Roadha Mihaaru
އިންޑިއާގެ ވިސްތާރާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

އިންޑިއާގެ ވިސްތާރާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

14 ފެބުރުއަރީ 2021

އިންޑިއާގެ ވިސްތާރާ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޑިއާގެ ވިސްތާރާ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފި އެވެ.

ވިސްތާރާ އަކީ އިންޑިއާގެ ޓާޓާ ސަންސް އާއި ސިންގަޕޯ އެއާލައިންގެ ޖޮއިންޓްވެންޗާ ކުންފުންޏެކެވެ. މި އެއާލައިންގެ ދަތުރުތައް އަންނަ މާޗް ތިން ވަނަ ދުވަހު ރާއްޖެއަށް ފަށާނެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައިވާ ގޮތުން ވިސްތާރާގެ އޭ320 ނިއޯ އެއާކްރާފްޓް ރާއްޖެއަށް ހަފތާއަކު ތިން ދުވަހު ދަތުރުތައް ކުރާނެ އެވެ. އެގޮތުން ބުދަ ދުވަހާއި ހޮނިހިރާއި އާދިއްތަ ދުވަހު އިންޑިއާގެ މުމްބާއީން ރާޢްޖެއަށް ދަތުރުތައް ކުރާނެ އެވެ.

ވިސްތާރާއިން މިހާރު ވަނީ ރާއްޖޭގެ ދަތުރުތަކަށް އޮންލައިންކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމްތައް ވެސް ހަމަޖައްސައިފަ އެވެ. ރާއްޖެއިން މުމްބާއީއަށް ދަތުރުކުރަން ދެކޮޅު ޓިކެޓުގެ އަގަކީ 3،499ރ. އެވެ.

މިހާރު ވެސް އިންޑިއާގެ ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުރު ކުރެ އެވެ. އެއާ އިންޑިއާ އާއި ގޯއެއާ އާއި ސްޕައިސް ޖެޓާއި އިންޑިގޯ އިން ވެސް ދަތުރުކުރެ އެވެ.

އިންޑިއާ އަކީ ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. މި އަހަރުގެ މިހާތަނަށް 26،000 ޓޫރިސްޓުން އައިސްފައިވެ އެވެ.