05 ޖެނުއަރީ 2021
ޖިންސީ ގޯނާގެ މައްސަލައެއްގައި މުހިިންމު ލިޔުމެއް ނެތުމުން ކަމަށް ބުނެ ހައި ކޯޓާއި ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފްކޮށްފި އެވެ.
ޖިންސީ ގޯނާގެ މައްސަލައެއްގައި މުހިިންމު ލިޔުމެއް ނެތުމުން ކަމަށް ބުނެ ހައި ކޯޓާއި ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފްކޮށްފި އެވެ.
ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ދައުވާ އެ ކޯޓުން ބޭރުކޮށްލީ އެ މީހާއަކީ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއް ކަން ސާބިތުވާ ފަދަ ސަރުކާރު ގަބޫލުކުރާ ލިޔުމެއް ހުށަހަޅާފައި ނެތުމުން ކަމަށް ބުނެ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން އުމުރުން 18 އަހަރު ފުރިފައި ވިޔަސް، ބުއްދީގެ ތަސައްރަފު ނުފެދޭ މީހުންނަށް ޖިންސީ ގޯނާ ކުރުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ކަމަށް ގާނޫނު ބަލަ އެވެ.
އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް މިދިޔަ ހަފުތާގައި ނިންމީ އެ މައްސަލަ ބޭރުކޮށްލީ ރަނގަޅަށް ކަމަށެވެ. އަދި ޖިންސީ ގޯނާ ލިބުނީ ނަފްސާނީ އުނިކަން ހުންނަ މީހަކަށް ކަން ސާބިތުވާ ރިޕޯޓެއް ދައުލަތުން ހުށަހެޅިޔަސް، އެ ރިޕޯޓް ތައްޔާރުކުރި ފަރާތަކީ އެކަމަށް ސަރުކާރުން ގަބޫލުކުރާ ފަރާތެއް ކަން ކަށަވަރުވާ ލިޔުމެއް ހުށަހަޅާފައި ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ދައުލަތުން ހުށަހެޅި ލިޔުމާ ބެހޭގޮތުން ދެބަސްވުންތަކެއް އޮތް ކަމަށާއި އަދި ހައި ކޯޓުން އެ މައްސަލަ ނިންމި ގޮތާ މެދު ހިތްހަމަނުޖެހޭތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކަމަށެވެ.
މި މައްސަލަ ހައިކޯޓުން ނިންމެވި ގޮތާމެދު ހިތްހަމަނުޖެހޭތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފިން. ހުށަހެޅި ލިޔުމާބެހޭ ސުވާލެެއް، ދެބަސްވުމެއް އޮތް.
— Hussain Shameem (@HuShameem) January 4, 2021
ނިޒާމުގެ ތެރެއިން ޙައްލު ހޯދޭނެ. އަޅުގަނޑުމެން ދާނީ ސާބިތުކަމާއެކު، (ގޮތްދޫނުކޮށް) އިންޞާފު ޤާއިމު ކުރުމުގައި ކުރިއަށް https://t.co/koDS9HInSB
ޕީޖީގެ ޓްވީޓް
ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ބުއްދީގެ ތަސައްރަފު ނުފުދޭ މީހުންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އެކަން ސާބިތުވާ ފަދަ ސަރުކާރު ގަބޫލުކުރާ އިދާރާއެއްގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް އެ ކޯޓުން ކުރިން ނިންމާފައި ވެ އެވެ. އެ ނިންމުން ވެސް ދައުލަތުން އޭރު އިސްތިއުނާފް ކޮށްފައިވާ ކަމަށާއި އެކަމަކު އެ ނިންމުން ބާތިލް ނުކުރާހާ ހިނދަކު އެއަށް ދައުލަތުން އަމަލު ކުރަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
ދޮންދަރިއާ ބެހުނު މީހާއަށް ކުރި ހުކުމަށް ތައުރީފް
ކާފަ ދަރިއާ ބެހުނު ކަމަށް ބުނާ މީހަކު ދޫކޮށްލައިފި
ތަހުގީގަށް ތައުރީފު، ކުށް ކުރާ މީހުންނަށް އިންޒާރެއް
ޕީޖީ ޝަމީމްގެ މައްސަލައެއް ނުބަލަން: ފުލުހުން
ދައުވާ ކުރިއަށް ގެންދާ ނިންމުން އިސްތިއުނާފް ނުކުރެވޭނެ
ޕީޖީގެ ބޮޑު އިހުމާލަކަށް ސުޕްރީމްކޯޓުން ހޫނު ރައްދެއް
އިޖްރާއީ ގޯސްތަކުން މީހުން ދޫވުން:ދެން ދުލެއް ނުދޭނެ!
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ދައުވާ އުފުލުން އިތުރުވެއްޖެ
ކުދިންނަށް ޖިންސީ އަނިޔާ: ހިސާބު ނަންބަރަކާ ނުގުޅުވޭނެ
ކުއްޖަކާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި