03 އޯގަސްޓް 2016
ވޮޝިންޓަން (އޮގަސްޓް 3) - އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ދޭނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަނަށް ކަމަށް ރިޕަބްލިކަން ޕާޓީގެ ފަރާތުން ކޮންގްރެސްގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ފާޅުގައި ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (އޮގަސްޓް 3) - އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ދޭނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަނަށް ކަމަށް ރިޕަބްލިކަން ޕާޓީގެ ފަރާތުން ކޮންގްރެސްގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ފާޅުގައި ވިދާޅުވެއްޖެ އެވެ.
ކޮންގްރެސްގައި ތިން ދައުރު ފުރިހަމަ ކުރައްވާ ރިޗަޑް ހަންނާ އަކީ ހިލަރީ އަށް ވޯޓު ދޭނެ ކަމަށް ވިދާޅުވި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މެންބަރު ވެސް މެ އެވެ.
"ހިލަރީ ކްލިންޓަނާ ވަރަށް ގިނަ ކަންކަމުގައި އަޅުގަނޑު ޚިޔާލު ތަފާތު. އެކަމަކު ނޮވެމްބަރު 8 ވަނަ ދުވަހުގެ އިންތިޚާބުގައި އަޅުގަނޑު ވޯޓު ދޭނީ އެކަމަނާ އަށް،" ނިއު ޔޯކުގެ ނިއުސް ވެބްސައިޓެއް މެދުވެރި ކުރައްވާ ހަންނާ ވިދާޅުވި އެވެ.
ހަންނާ އިތުރަށް ވިދާޅުވީ ކުރީގެ ޚާރިޖީ ވަޒީރު އަދި ކުރީގެ ފަސްޓް ލޭޑީއާ ޚިޔާލު ތަފާތުވާ ކަންކަން ހުރި ނަމަވެސް އެކަމަނާއާ ޚިޔާލު އެއްގޮތް ކަންކަން ވެސް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ތައުލީމު ފުޅާކުރުމާއި އަންހެނުންގެ ސިއްހަތަށް ދެއްވާ އިސްކަން ހިމެނެ އެވެ.
ކޮންގްރެސްގެ ރިޕަބްލިކަން މެންބަރު ރިޗަޑް ހަންނާ ވާހަކަ ދައްކަވަނީ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ކޮންގްރެސްގައި ނިއު ޔޯކް ތަމްސީލް ކުރައްވާ ހަންނާ ވިދާޅުވީ ހިލަރީ އަށް ވޯޓު ދިނުމަށް އޭނާ ނިންމެވީ އިރާގު ހަނގުރާމައިގައި މަރުވި އެމެރިކާގެ މުސްލިމް ސިފައިންގެ މީހާގެ މައިންބަފައިންނާ ބެހޭ ގޮތުން ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ފަހު ކަމަށެވެ. އަދި ހިލަރީ އަށް ތާއީދު ކުރުމަށް ވިސްނަވާތާ ދުވަސްކޮޅެއްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަންނާ ވަނީ ޑިސެމްބަރު މަހު އޭނާގެ ޓާމް ހަމަވުމުން ރިޓަޔާ ކުރައްވަން ނިންމަވައިފަ އެވެ.
ކޮންގްރެސްގެ މެންބަރުންގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ވަރަށް ސީނިއާ ބޭފުޅުން ވެސް ދަނީ ޓްރަމްޕާ ދެކޮޅު ހައްދަވަމުންނެވެ. އޭގެ ތެރޭގައި 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ރައީސް އޮބާމާއާ ދެކޮޅަށް ވާދަ ކުރެއްވި ޖޯން މެކްކޭން އާއި 2012 ވަނަ އަހަރު އޮބާމާއާ ވާދަ ކުރެއްވި މިޓް ރޮމްނީ އާއި ޕްރައިމަރީގައި ޓްރަމްޕާ ވާދަ ކުރެއްވި ފްލޮރިޑާގެ ކުރީގެ ގަވަރުނަރު ޖެބް ބުޝް އާއި އޮހާޔޯގެ ގަވަރުނަރު އަދި ޕްރައިމަރީގައި ޓްރަމްޕާ ވާދަކުރެއްވި ޖޯން ކެއިސިކް ހިމެނިވަޑައިގަންނަވަ އެވެ.
މި ބޭފުޅުންގެ އިތުރުން ޓްރަމްޕަށް ވޯޓު ނުލައްވާނެ ކަމަށް ވިދާޅުވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ފަސްޓް ލޭޑީ ބާބަރާ ބުޝް، ކުރީގެ ދިފާއީ ވަޒީރު ވިލިއަމް ކޯއެން، އެރިޒޯނާގެ ސެނެޓާ ޖެފް ފްލޭކް، ސައުތު ކެރޮލީނާގެ ސެނޭޓާ އަދި ޕްރައިމަރީގައި ޓްރަމްޕާ ވާދަކުރެއްވި ލިންޑްސޭ ގްރެހަމް، މެރީލެންޑުގެ ގަވަރުނަރު ލެރީ ހޮގަން، އިލިނޮއިސްގެ ސެނޭޓާ މާކް ކިރްކު، ފްލޮރިޑާގެ ކޮންގްރެސް މެންބަރު އެލީނާ ރޮސް-ލެޓިނެން އަދި ނެބްރެސްކާގެ ސެނޭޓާ ބެން ސެސީ ހިމެނެ އެވެ.
ހަންނާގެ އިތުރުން ހިލަރީ އަށް ވޯޓު ދޭނެ ރިޕަބްލިކަން މެންބަރުންގެ ތެރޭގައި ޚާރިޖީ ވަޒީރުގެ ކުރީގެ ނައިބް ރިޗަޑް އާމިޓޭޖް، ކުރީގެ ޓްރެޝަރީ ސެކްރެޓަރީ ހޭންކް ޕޯލްސަން، ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ބްރެންޓް ސްކޯކްރޮފްޓް އަދި ޕާޓީ އަށް ޚަރަދު ކުރައްވާ މެގު ވިޓްމަން ހިމެނެ އެވެ.
ކޮންގްރެސް ޑިމޮކްރެޓުންނަށް، ދެންވާނީ ކިހިނެއް؟
ރަޝިޔާގެ ހެކްކުރުން އެމެރިކާގެ 21 ސްޓޭޓަކަށް
ހިލަރީގެ މައްސަލަ ނުބަލާ ޓްރަމްޕުގެ ތަހުގީގު ހިންގާތީ ކޯފާވެއްޖެ
އިންތިިޚާބުގައި ނާކާމިޔާބުވީ ދެ މީހެއްގެ ސަބަބުން: ހިލަރީ
ނާކާމިޔާބުވިޔަސް ނަތީޖާގެ ފަރަގު އެންމެ ބޮޑުކުރީ ހިލަރީ
ރަޝިޔާ އިން ވަނީ ޓްރަމްޕް ޕްރޮމޯޓް ކުރަން މަސައްކަތްކޮށްފައި
މިޝިގަންގެ ވޯޓާ އެކު ޓްރަމްޕް އިތުރަށް ކުރިއަށް
ވޯޓު އަލުން ގުނަން އުޅޭތީ ޓްރަމްޕް ކޯފާވެއްޖެ
ވިސްކޮންސިންގެ ވޯޓު އަލުން ގުނަން ހުށަހަޅައިފި
ޓްރަމްޕަށް ވުރެ ހިލަރީ ދެ މިލިއަން ވޯޓު ކުރީގައި