14 ޑިސެމްބަރ 2021
އާމިރު ޚާންގެ ފިލްމު "ޑަންގަލް" އިން ބޮލީވުޑަށް ނެރުނު ދެ ބަތަލާއިން ކަމަށްވާ ފާތިމާ ސަނާ ޝައިހާއި ސާނިއާ މަލްއުތުރާ އަނެއްކާވެސް އެއް ފިލްމަކަށް ސޮއިކޮށްފި އެވެ.
އާމިރު ޚާންގެ ފިލްމު "ޑަންގަލް" އިން ބޮލީވުޑަށް ނެރުނު ދެ ބަތަލާއިން ކަމަށްވާ ފާތިމާ ސަނާ ޝައިހާއި ސާނިއާ މަލްއުތުރާ އަނެއްކާވެސް އެއް ފިލްމަކަށް ސޮއިކޮށްފި އެވެ.
މިދިޔަ އަހަރު ޑައިރެކްޓަރު އަނޫރާގް ބާސޫ ގެނެސްދިން އެންތޮލޮޖީ ފިލްމު "ލޫޑޯ" ގެ ސެގްމަންޓްތަކެއް ކުޅުނު އުންމީދީ ދެ ބަތަލާއިން މި ފަހަރު ސޮއިކޮށްފައި ވަނީ ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ "ސޭމް ބަހާދޫރު" އަށެވެ. މި ފިލްމަކީ މިދިޔަ ބުރާސްފަތި ދުވަހު ބަތަލާ ކެޓްރީނާ ކައިފާ ކައިވެނިކުރި އެކްޓަރު ވިކީ ކޯޝަލް ޓައިޓްލް ރޯލު ކުޅޭ އެއްޗެކެވެ.
އޭނަގެ ފިލްމުގެ ކާސްޓާ ފާތިމާ އާއި ސަނާ ގުޅުނުކަން ރަސްމީކޮށް އިއުލާންކޮށް، ފިލްމުގެ ޓީމުގެ ނަގާފައިވާ ފޮޓޯ ވެސް އެ މީހުންގެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. "ސޭމް ބަހާދޫރު" އަކީ ވިކީއާ އެކު ފާތިމާ އާއި ސަނާ ވެސް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
އާމިރުގެ 2016 ގެ "ޑަންގަލް" ގައި އޭނާގެ ދެ ދަރިންގެ ރޯލު ކުޅުނު ފާތިމާ އާއި ސާނިއާ އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ހުނަރުވެރި ޒުވާން ބަތަލާއިންގެ ތެރޭގައި ގުނައިލެވޭ ދެ ތަރިންނެވެ. ފާތިމާ، 29، ގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް އިން ގެނެސްދިން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އެންތޮލޮޖީ ފިލްމު "އަޖީބު ދާސްތާންސް" އެވެ. ސާނިއާ، 29، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ނެޓްފްލިކްސް އިން ސްޓްރީމްކުރި ދަރުމާގެ "މީނާކްޝީ ސުންދަރޭޝްވަރް" އެވެ.
ވިކީއާ އެކު މެގްނާ ހަދަން ނިންމާފައިވާ "ސޭމް ބަހާދޫރު" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގައި އިންޑިއާގެ އަސްކަރިއްޔާގެ ޗީފް އާމީ ސްޓާފްގެ މަގާމު ވެސް އަދާކުރި ފީލްޑް މާޝަލް ސޭމް މަނެކްޝޯގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އޭނާ އަކީ އިންޑިއާ ސަރުކާރުން ދޭ މަތީ ޝަރަފު ޕަދުމާ ބުޝަން އާއި ޕަދުމާ ވިބުޝަން އެވޯޑް ވެސް ލިބިފައިވާ މީހެކެވެ އެވެ. ސޭމްގެ ރޯލު ވިކީ ކުޅޭ އިރު، މިއީ މެގްނާއާ އެކު އޭނާ މަސައްކަތްކުރާ ދެވަނަ ފިލްމެވެ.
ފުރަތަމަ ފިލްމަކީ އާލިއާ ބަޓް ބަތަލާގެ ރޯލު ކުޅުނު 2018 ގެ "ރާޒީ" އެވެ. ވިކީގެ 2019 ގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޕްރޮޑިއުސްކުރި ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ "ސޭމް ބަހާދޫރު" ގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ އެވެ.
ކެޓްރީނާ އާއި ވިކީ އެކުގައި ފިލްމެއް ކުޅެނީ
ވަރުން އެންމެ ބޭނުންވި ޑައިރެކްޓަރާ އެކު ފިލްމެއް
"ޖީ ލޭ ޒަރާ" ގެ ރޯލެއް ފަރުހާން ވެސް ކުޅޭނެ
އާމިރާއި ކަރީނާގެ ފިލްމު އަނެއްކާވެސް ލަސްވެއްޖެ
ފަރުހާން "ޖީ ލޭ ޒަރާ" ފަށަން ކެތް މަދުވެފައި
"ޖީ ލޭ ޒަރާ" ގައި ޕްރިޔަންކާ، ކެޓްރީނާ އަދި އާލިއާ
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
އާމިރު ސްޕޯޓްސް ޑްރާމާއަކަށް މަޝްވަރާގައި
ކެޓްރީނާ އާއި ވިކީގެ ލޯބީގެ ވާހަކަ ގަދަވަނީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް