ބަތަލާ ރޭކާ އަކީ ވަރަށް ގިނަ ބައެއްގެ ފެވަރިޓެކެވެ. އޭނާގެ ރަން ޒަަމާނުގައި ރޭކާއާ އެކީ ފިލްމެއް ކުޅުމަކީ ވަރަށް ގިނަ ތަރިންގެ ހުވަފެނެކެވެ. ފަހުގެ އެކްޓަރުންގެ ތެރެއިން ރޭކާއާ އެކީ ފިލްމެއްގެ ލީޑް ރޯލު ކުޅެން ލިބުނު އެކަކީ އަކްޝޭ ކުމާރެވެ. ދެ ތަރިން ގެ ވަރަށް ގައިގޯޅި މަންޒަރުތަކެއް ވެސް ފެނިގެން ދިޔަ އެ ފިލްމަކީ 1996 ގެ "ކިލާޅީޔޯން ކާ ކިލާޅީ" އެވެ.
08 އޮކްޓޯބަރ 2021
ބަތަލާ ރޭކާ އަކީ ވަރަށް ގިނަ ބައެއްގެ ފެވަރިޓެކެވެ. އޭނާގެ ރަން ޒަަމާނުގައި ރޭކާއާ އެކީ ފިލްމެއް ކުޅުމަކީ ވަރަށް ގިނަ ތަރިންގެ ހުވަފެނެކެވެ. ފަހުގެ އެކްޓަރުންގެ ތެރެއިން ރޭކާއާ އެކީ ފިލްމެއްގެ ލީޑް ރޯލު ކުޅެން ލިބުނު އެކަކީ އަކްޝޭ ކުމާރެވެ. ދެ ތަރިން ގެ ވަރަށް ގައިގޯޅި މަންޒަރުތަކެއް ވެސް ފެނިގެން ދިޔަ އެ ފިލްމަކީ 1996 ގެ "ކިލާޅީޔޯން ކާ ކިލާޅީ" އެވެ.
ގިނަ ތަރިންނަށް ރޭކާ އަކީ ފެވަރިޓަކަށް ވިޔަސް އެކްޓަރު އާމިރު ޚާނަކީ ރޭކާއާ އެކީ މަސައްކަތް ކުރަން ބޭނުންނުވި އެކްޓަރެކެވެ. މި ދެ ތަރިންނަށް އެކީގައި "ޓައިމް މެޝިން" ކިޔާ ފިލްމެއްގައި ކުރިން މަސައްކަތް ކުރަން ލިބުނެވެ. އެ ފިލްމަކީ "މިސްޓަ އިންޑިއާ" ގެނެސްދިން ޑައިރެކްޓަރު ޝޭކަރް ކަޕޫރްގެ ފިލްމެކެވެ. ރަވީނާ ޓަންޑަން ބަތަލާގެ ރޯލު ކުޅެން އޮތް ފިލްމުގައި ރޭކާ ކުޅެން އޮތީ އާމިރުގެ މަންމަގެ ރޯލެވެ. "ޓައިމް މެޝިން" އަކީ އާމިރު ސޮއިކުރި ފިލްމުތަކުގެ ތެރެއިން ނުހެދުނު ފިލްމެކެވެ.
މި ފިލްމަށް އޭނާ 1992 އެއްބަސްވި އިރު ކުރިން ނިންމައިގެން ހުރީ ރޭކާއާ އެކީ މަސައްކަތް ނުކުރާށެވެ. ސަބަބަކީ ރޭކާގެ މަސައްކަތް ވަރަށް ގާތުން ފެނިފައި ހުރުމާއި ރޭކާގެ މަސައްކަތުގެ ވައްޓަފާޅި އާއި މަސައްކަތުގެ އަހުލާގާ މެދު އާމިރު ހިތްހަމަނުޖެހުމެވެ. އޭނާގެ ބައްޕަ ތާހިރު ހުސައިން ޕްރޮޑިއުސްކުރި 1986 ގެ ފިލްމު "ލޮކާ" ގައި ރޭކާ މަސައްކަތްކުރި އެވެ. އޭރު އާމިރު އެ ފިލްމުގެ ސެޓަށް ގޮސް، ވަރަށް ގާތުން މަސައްކަތްތައް ބަލައި އުޅުނެވެ.
މީޑިއާތަކުން ބުނި ގޮތުގައި ފިލްމު ކުޅެން ފެށުމުގެ މާ ކުރިން ވެސް ރޭކާއާ އެކީ މަސައްކަތް ނުކުރަން އާމިރު އޮތީ ނިންމައިފަ އެވެ. އެހެންވެ "ޓައިމް މެޝިން" ހުއްޓުމަކީ އޭނާ އަށް ނަސީބަކަށް ވެސް ވެދާނެ އެވެ. އާމިރު ބޮލީވުޑަށް ނުކުތީ ރޭކާގެ "ލޮކާ" ދެ އަހަރު ފަހުން 1988 ގެ "ގަޔާމަތު ސޭ ގަޔާމަތު ތަކް" އިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރޭކާއާ އެކު އާމިރު މަސައްކަތް ނުކުރަން ނިންމި މައިގަނޑު ސަބަބަކީ މަސައްކަތަށް މާ ފަރުވާތެރި ނުވުމާއި ގަޑިއެއް ވެސް ފަރުވާ ބަހައްޓާ ތަރިއެއް ނޫންކަން އެނގުމުންނެވެ. އެގޮތުން "ލޮކާ" ސެޓަށް ގޮސް އުޅޭ ގޮތުންނާއި ގަޑި ޖެހިގެން ދިއުމާއި އޭނާ ފަރުވާ ކުޑަކަމުން މަންޒަރުތައް ތަކުރާރުކޮށް ޝޫޓްކުރަން ޖެހުން ފަދަ ކަންކަން ރޭކާގެ ފަރާތުން ފެނުމުން އާމިރު ހުރީ ރޭކާގެ މަސައްކަތުގެ ވައްޓަފާޅިއާ މެދު ވަރަށް ނުރުހިފަ އެވެ.
އާމިރު، 56، އަކީ އަބަދު ވެސް ބޮލީވުޑްގެ "މިސްޓަ ޕާފެކްޝަނިސްޓް" ގެ ލަގަބުން މަޝްހޫރު ތަރިއަކަށްވާތީ ރޭކާ، 66، ފަދަ ބަތަލާ އެކު "ޓޮލަރޭޓް ކުރަން" ޖެހުމަކީ ހަގީގަތުގައި ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ.
އާމިރް ހާން އެކްޓުކުރުން ހުއްޓާލައި ރިޓަޔާކުރަނީ
ކެޓްރީނާ އާއި ވިކީ އެކުގައި ފިލްމެއް ކުޅެނީ
ވަރުން އެންމެ ބޭނުންވި ޑައިރެކްޓަރާ އެކު ފިލްމެއް
ފާތިމާ އާއި ސާނިއާ އަލުން އެއް ފިލްމަކަށް
އާމިރާއި ރަންބީރް އެކީގައި ފިލްމަކަށް ތައްޔާރު
"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ
އާމިރާއި ކަރީނާގެ ފިލްމު އަނެއްކާވެސް ލަސްވެއްޖެ
އާމިރުގެ "ލާލް ސިންގް ޗައްޑާ" ނިމުނަސް ތާރީހެއް ނެތް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ނާގުރްޖުނާގެ ދަރިފުޅު ބޮލީވުޑަށް ނުކުންނަކަން ކަށަވަރު