Roadha Mihaaru
މާލޭ ވިޔަފާރި ބަނދަރާ ބެހޭ ކުއްލި މައްސަލައެއް

މާލޭ ވިޔަފާރި ބަނދަރުގެ ރައްކާތެރިކަމަށް ގޮވާލައި، މަޖިލީހަށް ކުއްލި މައްސަލައެއް

08 ފެބުރުއަރީ 2021

މާލޭ ވިޔަފާރި ބަނދަރުގައި ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވެފައި ވާތީ، ރައްކާތެެރިކަމުގެ ފިޔަވަޅުތައް ގިނަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭ ވިޔަފާރި ބަނދަރުގައި ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވެފައި ވާތީ، ރައްކާތެެރިކަމުގެ ފިޔަވަޅުތައް ގިނަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޑުވައްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ގޮވާލެއްވީ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށާއި އެކަން ބެލެހެއްޓުމުގެ ނިޒާމު މިހާރަށް ވުރެ ވަރުގަދަ ކުރުމަށެވެ.

އާދަމް ޝަރީފް މި މައްސަލަ ހުށައެޅުއްވި އިރު، މި ފަހުން މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ދެ ހާދިސާއެއްގައި އެކަކު މަރުވެ، ތިން މީހަކަށް އަނިިޔާވެފައިވެ އެވެ. އޭގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު ހާލު ސީރިއަސް އެވެ.

ކުއްލި މައްސަލާގައި އާދަމް ޝަރީފް ވިދާޅުވީ ބަނދަރުގައި ރިސްކް މެނޭޖްމަންޓް މިހާރަށް ވުރެ ހަރުދަނާކުރުމަށެވެ. އަދި ސަލާމަތީ ކަންކަމަށް މަސައްކަތްތެރިން އަހުލުވެެރިކުރުވުމާއި ރައްކާތެރިވެގެން ތިބެ މަސައްކަތްކުރަަން ވިޔަފާރި ބަނދަރުގެ މުވައްޒަފުންނާއި އާއްމުން ވެސް ތަމްރީނުކުރަން ސަރުކާރަށް ގޮވާލެއްވި އެވެ.

ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމުން ބަހުސްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާތަކުގައި މަރުވެ ނުވަތަ އިއާދަނުކުރެވޭ ވަރުގެ ގެއްލުން ލިބޭ މީހުންގެ އާއިިލާތަކަށް ކުރިމަތިވަނީ ހިޔާލަށް ވެސް ނުގެނެވޭ ފަދަ ދަތި ހާލަތްތަކެއް ކަމަށެވެ.

"މި ދަތިތައް ކުރިމަތިވަމުން ދާއިރު އެ އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބޭ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް އޮތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ މަސައްކަތު މާހައުލުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި ގެއްލުން ލިބޭ އާއިލާތަކަށް ކުންފުނިތަކުންނާއި ދަައުލަތުން ވެސް އެހީތެރިވާނެ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށެވެ. އެއީ ރައްޔިތުންނަށްޓަަކައި ވިސްނައި ފިކުރުކުރަން ޖެހޭ ކަމެއް ކަމަށާއި މަޖިލީހުގައި އެ މައްސަލައަށް ބަހުސް ކުރުން މުހިއްމު ވީ އެހެންވެ ކަމަށް ވިދާޅުވި އެވެ.