13 ޑިސެމްބަރ 2017
މީގެ ކުރިން އެމެރިކާގެ ސެނެޓް ގޮނޑިއެއްގެ އިންތިހާބަކަށް ނުލިބޭ ވަރުގެ ސަމާލުކަމެއް ދުނިޔޭގެ މީޑިއާ އިން ވެސް ހުއްޓުނު އެމެރިކާގެ އަލަބާމާ ސްޓޭޓްގެ އިންތިހާބު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޑަގް ޖޯންސް މިއަދު ކާމިޔާބުކުރައްވައިފި ކަމަށް، ސީއެންއެން އިން ބުނެފި އެވެ.
މީގެ ކުރިން އެމެރިކާގެ ސެނެޓް ގޮނޑިއެއްގެ އިންތިހާބަކަށް ނުލިބޭ ވަރުގެ ސަމާލުކަމެއް ދުނިޔޭގެ މީޑިއާ އިން ވެސް ހުއްޓުނު އެމެރިކާގެ އަލަބާމާ ސްޓޭޓްގެ އިންތިހާބު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޑަގް ޖޯންސް މިއަދު ކާމިޔާބުކުރައްވައިފި ކަމަށް، ސީއެންއެން އިން ބުނެފި އެވެ.
މިއީ، އެމެރިކާގެ މީޑިއާތަކުން ފާހަގަކުރާ ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. އަދި ސެނެޓްގައި ރިޕަބްލިކަން ޕާޓީގެ އޮތް ކުޑަކުޑަ މެޖޯރިޓީއަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.
ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރެއްވި ރޯއީ މޯ މި އިންތިހާބުގައި ހަމައެކަނި ބަލިވީކީ ނޫނެވެ. މިއީ މިދިއަ 20 އަހަރުގެ ތެރޭގައި އަލަބާމާގެ ސެނެޓް ގޮނޑިއެއް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކަށް ލިބުނު ފުރަތަމަ ފަހަރު ވެސް މެ ވެ. ސެނެޓްގެ މެޖޯރިޓީ ވަރުގަދަކުރާށާއި ރައީސް ޓްރަމްޕް ގެންގުޅުއްވާ "ފުރަތަމަ އެމެރިކާ"ގެ ސިޔާސަތު ހަރުދަނާކުރަން ކޮންމެހެން ވެސް އަލަބާމާގެ އެ ގޮނޑި ބޭނުންވާ ކަމަށް ވިދާޅުވެ ކިތައްމެ ގިނަ ވާހަކަތަކަކާއި ޒާތީ ޓްވީޓްތައް ކުރެއްވިޔަސް، އެ ސްޓޭޓްގެ ގިނަ ރައްޔިތުން ދިނީ ބީރު ކަންފަތެކެވެ.
އެމެރިކާގެ މީޑިއާތަކުގެ ލަފާކުރުން ޖޯންސް ކޮޅަށް ބުރަވިޔަސް، މޯ އަދި ހުންނެވީ ބަލި ގަބޫލުކުރައްވާ ގޮތަކަށް ނޫނެވެ. އިންތިހާބުގެ ކުރިން އޭނާއާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ އެތައް ތުހުމަތެއް އެޅުނު ކެންޑިޑޭޓް ވިދާޅުވަނީ "އިންތިހާބު އަދި ނުނިމޭ" ކަމަށެވެ.
މޯއާ ދެކޮޅަށް ނުކުތް ބައެއް އަންހެނުން ތުހުމަތުކުރާ ގޮތުގައި އެ މީހުންގެ ފުރާއުމުރުގައި ގަދަކަމުން ޖިންސީ ގުޅުން ހިންގަވަން މޯ ވަނީ މަސައްކަތްކުރައްވައިފަ އެވެ. އެކަމަކު ހުރިހާ ކަމެއްގައި ވެސް ނަސާރާ ދީން އިސްކުރައްވަމުން ގެންދަވާ މޯ ސުވާލު އުފެއްދެވީ މި އޮތް ހުރިހާ ދުވަހު އެ ވާހަކަތައް ނުދައްކާ އެ އަންހެނުން މަޑުން ތިބީ ކީއްވެގެންތޯ އެވެ.
އިންތިހާބުގެ ކެމްޕޭން ކުރިއަށް ދިޔައީ އެ ތުހުމަތުތަކާއި އެމެރިކާގެ ސިޔާސީ މަސްރަހުގައި މިހާރު އުފެދިފައި އޮތް ދެ ބައިވުން ވަރަށް ބޮޑަށް ފެންނަ ގޮތަށެވެ.
ޓްރަމްޕް ވަރަށް ފާޅުގައި ޖޯންސަށް ފާޑުވިދާޅުވި އެވެ. އެގޮތުން ސެނެޓް ގޮނޑި އޭނާއަށް ލިބިވަޑައިގެންފި ނަމަ އޭނާ ވާނީ ސެނެޓްގައި ޑިމޮކްރެޓިކް ޕާޓީން ތިއްބަވާ އިސް މެމްބަރުންގެ ޕަޕަޓަކަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި 1990 އިން ފެށިގެން ރިޕަބްލިކަން ޕާޓީން ކޮންޓްރޯލްކުރަމުން އައި ސްޓޭޓެއްގެ ސެނެޓް ގޮނޑި ޑިމޮކްރެޓިކް ޕާޓީއަށް ލިބުމަކީ، ޓްރަމްޕާއި، ސެނެޓްގައި ރިޕަބްލިކަން ޕާޓީއަށް ލިބޭނެ ވަރަށް ބޮޑު ލަދުވެތިކަމެކެވެ.
އަލަބާމާގެ އިންތިހާބާ އެކު 100 މެމްބަރުންގެ ސެނެޓްގައި ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ 51-49 އަށް ވެއްޓޭނެ އެވެ. އެމެރިކާއަށް ބޭނުންވާ މުހިންމު ބިލްތައް ސެނެޓުން ފާސްނުވެ ގާނޫނަކަށް ނުހެދެ އެވެ.
"އަހަރެން މި ހުރީ ބުނާނެ އެއްޗެއް ނޭނގިފައި،" ޖޯންސް ވިދާޅުވި އެވެ.
"ހަމައެކަނި މި ސްޓޭޓަކުން އެކަންޏެއް ނޫން މުޅި ގައުމަށް ވެސް މި ދައްކައިދިނީ އަހަރެމެންނަށް އެއްބައިވަންތަކަން ކުރިއަށް ގެންދެވިދާނެކަން."
ޖޯންސް މޮޅުވުމާ އެކު ޓްރަމްޕް ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފަ އެވެ.
އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ޖޯންސްއަށް ކާމިޔާބުކުރެއްވުނީ ކަޅު ނަސްލުގެ ގިނަ އަދަދެއްގެ މީހުން ވޯޓު ލާން ނުކުތުމުންނެވެ.
މޯގެ ހަރުކަށި ސިޔާސަތު އަމާޒުވަނީ ހަމައެކަނި އެމެރިކާގެ ހުޅުވިފައިވާ މުޖުތަމައުގައި ހުރި ކަންކަމަށް އެކަންޏެއް ނޫނެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ކޮންގްރެސްގެ އެއްވެސް ގޮނޑިއަކަށް މުސްލިމަކު ހޮވައިގެން ނުވާނެ އެވެ.
މިއީ ޒުވާން ޖީލާ ގައުމު ހަވާލުކުރަންވީ ވަގުތު: ރޮމްނީ
ރިއާސީ އިންތިޚާބަށް ކުރިމަތިލާނަން: ޓްރަމްޕު
އެމެރިކާގެ ޑިމޮކްރެސީ އޮތީ ނުރައްކަލުގެ ތެރޭގައި
ޓްރަމްޕު ހެކިބަސް ދެއްވުމަށް އަމުރެއް ނެރެފި
ޓްރަމްޕްގެ ރުޅިގަނޑު އަނެއްކާވެސް ފަޅައިގެން ހިނގައްޖެ
ސްޓާބަކްސްގެ ކުރީގެ ސީއީއޯ އެމެެރިކާގެ ރައީސް ކަމަށް
ކޮންގްރެސް ޑިމޮކްރެޓުންނަށް، ދެންވާނީ ކިހިނެއް؟
މިޑްޓާމް އިންތިޚާބު: ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުންނަށް
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް
ޓްރަމްޕަށް ކުރި ދައުވާއެއް އަނބުރާ ގެންދަނީ