14 ފެބުރުއަރީ 2021
ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދައުވާކޮށްފައިވާ އަލީ ވަހީދު ބޭރަށް "ފުރުވާލި" މައްސަލާގައި ސުވާލު އުފެދޭ އެތައް ކަމެއް ހުރުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް އެފަދަ މައްސަލަތައް އަބަދުވެސް ކުށްވެރިކޮށް ވާހަކަަ ދައްކަވާ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނެވީ ހިމޭނުންނެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދައުވާކޮށްފައިވާ އަލީ ވަހީދު ބޭރަށް "ފުރުވާލި" މައްސަލާގައި ސުވާލު އުފެދޭ އެތައް ކަމެއް ހުރުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް އެފަދަ މައްސަލަތައް އަބަދުވެސް ކުށްވެރިކޮށް ވާހަކަަ ދައްކަވާ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނެވީ ހިމޭނުންނެވެ.
އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލާގައި ހަތް ދައުވާއެއް ކުރަން ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ފަށާފައި ވަނިކޮށް، ކުއްލިއަކަށް ޕީޖީ އާއި ކްރިމިނަލް ކޯޓުގެ ރުހުމާއެކު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފަ އެވެ.
އަލީ ވަހީދު ބޭރަށް "ފުރުވާލުމުގައި" ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އަމަލުކުރައްވާފައި ވަނީ ރަނގަޅަށްތޯ ބެލުމަށް ޖުޑިޝަރީ ކޮމިޓީ އަށް ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރުން މައްސަލަ ވެސް ވަނީ ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އާންމުކޮށް އެފަދަ ކަންކަމާއި ގައުމުގައި ހިނގާ އެހެނިހެން ކުދި އަދި ބޮޑެތި މައްސަލަތަކާ ގުޅިގެން ޓުވީޓާ ނުވަތަ އެހެނިހެން ގޮތް ގޮތަށް ވާހަކަ ދައްކަވާ ނަޝީދު މި މައްސަލާގައި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
އަލީ ވަހީދަކީ ކުރީގެ ސަރުކާރުގައި އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ނަޝީދާ އެކު ހުންނަވައި މި ވެރިކަން ގެނައުމަށް މަސައްކަތް ކޮށްދެއްވި އެއް ބޭފުޅެކެވެ. އޭނާ އަށް ކުރާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅިގެން ނަޝީދު ވާހަކަ ދައްކާފައި ވަނީ އެންމެ ފަހަރަކު އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އެ ދުވަސްވަރު ނަޝީދު ފޮނުވި މެސެޖުގައި ވިދާޅުވީ ޖިންސީ ގޯނާގެ އެއަށް ވުރެ ބޮޑެތި މައްސަލަތަކުގައި މަދު ދައުވާތަކެއްކޮށް، އަލީ ވަހީދަށް މާ ބޮޑެތި ދައުވާތަކެއް ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު އަލީ ވަހީދުގެ ބަޔާންތައް ބަލައިފިން. އަޅުގަނޑު މި ހުންނަނީ އަޖައިބުވެފައި،" ނަޝީދުގެ މެސެޖްގައި ވެ އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމްގައި އަލީ ވަހީދު ހުންނެވިއިރު ވެސް އޭނާ އަށް ފާޑުކިޔުން އަމާޒުވި އެތައް ފަހަރަކު ނަޝީދު ވަނީ އަލީ ވަހީދު ދިފާއު ކުރައްވައިފަ އެވެ. ރިސޯޓް މުއައްޒަފުންނަށް ސާވިސް ޗާޖު ދިނުމާ ގުޅޭ ގޮތުން އަލީ ވަހީދު ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާ ހޫނުފެނަށް ވެއްޓުމުން ރައްޔިތުން މަޖިލީހުގައި އަލީ ވަހީދުގެ ދިފާއުގައި ވާހަކަފުޅު ދެއްކެވި އެވެ. އަދި އަލީ ވަހީދަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެ ޓުވީޓް ވެސް ކުރައްވައިފަ އެވެ.
އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް އަންނާނެ އެވެ.
އެހެން ނަމަވެސް އަލީ ވަހީދަށް ބޭނުން ގައުމަކަށް ވަޑައިގެންނެވޭ ގޮތަށް ޕާސްޕޯޓް ދޫކޮށްލާ، އޭނާ ފުރުވާލިކަމުގެ ތުހުމަތު އޮތް އިރު ޕީޖީ އަދި ކްރިމިނަލް ކޯޓުން ބުނީ އެގޮތަށް ނިންމީ އަލީ ވަހީދުގެ ބަލި ހާލަތު ހުރި ގޮތުންނާއި ޖާމިނުވާނެ ފަރާތެއް ހުށަހެޅުން ކަމަށެވެ.
ހަތަރު މަހަށް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރަން އެ އަމުރު ނެރުނީ ފަނޑިޔާރު ހަސަން ސައީދެވެ. އޭނާއަކީ ވެސް ފެމިލީ ކޯޓުގައި ކުރިމަތިވި ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އުޅުއްވި ކަމަށް ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބެލި މައްސަލައެއް ސާބިތުވެފައިވާ ފަނޑިޔާރެކެވެ. އޭނާ ކްރިމިނަލް ކޯޓަށް ބަދަލުކުރީ ޖޭއެސްސީން މައްސަލަ ބަލައި އެ ތުހުމަތުތައް އޭނާގެ މައްޗަށް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ނިންމުމަށް ފަހު ނަސޭހަތް ދީފަ އެވެ.
އޭނާ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލައާ ގުޅިގެން އެތައް ބަޔަކު ސުވާލު އުފައްދަމުން އައި ނަމަވެސް ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ ޖޭއެސްސީން ބަހެއް ނުބުނެ އެވެ. އަދި އެ ފަނޑިޔާރުގެ މައްސަލަ ޕީޖީން ނުވަތަ އެހެން އެއްވެސް ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައެއް ވެސް ނުވެ އެވެ.
އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 13 އަށް ވުރެ ގިނަ އެވެ. ނަމަވެސް އޭނާ ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ: ޕީޖީ
ފަނޑިޔާރު ހަސަން ސައީދުގެ މައްސަލަ ޖޭއެސްސީއަށް
އަލީ ވަހީދުގެ ދައުވާތައް ކޯޓުން އަނބުރާ ފޮނުވާލައިފި
އަޑުބަރޭއަށް ފިޔަވަޅު އަޅަންޖެހޭ: ހައި ކޯޓް
އަލީ ވަހީދު ހިމާޔަތަކަށް ނޭދޭ، ރާއްޖެ ނާންނާކަށް ނޫޅޭ
އަލީ ވަހީދު ހައްޔަރުގައި ހުރުމުން ޝަރީއަތް ނުބޭއްވުނު
އަލީގެ ޝަރީއަތުގެ މައްސަލަ ހައި ކޯޓުން ނުބެލޭނެ
އަލީގެ މައްސަލާގައި ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް
ހުރިހާ ލުޔެއް މި ސިޔާސީ މީހާއަށް! އިންސާފުތަ؟
އަލީ ވަހީދު ހައި ކޮމިޝަނަށް ދިޔަކަމުގެ ޔަގީންކަން ދީފި