01 އޮކްޓޯބަރ 2019
ވޮޝިންޓަން (އޮކްޓޯބަރު 1) - ސިޔާސީ ވާދަވެރިއެއްގެ މައްސަލަ ބެލުމަށް ޔޫކްރޭނުގެ ރައީސް އަށް ގުޅުއްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާރު އެޅުއްވި މައްސަލަ ތަހުގީގު ކުރާ ހައުސްގެ އިންޓަލިޖެންސް، ފޮރިން އެފެއާޒް އެންޑް އޯވަސައިޓް އެންޑް ރިފޯމް ޕެނަލަށް ޓްރަޕުގެ ގާނޫނީ ވަކީލް ރޫޑީ ޖިއުލިއާނީ ހާޒިރުވާން އަންގައިފި އެވެ.
ވޮޝިންޓަން (އޮކްޓޯބަރު 1) - ސިޔާސީ ވާދަވެރިއެއްގެ މައްސަލަ ބެލުމަށް ޔޫކްރޭނުގެ ރައީސް އަށް ގުޅުއްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާރު އެޅުއްވި މައްސަލަ ތަހުގީގު ކުރާ ހައުސްގެ އިންޓަލިޖެންސް، ފޮރިން އެފެއާޒް އެންޑް އޯވަސައިޓް އެންޑް ރިފޯމް ޕެނަލަށް ޓްރަޕުގެ ގާނޫނީ ވަކީލް ރޫޑީ ޖިއުލިއާނީ ހާޒިރުވާން އަންގައިފި އެވެ.
ކޮމިޓީން މަސައްކަތް ކުރަމުން ދަނީ ޓްރަމްޕުގެ މައްސަލައިގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމައި އަހަރު ނިމުމުގެ ކުރިން، ޓްރަމްޕު މަގާމުން ދުރުކުރުމުގެ ވޯޓަކާ ހަމައަށް ދެވޭތޯ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮރެޓިކް ޕާޓީން ވާދަކުރައްވާ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލަ ތަހުގީގު ކުރަން ޓްރަމްޕް ވަނީ ޔުކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އަށް ޖުލައި 25 ވަނަ ދުވަހު ފޯނުން ގުޅުއްވައި ބާރު އަޅުއްވައިފަ އެވެ. ރައީސް ބަރަކް އޮބާމާގެ ނައިބަކަށް ބައިޑަން ހުންނެވި ދުވަސްވަރު ދަރިކަލުން ހަންޓާ ބައިޑަން ހުންނެވީ ޔުކްރޭންގެ ނޭޗަރަލް ގޭސް ކުންފުންޏެއްގެ ބޯޑު މެންބަރަކަށެވެ. އެ ކުންފުނީގެ މައްސަލައެއް އެ ދުވަސްވަރު ބެލުން ހުއްޓުވީ ބައިޑަންގެ ނުފޫޒުންތޯ ބެލުމަށް ޓްރަމްޕް ވަނީ ޔުކްރޭނުގެ ރައީސްގެ އަރިހުން އޮޅުންފިލުވަން އުޅުއްވައިފަ އެވެ. ބައިޑަން އަދި ހަންޓާ ވެސް ގޯހުން ކަމެއް ކުރައްވާފައިވާކަމުގެ ހެއްކެއް އަދި ފެންނާކަށް ނެތެވެ.
ހައުސްގެ ކޮމިޓީގެ ޗެއާމަން ވިދާޅުވީ "ބައިޑަން އަށް ޓާގެޓް ކުރުމަށް" ޔުކްރޭން ސަރުކާރުގެ އޮފިޝަލުން ގާތު ވިދާޅުވި ކަމަށް ޖިއުލިއާނީ ވަނީ ގައުމީ ޓީވީގައި އެއްބަސްވެވަޑައިގެންފައި ކަމަށެވެ.
ކޮންގްރެސް ޑިމޮކްރެޓުންނަށް، ދެންވާނީ ކިހިނެއް؟
މިއީ ޒުވާން ޖީލާ ގައުމު ހަވާލުކުރަންވީ ވަގުތު: ރޮމްނީ
ޓްރަމްޕަށް ދައުވާ ކުރަން ލަފާ ދީފި
ރިއާސީ އިންތިޚާބަށް ކުރިމަތިލާނަން: ޓްރަމްޕު
ކެޕިޓޯލް މުޒާހަރާގައި ބައިވެރިވާން ޓްރަމްޕު އުޅުއްވި
ޓްރަމްޕަށް ދައުވާ ކުރެވޭ ވަރަށް ހެކި އެބަހުރި: ކޮމިޓީ
ސީއީއޯގެ މަގާމު ހޯދަން ކޮންގްރެސް އިން އިސްތިއުފާދެނީ
"ތާލިބާނުންނަށް ޓުވީޓް ކުރެވޭ، އަހަންނަކަށް ނުކުރެވޭ"
ކޮންގްރެސްގެ ރިޕަބްލިކަން މެންބަރަކަށް އަދަބުދީފި
ކޮންގްރެސްގެ ހަމަނުޖެހުމަށް ފަހު މެމްބަރުންނަށް ކޮވިޑް