Roadha Mihaaru
ކޮންގްރެސްގެ ރިޕަބްލިކަން މެންބަރަކަށް އަދަބުދީފި

ކޮންގްރެސްގެ ރިޕަބްލިކަން މެންބަރަކަށް އަދަބުދީފި

05 ފެބުރުއަރީ 2021

ވޮޝިންޓަން (ފެބްރުއަރީ 5) - ނޮވެމްބަރު މަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރުމުގެ ކުރިން ކޮންގްރެސްގެ ރިޕަބްލިކަން ޕާޓީގެ މެންބަރަކު ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ދެ ކޮމިޓީއަކުން އޭނާ ބޭރުކޮށްލަން ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފާސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 5) - ނޮވެމްބަރު މަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރުމުގެ ކުރިން ކޮންގްރެސްގެ ރިޕަބްލިކަން ޕާޓީގެ މެންބަރަކު ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ދެ ކޮމިޓީއަކުން އޭނާ ބޭރުކޮށްލަން ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފާސްކޮށްފި އެވެ.

މާޔޯރީ ޓޭލާ ގްރީން ވަނީ ހަރުކަށި ވާހަކަތަކަށް ހިތްވަރުދީ، އަސްލެއް ނެތް ތިއަރީތައް ޕްރޮމޯޓްކޮށް ޑިމޮކްރެޓިކް ޕާޓީއާ ދެކޮޅަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފަ އެވެ.

ހައުސްގެ އެޑިއުކޭޝަން އަދި ބަޖެޓް ކޮމިޓީން ގްރީން ފާސްކުރަން ނެގި ވޯޓުގައި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާ އެއްކޮޅަށް ރިޕަބްލިކަން ޕާޓީގެ 11 މެންބަރުން ވެސް ވޯޓުދީފައިވެ އެވެ. ޖޯޖިއާގެ މަންދޫބު ކޮމިޓީތަކުން ބޭރުކުރަން ފާސްކޮށްފައި ވަނީ 230-199 ވޯޓުންނެވެ.

އެމެރިކާގެ ކޮންގްރެސްގައި އެއް ޕާޓީއެއްގެ ކޮމިޓީތަކުގެ މެންބަރުންނަށް އަނެއް ޕާޓީއަކުން ފިޔަވަޅު އެޅުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

ވޯޓުގެ ކުރިން ގްރީން ވަނީ އޭނާ ދައްކާފައިވާ ވާހަކަތަކާ މެދު ހިތާމަކުރާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މައާފަށް އެދިވަޑައިގެންފައެއް ނުވެ އެވެ. ހައުސްގެ ތަޅުމުގައި އޭނާ ވިދާޅުވީ އެ ވާހަކަތައް ދައްކާފައި ވާނީ ކޮންގްރެސް އަށް އިންތިޚާބުވުމުގެ ކުރިން ކަމަށެވެ.

އުމުރުން 46 އަހަރުގެ މެންބަރު ވިދާޅުވީ އޭނާ ދެއްކެވި ވާހަކަތަކަކީ މާޒީ ކަމަށާއި އެ ވާހަކަތަކުން އޭނާގެ މިހާރުގެ ހާލަތު ތަމްސީލް ނުކޮށްދޭ ކަމަށެވެ.