަރަންދޫ މެޖިސްޓްރޭޓް ކޯޓާއި އެ އަތޮޅު ފިއްލަދޫ ކޯޓަށް ހުށަހެޅި މައްސަލަ އެކެވެ.
"މިއީ، އެ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ބަލާއިރު 0.68 ޕަސެންޓް މައްސަލަ އެވެ. ޖުމްލަ މައްސަލައިގެ 89 ޕަސެންޓް [207 މައްސަލަ] އަދިވެސް ނުނިމި ހިނގަމުން އެބަދެ އެވެ. މިއީ ކުރީ އަހަރުގެ ބާކީ ނުލަ އެވެ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް "މިހާރު"އާ ވާހަކަ ދައްކަވަނީ: ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގެ ހައްލަށް އަދިވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު
އޭނާ ވިދާޅުވި ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި މުހިއްމު މަސައްކަތްތަކެއް މުއައްސަސާތައް ގުޅިގެން ފެށީ ދެ އަހަރު ނުފުރޭ އަންހެން ކުއްޖަކަށް އޭނާގެ ކާފަ އާއި މުނިކާފަގެ ފަރާތުން ލިބުނު އަނިޔާ ފެންމަތިވެ އުފެދުނު ކަންބޮޑުވުންތަކާ ހެދި އެވެ. މަގާމާ ހަވާލުވެވަޑައިގަތްތާ މަހެއްހާ ދުވަހު ފެންމަތިވި އެ މައްސަލައާ އެކު ރިޕޯޓްކުރުން ވެސް އިތުރުވިކަން ފާހަގަކުރެއްވި އެވެ.
[ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި] މައްސަލައިގެ ހާދިސާ ރައްޔިތުންގެ ސަމާލުކަމަށް އައިއިރު ދައުލަތުގެ މުއައްސަސާތަކަށް ކުރެވުނު ކަމެއް ގާތްގަނޑަކަށް ނެތެވެ. ދައުލަތް އޮތީ ފަހަތުފަޔަށް ބުރަވެފަ އެވެ.
Naaummeedhaai maayooskan: mi meehun thibee falhaigen dhaavaru vefai!
The most trusted news source in the Maldives
Mihaaru
ދެ އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީގޯނާކުރި މައްސަލައިގައި އެ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް "މިހާރު"ގެ ރިޕޯޓެއް.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ފިޔަވަޅު ނޭޅި ހުރި ސަބަބުތައް ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ދެނެގަނެ ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭގެތެރޭގައި ޕީޖީ އޮފީހުގެ އިތުރުން ފުލުހުންނާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ޖެންޑާ މިނިސްޓްރީ އާއި ރައީސް އޮފީސް ހިމެނެ އެވެ.
ޝަމީމް ވިދާޅުވީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުންތަކުގައި، މައްސަލަތަކަށް ވަގުތުން ހައްލު ހޯދާނެ ގޮތްތަކެއް ޕްލޭން ކުރި ކަމަށެވެ. މި މައްސަލަތަކުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނެ މަގުފަހިކޮށްދީ، ފަންނީ ބޭފުޅުންގެ މަސައްކަތުން މިބާވަތުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ މަގުޗާޓެއް އެކުލަވާލާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
ޕީޖީ ފާހަގަކުރައްވާފައިވާ ގޮތުގައި އެންމެން ގުޅިގެން ހައްލަކަށް މަސައްކަތް ކުރުމުން ނަތީޖާ މާ ފުރިހަމަ އެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ކުށްތައް ހުއްޓުވަން މިދިޔަ އަހަރު ހޯދުނު ކުރިއެރުމަކީ، ޝަމީމް ވިދާޅުވި ގޮތުގައި، ހުރިހާ ކަމެއް ރަނގަޅުވުމެއް ނޫނެވެ. ގޮންޖެހުންތައް އެބަހުރި ކަމަށާއި ނިޒާމުގައި އިސްލާހުކޮށްލަން ޖެހޭ ކަންކަން ހުރި ކަމަށް ވެސް ވިދާޅުވި އެވެ.
"މި މަސައްކަތް ހުއްޓާނުލައި އަޅުގަނޑުމެން ކުރިއަށް ގެންދާނަމެވެ،" ޕީޖީ ވިދާޅުވި އެވެ.
ގެވެށިއަނިޔާ މައްސަލަ އަވަހަށް ނިންމަން މެސެޖް ފޮނުވަނީ
"ހަތަރު ދުވަހު އޮފީހަށް ނުކުތުމުން ނަތީޖާ ރަނގަޅު"
ޕީޖީ ޝަމީމްގެ މައްސަލައެއް ނުބަލަން: ފުލުހުން
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
ސަރުކާރުން ނަޝީދަށް ރައްދު ދީފި
އަލީ ފިލާފާނެތީ ޕާސްޕޯޓް ދޫނުކުރަން އެދުނިން: ޕީޖީ
ވެންޓިލޭޓަރުތަކުގެ މައްސަލަ: އޭސީސީގެ ނިންމުން ފޮނުވަނީ
ބޭރުކޮށްލި ޖިންސީ ގޯނާގެ މައްސަލަ ސުޕްރީމް ކޯޓަށް
ދައުވާއަކީ އަޑު ކަނޑުވާލުމުގެ ސިލްސިލާއެއް: މުއިއްޒު
ދޮންދަރިއާ ބެހުނު މީހާއަށް ކުރި ހުކުމަށް ތައުރީފް