Roadha Mihaaru
މިޑްޓާމް އިންތިޚާބު: ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުންނަށް

އެމެރިކާގެ މިޑްޓާމް އިންތިޚާބު: ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުންނަށް

07 ނޮވެމްބަރ 2018

ވޮޝިންޓަން (ނޮވެމްބަރު 7) - އެމެރިކާގެ މިޓް-ޓާމް އިންތިޚާބުގައި ހައުސް އޮފް ރިޕްރެޒެންޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީން ހޯދުމާ އެކު ރައީސް ޑޮނަލްޑް ޓަރްމްޕަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވާނެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ނޮވެމްބަރު 7) - އެމެރިކާގެ މިޓް-ޓާމް އިންތިޚާބުގައި ހައުސް އޮފް ރިޕްރެޒެންޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީން ހޯދުމާ އެކު ރައީސް ޑޮނަލްޑް ޓަރްމްޕަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވާނެ އެވެ.

ކޮންގްރެސްގެ ދަށު ގޭގެ ކޮންޓްރޯލް، އަށް އަހަރުތެރޭ ފުރަތަމަ ފަހަރަށް ޑިމޮކްރެޓުން ނެގުމަކީ ޓްރަމްޕުގެ އެޖެންޑާ ހުއްޓުވުމަށް ޑިމޮކްރެޓުންނަށް ލިބިގެންދާނެ ކާމިޔާބެކެވެ. އެކަމަކު ސެނެޓުގެ އަޣުލަބިއްޔަތު ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީން ވަނީ ދަހައްޓައިފަ އެވެ.

ފްލޮރިޑާގެ ޑިމޮކްރެޓިކް ކެންޑިޑޭޓުގެ ސަޕޯޓަރުން އުފާ ފާޅުކުރަނީ. --ފޮޓޯ:އޭއެފްޕީ

ފްލޮރިޑާގެ ޑިމޮކްރެޓިކް ކެންޑިޑޭޓުގެ ސަޕޯޓަރުން އުފާ ފާޅުކުރަނީ. --ފޮޓޯ:އޭއެފްޕީ

ތަޖްރިބާކާރުން ބުނާ ގޮތުގައި އަންގާރަ ދުވަހު ބޭއްވި އިންތިޚާބަކީ ޓްރަމްޕުގެ މަގްބޫލްކަން ހުރި މިންވަރުގެ ޓެސްޓެކެވެ. ޓްރަމްޕް ގެންދަވަނީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ޑިމޮކްރެޓިކުންނަށް މި ލިބުނު ކާމިޔާބީއާ ގުޅިގެން ޓްރަމްޕް ސަރުކާރުން ހިންގާ، ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވާ، ބައެއް ކަންކަން ހުއްޓުވޭނެ އެވެ.

ކޮންގްރެސް އަށް އިންތިޚާބުވި އެންމެ ޒުވާން މެންބަރަކީ އުމުރުން 29 އަހަރުގެ ނިއު ޔޯކް ޑިމޮކްރެޓިކް މެންބަރެއް ކަމަށްވާ އެލެގްޒެންޑާ އޮކާސިއޯ-ކޯޓޭޒް އެވެ.

ކޮންގްރެސް އަށް އިންތިޚާބުވި އެންމެ ޒުވާން އަންހެން މެންބަރު ކޯޓޭޒް. --ފޮޓޯ:އޭއެފްޕީ

ކޮންގްރެސް އަށް އިންތިޚާބުވި އެންމެ ޒުވާން އަންހެން މެންބަރު ކޯޓޭޒް. --ފޮޓޯ:އޭއެފްޕީ

ކޮންގްރެސްގެ މަތީ ގޭގެ މެޖޯރިޓީ ރިޕަބްލިކަނުން ކޮންޓްރޯލް ކޮށްފައި ވަނީ 51-49 އިންނެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގައި 2012 ވަނަ އަހަރު ވާދަކުރެއްވި ރިޕަބްލިކަން ކެންޑިޑޭޓް މިޓް ރޮމްނީ ވަނީ ސެނެޓަށް އިންތިޚާބުވެވަޑައިގެންފަ އެވެ.

މިޑް-ޓާމް އިންތިޚާބުގައި ވަނީ 50 ސްޓޭޓުގެ ތެރޭން 36 ސްޓޭޓަށް ގަވަރުނަރުން ވެސް ހޮވައިފަ އެވެ.