އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކު ފެންްފުޅި ބޭނުން ކުރުން ދިރާގުގެ ހުރިހާ މުވައްޒަފުން ހުއްޓާލައިފި އެވެ.
09 ނޮވެމްބަރ 2016
އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކު ފެންްފުޅި ބޭނުން ކުރުން ދިރާގުގެ ހުރިހާ މުވައްޒަފުން ހުއްޓާލައިފި އެވެ.
ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ އެ ކުންފުނިން މިދިޔަ މަހު ފެށި "ފޯ ދަ އޯޝަން" ކެމްޕޭނުގެ ދަށުން ކުރި ކަމެއް ކަމަށެވެ.
"ފޯ ދަ އޯޝަން" އަކީ އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލުމަށް ބާރު އަޅައި، ރިޔޫޒަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ދިރާގުން ފެށި ކެމްޕޭނެކެވެ.
އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރި އަށް ގެންދާ މި ކެމްޕޭންގެ ހަރަކާތްތަކުގެ ތެރެ އިން މިއަދު ދިރާގުގެ މައި އޮފީހުގެ ހުރިހާ ބުރިއެއްގައި މުވައްޒަފުން ބޭނުން ކުރުމަށް ފެން ކޫލަރު ބަހައްޓާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެއްފަހަރަށް ވުރެ ގިނައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ފެންފުޅިއެއް ވެސް ކޮންމެ މުވައްޒަފަކަށް ވަނީ ދީފައި އެވެ.
ދިރާގު ހެޑް އޮފީހުގައި ބަހައްޓާފައި ހުރި ފެން ކޫލަރެއް އެ ކުންފުނީގެ މުވައްޒަފަކު ބޭނުންކުރަނީ: މީގެ އިތުރުން އެއްފަހަރަށް ވުރެ ގިނައިން ބޭނުންކުރެވޭ ފެންފުޅި ވެސް ވަނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ދީފައި.-- ފޮޓޯ: ދިރާގު
ބަޔާނުގައި ބުނެފައިވާ ގޮތުގައި ހެޑް އޮފީހުގެ އިތުރުން ނުވަ ސަރަހައްދެއްގައި ހުންނަ ދިރާގުގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް ފެން ކޫލަރު ވަނީ ބަހައްޓައިފަ އެވެ.
އޭގެ އިތުރުން އެ ކުންފުނީގެ ކޮންމެ ޑިޕާޓްމަންޓަކުން "ގްރީން ޗެމްޕިއަން"ގެ ނަމުގައި މުވައްޒަފުންގެ މެދުގައި އެމްބެސަޑަރަކު ވަނީ ހަމަޖައްސާފައި އެވެ. އެގޮތުން، ކޮންމެ ޑިޕާޓްމަންޓެއްގެ މުވައްޒަފުންނަށް ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމުކަން އަންގައި ދީ، ކެމްޕޭނުގެ ހަރަކާތްތައް ޑިޕާޓްމަންޓް ތެރޭގައި ކުރިއަށް ގެންދިއުމުގެ ޒިންމާ ގްރީން ޗެމްޕިއަނާ ހަވާލު ކޮށްފައިވެ އެވެ.
"ފޯ ދަ އޯޝަން" އަކީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ "ޕާލޭ" އާއި އެ ޖަމިއްޔާ އިން ހަމަޖައްސާފައިވާ ރާއްޖޭގެ އެސޯސިއޭޓް، ބީމްއާ ގުޅިގެން ދިރާގުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
މާސްކާއި އަންގި ކަނޑުތަކަށް ދިޔަ ނުދީ: ދިރާގު
ބޮޑު ކެމްޕޭނަކާ އެކު ދިރާގު މިއަދު ކުނިގޮނޑަކަށް!
އޭޝިއާކަޕް ބަލަން ދިރާގާއި މީޑިއާނެޓުން ހާއްސަ އޮފާއެއް
ދިރާގު ''ޑެސްކަޕް'' ފުޓްސަލް މުބާރާތް ނިންމާލައިފި
ދިރާގު ރޯޑް ރޭހުގެ މެޑަލާއި ރޭސް ކިޓް ދައްކާލައިފި
ދިރާގު ސީއޯޑީ މޯބައިލް މިނީ ސީރީޒްއިން ފުރުސަތު!
ރޯޑް ރޭހުގެ އޮފިޝަލް ކޯޗިން ޕާޓްނަރުން އިއުލާނުކޮށްފި
ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ދިރާގުގެ އެހީ
ރޯޑް ރޭހުގެ ކޯޕަރޭޓް ޓީމު ކެޓަގަރީގެ ފުރުސަތު
ރޯޑް ރޭހުގެ ކޯޗުކޮށްދޭން ކުރިމަތިލާން ހުޅުވާލައިފި