27 ނޮވެމްބަރ 2016
ނިއު ޔޯކް (ނޮވެމްބަރު 27) - އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ވޯޓު ހެކްކޮށްފައިވާ ކަމަށް ތުުހުމަތުކޮށް ތިން ސްޓޭޓެއްގެ ވޯޓު އަލުން ގުނަން އުޅޭތީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ފާޑު ވިދާޅުވެއްޖެ އެވެ.
ނިއު ޔޯކް (ނޮވެމްބަރު 27) - އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ވޯޓު ހެކްކޮށްފައިވާ ކަމަށް ތުުހުމަތުކޮށް ތިން ސްޓޭޓެއްގެ ވޯޓު އަލުން ގުނަން އުޅޭތީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ފާޑު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ ހިލަރީ ކްލިންޓަން ވަނީ މާކުރިން ބަލި ގަބޫލްކޮށްފައި ކަމަށާއި އިންތިޚާބުގެ ހުރިހާ ކަމެއް ނިމިފައިވާ އިރު ވޯޓު އަލުން ގުނަން އުޅުމަކީ ހީލަތްތެރި ރޭވުމެއް ކަމަށެވެ.
ވޯޓުގެ އެއް ޕަސެންޓް ވެސް ނުލިބޭ ގްރީން ޕާޓީގެ ކެންޑިޑޭޓް ޖިލް ސްޓެއިން އިސްވެ ހުންނަވާ ވޯޓު ގުނަން އުޅުމުގެ ހަމައެކަނި ބޭނުމަކީ ފަންޑް ރެއިޒް ކުރުން ކަމަށް ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ. އަދި އެކަމުގައި ނާކާމިޔާބުވި ޑިމޮކްރެޓިކުން ވެސް ބައިވެރިވެފައިވާ ކަމަށް ޓްރަމްޕް ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ވޯޓުގައި މައްސަލަ އުޅޭ ކަމަށް ތުހުމަތުކޮށްފައިވާ ވިސްކޮންސިންގެ ވޯޓު ގުނުމަށް ސްޓެއިން މިހާރު ވެސް ވަނީ ފަސް މިލިއަން ޑޮލަރު ހަމަކޮށްފަ އެވެ. އެ ސިޓީގެ ވޯޓު މި ހަފުތާގައި ގުނަން ފަށާނެ ކަމަށް ލަފާކުރެވ އެވެ.
ގްރީން ޕާޓީގެ ކެންޑިޑޭޓް ޖިލް ސްޓެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ޓްރަމްޕް ވިދާޅުވެފައި ވަނީ އިންތިޚާބު ވަނީ ނިމިފައި ކަމަށާއި ރައްޔިތުންގެ ބަސް އިއްވައިފި ކަމަށެވެ. އަދި ހިލަރީ ކްލިންޓަން އަމިއްލަ އަށް އޭނާ އަށް ގުޅުއްވާ ބަލި ގަބޫލްކޮށް، ނަތީޖާ ވެސް ގަބޫލްކޮށްފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ އަށް ގޮންޖެހުމުގެ ބަދަލުގައި އެ ނަތީޖާ އަށް އިހްތިރާމް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ވިސްކޮންސިންގެ ވޯޓު އަލުން ގުނުމަށް ހުށަހެޅުމުގެ ސުންގަޑި ވަނީ ހުކުރު ދުވަހަށް ހަމަވެފަ އެވެ. ޕެންސިލްވޭނިއާގެ ސުންގަޑިއަކީ ހޯމަ އެވެ. އަދި މިޝިގަންގެ ވޯޓު އަލުން ގުނަން ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ ބުދަ ދުވަހު އެވެ. ވިސްކޮންސިންގެ ވޯޓު އަލުން ގުނުމުގައި ބައިވެރިވާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީން ވެސް ވަނީ ބުނެފަ އެވެ.
ވިސްކޮންސިންގެ 10 އިލެކްޓޯރަލް ވޯޓު އެކަނި ލިބުނު ނަމަވެސް ޓްރަމްޕުގެ މައްޗަށް ހިލަރީ ކްލިންޓަނަށް ކުރި ނުހޯއްދެވޭނެ އެވެ. ނަމަވެސް މިޝިގަންގެ 16 އިލެކްޓޯރަލް ވޯޓާއި ޕެންސިލްވޭނިއާގެ 20 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފި ނަމަ ޑިމޮކްރެޓިކް ކެންޑިޑޭޓް ކޮޅަށް ނަތީޖާ ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވި ޓްރަމްޕާއި ހިލަރީ. --ފޮޓޯ:އޭއެފްޕީ
ވޯޓުގައި އޮޅުންތަކެއް ކުރި ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ ވޯޓު އަލުން ގުނުމަށް ލަފާދީފައި ވަނީ ކޮމްޕިއުޓާ ސައެންސްވެރިންނެވެ. ސައެންސްވެރިން ލަފާކޮށްފައިވާ ގޮތުގައި މި ތިން ސްޓޭޓުގެ އިލެކްޓްރޯނިކް ވޯޓު ހެކްކޮށްފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ސަބަބަކީ ވޯޓު ކަރުދާސް ބޭނުންކޮށްގެން ހިލަރީ އަށް ލާފައިވާ ވޯޓާއި އީ-ވޯޓިންގައި ބޮޑު ފަރަގެއް އުޅޭތީ އެވެ.
ރިޔާސީ އިންތިޚާބުގައި ގިނަ ބަޔަކު ވޯޓުލީ ހިލަރީ އަށް ކަމަށް ވިޔަސް ޓްރަމްޕް ހޮވިވަޑައިގެންނެވީ އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ. ޓްރަމްޕަށް 290 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވި އިރު ހިލަރީ އަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ވޯޓެވެ. މިޝިގަންގެ ނަތީޖާ މުޅިން ނުނިމޭތީ އެ ސްޓޭޓުގެ 16 އިލެކްޓޯރަލް ވޯޓު ލިބޭ ފަރާތެއް އަދި ކަނޑަނާޅަ އެވެ. އިންތިޚާބުގެ ބޭއްވިތާ ދެ ހަފުތާ ފަހުން އަދިވެސް ބައެއް ވޯޓު ގުނަމުންދާ އިރު ހިލަރީ ވަނީ ޓްރަމްޕަށް ވުރެ އިތުރަށް ދެ މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. މިހާތަނަށް 64.2 މިލިއަން ވޯޓު ވަނީ ހިލަރީ އަށް ލިބިވަޑައިގެންފައިވެ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 62.2 މިލިއަން ވޯޓެވެ.
ހިލަރީގެ މައްސަލަ ނުބަލާ ޓްރަމްޕުގެ ތަހުގީގު ހިންގާތީ ކޯފާވެއްޖެ
އިންތިިޚާބުގައި ނާކާމިޔާބުވީ ދެ މީހެއްގެ ސަބަބުން: ހިލަރީ
ނާކާމިޔާބުވިޔަސް ނަތީޖާގެ ފަރަގު އެންމެ ބޮޑުކުރީ ހިލަރީ
ރަޝިޔާ އިން ވަނީ ޓްރަމްޕް ޕްރޮމޯޓް ކުރަން މަސައްކަތްކޮށްފައި
މިޝިގަންގެ ވޯޓާ އެކު ޓްރަމްޕް އިތުރަށް ކުރިއަށް
އެތައް މިލިއަން ބަޔަކު ވަނީ ވަގަށް ވޯޓު ދީފައި
ވިސްކޮންސިންގެ ވޯޓު އަލުން ގުނަން ހުށަހަޅައިފި
ޓްރަމްޕަށް ވުރެ ހިލަރީ ދެ މިލިއަން ވޯޓު ކުރީގައި
ޓްރަމްޕް ސަރުކާރުން ހިލަރީ ޖަލަކަށް ނުލާނެ
ނާކާމިޔާބުވުމުން ވަރަށް ބޮޑަށް މާޔޫސްވި: ހިލަރީ