Roadha Mihaaru
އާމިރާއި މަދޫރީގެ "ދިލް" ގެ ރިމޭކެއް

އާމިރާއި މަދޫރީގެ "ދިލް" ގެ ރިމޭކެއް

08 ފެބުރުއަރީ 2021

ބުޝަން ކުމާރުގެ ޓީ ސީރީޒާ އެކު ޑައިރެކްޓަރު އިންދަރު ކުމާރު ތިން ފިލްމުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ފިލްމަކީ އާމިރު ޚާނާއި މަދޫރީ ޑިކްސިޓް ކުޅުނު ކާމިޔާބު ފިލްމު "ދިލް" ގެ ރިމޭކެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބުޝަން ކުމާރުގެ ޓީ ސީރީޒާ އެކު ޑައިރެކްޓަރު އިންދަރު ކުމާރު ތިން ފިލްމުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ފިލްމަކީ އާމިރު ޚާނާއި މަދޫރީ ޑިކްސިޓް ކުޅުނު ކާމިޔާބު ފިލްމު "ދިލް" ގެ ރިމޭކެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި 1990 ވަނަ އަހަރުގެ އެ ފިލްމަކީ އިންދަރު ޑައިރެކްޝަނަށް ނުކުތް ފިލްމު ވެސް މެ ވެ. "ދިލް" އަކީ ވަރަށް އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދިން ރޮމޭންޓިކް ޑްރާމާއެކެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ޓީ ސީރީޒާ އެކު އިންދަރު ހެދި ތިން ފިލްމުގެ އެއްބަސްބުމުގެ ދަށުން ހަދާ ފުރަތަމަ ފިލްމު "ތޭންކް ގޯޑް" ގެ ޝޫޓިން ވެސް މިދިޔަ މަހުގެ ތެރޭގައި ފަށާފައިވާ އިރު، މި ފިލްމު ނިންމާފައި "ދިލް" ގެ ރިމެކަށް އޭނާ ތައްޔާރުވާނެ އެވެ.

"ތޭންކް ގޯޑް" އަކީ އަޖޭ ދޭވްގަނާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން ސިދާތު މަލްއުތުރާ ލީޑް ރޯލު ކުޅޭ ފިލްމެކެވެ.

ޕިންކްވިލާ އިން ބުނީ "ދިލް" ގެ ރިމެކް ހަދާނީ އޭގެ ވާހަކަ މި ޒަމާނަށް ފައްތައި، ކުރީގެ ފިލްމަށް ވުރެ ހުރި ގޮތަކުން ވެސް ފުރިހަމަ އަދި ޝައުގުވެރިކޮށެވެ. އެކަމަކު ވާހަކަ ކުރީގެ ފިލްމާ މާ ބޮޑަށް އެއްގޮތް ނުކުރަން ޕްލޮޓަށް ބައެއް ކަހަލަ ބަދަލުތައް ގެންނާނެ އެވެ. ޕިންކްވިކާ އިން ބުނި ގޮތުގައި ފިލްމަށް ކިޔާނެ ނަމަކަށް އޭގެ ޓީމުން ވިސްނާފައި އޮތް އެއް ނަމަކީ "ދިލް ރިމޭކް އޮފް އަ ދިލް ސީކްއެލް" އެވެ.

މީގެ ކުރިން ވެސް "ދިލް" ގެ ރިމެކެއް ހެދުމުގެ ވާހަކަތަކެއް ދެކެވިފައިވެ އެވެ. ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނުނު އެ ފިލްމަކީ އާމިރާއި މަދޫރީ އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ. އެކަމަކު "ދިލް" ގެ ރިމޭކެއް ހަދާ އިރު އެ ދެ ތަރިން ފިލްމުން ފެންނާނެ ކަމެއް ކަށަވަރެއް ނުވެ އެވެ.

އިންދަރު އެންމެ ފަހުން ގެނެސްދިން ފިލްމަކީ މަދޫރީ ވެސް މުހިއްމު ރޯލެއް ކުޅުނު 2019 ގެ "ޓޯޓަލް ދަމާލް" އެ އެވެ.

ޕިންކްވިލާ އިން ބުނީ ޓީ ސީރީޒާ އެކު ހެދިން ތިން ފިލްމު އެއްބަސްވުމުގެ ދަށުން އިންދަރު ފިލްމުތައް ގެނެސްދޭނީ ތިން އަހަރުގެ ތެރޭގައި ކަމަށެވެ. އޭނަ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ބޭޓާ" އާއި "ރާޖާ" އާއި "އިޝްގް" އަދި "މަސްތީ" އާއި "ދަމާލް" ފްރެންޗައިޒް ހިމެނެ އެވެ.