17 އޮކްޓޯބަރ 2021
ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހިންގުން ހަވާލުކުރި މައްސަލަ ސޯޝަލް މީޑިއާގައި ދުވަސްތަކެއް ފަހުން ހޫނުވެ، އެކަމާ ގުޅޭ ބަހުސްތައް އަނެއްކާ ވެސް ފެށިއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހިންގުން ހަވާލުކުރި މައްސަލަ ސޯޝަލް މީޑިއާގައި ދުވަސްތަކެއް ފަހުން ހޫނުވެ، އެކަމާ ގުޅޭ ބަހުސްތައް އަނެއްކާ ވެސް ފެށިއްޖެ އެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ ހިންގުން 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖީއެމްއާރާ ހަވާލުކުރީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖޫން 28، 2010 ގަ އެވެ. އެއީ އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ފަސް އަހަރުގެ ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވަން ވެސް އުނދަގޫވި އެންމެ ބޮޑު އެއް ސަބަބު ކަމަށް ވި އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ޖީއެމްއާރުގެ މައްސަލައިގައި ނަޝީދުގެ ސަރުކާރާ ދެކޮޅަށް ނުކުމެ ބޮޑެތި މުޒާހަރާތަކާއި އިހުތިޖާޖުތައް ވަރަށް ބޮޑު ޕްރެޝަރަކަށް ސަރުކާރު ވައްޓަައިލި އެވެ.
ނަޝީދުގެ ވެރިކަން ވެއްޓުމާ އެކު ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އެ އެއްބަސްވުން އުވައިލި އެވެ. އެއްބަސްވުން އުވާލުމާ ގުޅިގެން، އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ވަނީ ޖީއެމްއާރަށް ދިވެހި ދައުލަތުން 271 މިލިއަން ޑޮލަރު ނުވަތަ 4.1 ބިލިއަން ރުފިޔާ ދައްކައިފަ އެވެ.
މި މައްސަލައިގެ ބަހުސް މި ފަހަރު އަނެއްކާ ވެސް ފެށުނީ ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ޑރ. މަރިޔަމް ޒުލްފާ ކްލަބް ހައުސް ރޫމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ޒުލްފާ ވިދާޅުވީ، އެއާޕޯޓު ޖީއެމްއާރަށް ދީފައި ވަނީ ނަޝީދުގެ ސަރުކާރަށް 78 މިލިއަން ރުފިޔާގެ ހޯދަން ބޭނުންވެގެން ކަމަށެވެ. އަދި އެ މަނިކުފާނު އަރިހުގައި ބޮޑެތި ގާނޫނީ ވަކީލުން ތިއްބަވާއިރު އެ ކުންފުންޏާ އެކު އެހާ "ފީކަޅާ" އެއްބަސްވުމެއް ހެދީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި ކަމަށް ޒުލްފާ ވިދާޅުވި އެވެ.
ނަޝީދުގެ ސަރުކާރުގެ މިނިސްޓަރަކަށް ހުންނެވި ނަމަވެސް ޖީއެމްއާރާ ދެކޮޅަށް ގިނަ ބަޔަކު ނުކުތުމުން އުފާވި ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަަރާ ފަދަ ކަމެއް ކުރުމަކީ އެއްވެސް އިރެއްގައި ތާއީދު ކުރެއްވި ކަމެއް ނޫން ކަމަށް ވެސް ޒުލްފާ ވިދާޅުވި އެވެ.
"ބިޑް ކުރި ހުރިހާ ކުންފުނިތަކުގެ ތެރެއިން އިންޑިޔާއިން އެންމެ ގިނައިން ލާރި ދޭން ބުނީ. އިންޑިޔާ އަށް މިއަދު ވަރަށް ފަސޭހަ ވާނެ އަޅުގަނޑުމެން ކަހަލަ ކުޑަ ގައުމަކަށް ފައިސާ ދޭން. ފައިސާ ދިނަސް ނުޖެހޭނެ އަޅުގަނޑުމެންގެ ސިޔާދަތު ވިއްކާލާކަށް. ވަރަށް ވަނދުކޮށް ކުރެވިފައި އޮތް ކަމެއް،" ޒުލްފާ ވިދާޅުވި އެވެ.
އެއާޕޯޓުގެ ހިންގުން ޖީއެމްއާރާ ނަޝީދުގެ ސަރުކާރުން ހަވާލުކުރީ، އިގްތިސޯދީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ބަޖެޓު ސަޕޯޓަށް ފައިސާ ބޭނުން ވެގެން ކަން އޭރު ވެސް އެނގެ އެވެ. އެ ވާހަކަ އޭރުގެ ސަރުކާރުގެ އިސްވެރިން ވެސް އެކިއެކި ޕްލެޓްފޯމުތަކުގައި ވިދާޅުވެފައި ވެ އެވެ. އެކަމަކު، މައްސަލައަކަށް ވީ، ވަގުތީ ފައިދާއަކަށް އެހާ ބޮޑު "ޖަރީމާއެއް" ހިންގުން ކަމަށް އެތައް ބަޔަކު އައީ ބުނަމުންނެވެ.
ޒުލްފާ ފަހުން އެ ވާހަކަތައް ދެއްކެވުމުން އެމްޑީޕީގެ ބައެއް އިސް މެންބަރުންގެ ފާޑުކިޔުން ސޯޝަލް މީޑިއާގައި އޭނާ އަށް އަމާޒުވެފައި ވަނިކޮށް، މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ޖީއެމްއާރު ދިފާއުކުރައްވައި އިއްޔެ ޓްވީޓެއް ވެސް ކުރައްވައިފަ އެވެ.
ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސް. pic.twitter.com/y6lIdPVo2I
— Ibrahim Ameer (@iameeru) October 16, 2021
ފިނޭންސް މިނިސްޓަރު އަމީރުގެ ޓުވީޓް
އަމީރު އާންމުކުރެއްވި ލިޔުމެއްގައި ވިދާޅުވީ ޖީއެމްއާރަށް 270 މިލިއަން ޑޮލަރު ދައްކަން ޖެހުމާއި ޓޫރިޒަމް އިންޑަސްޓްރީގެ ކުރިއެރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އެއާޕޯޓް ހަދަން އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގަން ޖެހުމަކީ އަސާސީ އެހެން ކަންކަން ހަމަޖައްސަން އެޅުނު ހުރަހެއް ކަމަށެވެ.
"ޖީއެމްއާރާ އެކު ކުރިއަށް ދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއާޕޯޓްގެ މަސައްކަތް، ހަތް އަހަރު ވެގެން ދިޔައިރު ވެސް މި ދަނީ ކުރަމުން. ޖީއެމްއާރާ އެކު އެއާޕޯޓް ތަރައްގީކޮށް 2014 ގައި ނިމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެ އަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ ފަހުން މިއަދު ދެން ފެނުނީ ނަޝީދު ވެސް ކުއްލި ގޮތަކަށް ނުކުމެވަޑައިގެން އަމީރަށް ތާއީދު ކުރެއްވި ތަނެވެ. ޒުލްފާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭރު ކުރި ބިޑްގައި އެންވީޕީގެ މިންގަނޑަށް ބަލާއިރު އެންމެ ފައިދާ ބޮޑީ ޖީއެމްއާރުގެ ހުށަހެޅުން ކަމަށެވެ.
NPV ge mingadah balaairu enme faidha bodu kamugai faahaga kurevunee GMR-MAHB ge hushaelhuvvun. Kuriah adhaa kuravva fee ge gothuga GMR-MAHB ge gulhifaiva kunfunin eh faharaa adhaa kurevvi $78m e ee beelan hushahelhuvvi hurihaa faraathehge therein hushahelhuvvi enme mathee adhadh pic.twitter.com/2rxfKg0VX5
— Mohamed Nasheed (@MohamedNasheed) October 17, 2021
ނަޝީދުގެ ޓުވީޓް
ކުރިޔަށް އަދާ ކުރަން ޖެހޭ ފީގެ ގޮތުގައި ޖީއެމްއާރުގެ ގުޅިފައިވާ ކުންފުނިން އެއްފަހަރާ 78 މިލިއަން ރުފިޔާ ދައްކަން ހުށަހެޅުއްވުމަކީ ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަދަދު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހުޅުލެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް 2010 ގައި ވޯލްޑް ބެންކުގެ އެހީގައި ޓެންޑާކޮށް ކާމިޔާބު ކުރި ޖީއެމްއާރަށް ހަވާލު ކުރެވުނީ ރާއްޖޭގެ އިގްތިސާދު ދެގުނަ ކުރުމުގެ ނިޔަތުގައި. އޭރު ވެސް މިހާރު ވެސް މާހިރުން ބުނަމުން ދިޔައީ ބޭނުންވަނީ ޓާމިނަލް ބޮޑުކޮށް އަލުން ބިނާ ކުރުމަށް ކަމަށް،" ނަޝީދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވި އެވެ.
އެ މައްސަލާގައި ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ހަގީގަތުގައި އޮތް އެންމެ ބޮޑު ހުރަހަކީ ޖީއެމްއާރަށް އެއާޕޯޓް ދިނުން ފަދަ ވިސްނުން ފިނޭންސް މިނިސްޓަރު ގެންގުޅުއްވުން ކަމަށެވެ. ޖީއެމްއާރު ބޭރު ކުރުމަކީ ދިވެހިންނަށް ލިބުނު ބޮޑު ނަސީބެއް ކަމަށާއި އެއާޕޯޓުގައި ކުރީ ސަރުކާރުން ނިންމާފައިވާ ތަންތަން އޮޕަރޭޝަނަށް ގެންނަން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.
"ކޮވިޑްގެ ހާލަތު އައިއިރު އެއާޕޯޓް ދިވެހިންގެ އަތުގައި ނެތް ނަމަ ޑޮލަރުގެ އަގު އުޅޭނީ 40 ރުފިޔާ އިން މަތީގައި. ނުބައި ހިސާބު ނުޖައްސަވާ. ދިވެހިންނަށް ހައްގު ވަނީ އަޅުވެތިކަމެއް ނޫން،" ސައީދު ވިދާޅުވި އެވެ.
GMR kuni valhuthaagai RY binaakuree 2 vana runway @MohamedNasheed @iameeru. Covid ge haalathu aa iru Airport dhivehinge athuga neiynama $ ge agu ulheynee 40Rf in matheega. Nubai hisaabu nujassavaa! Dhivehinnah hahguvanee alhuvethi kameh noon! pic.twitter.com/5Rw7coPKWQ
— Mohamed Saeed (@em_saeed) October 17, 2021
ސައީދުގެ ޓުވީޓް
މި ބަހުސްގެ ތެރެއަށް އާންމުން ވެސް މިހާރު ވަނީ ހޫނުކޮށް ވަދެފަ އެވެ. ބައެއް މީހުން ޓްވިޓާގައި ބުނެފައި ވަނީ އެންމެ 78 މިލިއަން ޑޮލަރަށް އެއާޕޯޓް "ވިއްކާލި" އިރު ނުވަތަ ދިގު މުއްދަތަކަށް ކުއްޔަށް ދިން އިރު އެތަނަކީ އަހަރަކު 78 މިލިއަން ޑޮލަރުގެ ފައިދާ ހޯދަމުން އަންނަ އެއާޕޯޓެއް ކަމަށެވެ.
ބައެއް މީހުން ބުނެފައި ވަނީ ޖީއެމްއާރަށް އޭރު އެއާޕޯޓް ދިނުމަށް ފަހު ތިން އަހަރު ވީއިރު ވެސް އެތަން ތަރައްގީކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި ކުރިހާ ވެސް ކަމަކީ އެ މީހުންގެ ވިޔަފާރިތައް ފުޅާކުރުމުގެ ވިސްނުން ކުރިއަށް ނެރުން ކަމަށެވެ. ހަގީގަތުގައި ވެސް، އޭރު އެންމެ ބޮޑު އެއް މައްސަލަ އަކަށް ވެސް ވެފައި ވަނީ އިތުރު ރަންވޭއެއް ހަދަން ބުނެ އެކަން ވެސް ނުފަށާ އޮތުމާއި އެއާޕޯޓްގެ ތަރައްގީ އަށް ބޮޑެތި މަސައްކަތްތަކެއް ނުކޮށް އޮތުމެވެ.
ޖީއެމްއާރު ބޭރުކުރުމަކީ އިގްތިސާދީ ޖަރީމާއެއް: އަމީރު
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ
ޖީއެމްއާރަށް ވުރެ އެފްކޮންސް ނުރައްކާ ވެދާނެ: ސައީދު
"އިންޑިއާގެ އެހީން އިގްތިސާދު 15 ބިލިއަނަށް އަރާނެ"
ޖީއެމްއާރު ރާއޯގެ ހަފުލާއެއްގައި ނަޝީދާއި ޝާހިދު
އިންޑިއާގެ ދަރަނިން މި އަހަރު އާ މަޝްރޫއެއް ނުހިންގާނެ
މިއީ އިންޑިއާ އަށް ކުޅެދޭ ޑްރާމާއެއް: ތޯރިގު
ކަރެންސީ ސްވޮޕް ބޭނުން ކުރަން ނުވިސްނަން: އަމީރު
އައްޑޫގެ ތަރައްގީއަށް އިންޑިއާއިން 200 މިލިއަން