23 ނޮވެމްބަރ 2016
ނިއު ޔޯކް (ނޮވެމްބަރު 23) - ހިލަރީ ކްލިންޓަން ޖަލަށް ލާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް ޓްރަމްޕުގެ ސަރުކާރުން ހިލަރީގެ އީމެއިލް މައްސަލައިގެ އާ ތަހުގީގެއްކޮށް އެކަމަނާ ޖަލަށް ނުލާނެެ ކަމަށް ޓްރަމްޕުގެ ތަރުޖަމާން ވިދާޅުވެއްޖެ އެވެ.
ނިއު ޔޯކް (ނޮވެމްބަރު 23) - ހިލަރީ ކްލިންޓަން ޖަލަށް ލާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް ޓްރަމްޕުގެ ސަރުކާރުން ހިލަރީގެ އީމެއިލް މައްސަލައިގެ އާ ތަހުގީގެއްކޮށް އެކަމަނާ ޖަލަށް ނުލާނެެ ކަމަށް ޓްރަމްޕުގެ ތަރުޖަމާން ވިދާޅުވެއްޖެ އެވެ.
ޚާރިޖީ ވަޒީރުކަމުގައި ހިލަރީ ހުންނެވި ދުވަސްވަރު އަމިއްލަ އީމެއިލް ސާވާ ބޭނުންކުރި މައްސަލަ ބެލުމަށް ޚާއްސަ ޕްރޮސެކިއުޓަރަކު އައްޔަން ކުރައްވާނެ ކަމަށް ރިޔާސީ ބަހުސްގައި ޓްރަމްޕް ވިދާޅުވި ނަމަވެސް އެކަން ވެސް ނުކުރައްވާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. ޓްރަމްޕް ވެސް ކުރެއްވި ޓްވީޓެއްގައި ވަނީ ހިލަރީގެ މައްސަލައިގެ ތަހުގީގު އެޖެންޑާ އިން ނުނެގި ނަމަވެސް "ހިލަރީގެ އާއިލާ އަށް އިތުރު ހިތްދަތިކަމެއް" ދޭން ބޭނުން ނުވާ ކަމަށެވެ.
އަމިއްލަ އީމެއިލް ސާވާ ބޭނުންކޮށްގެން ރަސްމީ މުއާމަލާތްތައް ކުރި މައްސަލަ އެފްބީއައި އިން ބެލުމަށް ފަހު ދައުވާ ކުރަން ފޮނުވާވަރުގެ ކަމެއް ނެތް ކަމަށް ވަނީ ނިންމައިފަ އެވެ.
އެމްއެސްއެންބީސީއާ ވާހަކަ ދައްކަވަމުން ޓްރަމްޕުގެ ސީނިއާ އެޑްވައިޒަރު ކެލިއާން ކޮންވޭ ވިދާޅުވީ ހިލަރީގެ އާއިލާ އަށް އިތުރު ގެއްލުމެއް ދޭން ބޭނުން ނުވާ ކަމަށް، ޓްރަމްޕް ހުވާ ކުރުމުގެ ކުރިން ވިދާޅުވުމަކީ ދެއްވި ހެޔޮ މެސެޖެއް ކަމަށެވެ.
ޑޮނަލްޑް ޓްރްމްޕާއި ހިލަރީ. --ފޮޓޯ:އޭއެފްޕީ
ހިލަރީގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ވިދާޅުވުމުން ޑިމޮކްރެޓިކުން ވެސް ވަނީ ޓްރަމްޕަށް ފާޑު ކިޔައިފަ އެވެ. އެމެރިކާގެ ޑިމޮކްރެޓިކް ސެނޭޓަރެއް ކަމަށްވާ ކްރިސް މާފީ ވިދާޅުވީ އެމެރިކާގައި އޮންނަ ޑިމޮކްރެސީގައި ދައުވާ ކުރާނެ މީހާ އާއި ނުކުރާނެ މީހާ ނިންމުމަކީ ރައީސް ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ރިޔާސީ ދެ ވަނަ ބަހުސްގައި ޓްރަމްޕް ވިދާޅުވި ގޮތަށް ހިލަރީގެ މައްޗަށް ދައުވާ ކޮށްފި ނަމަ އޭނާ ވާނީ ފަހުގެ ތާރީޚެއްގައި، ވާދަވެރި ސިޔާސީ މީހެއްގެ މައްޗަށް ދައުވާ ކރަން އެޓާނީ ޖެނެރަލް އަށް އަންގާ އެމެރިކާގެ ފުރަތަމަ ރައީސް އަށެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލާން 11 ދުވަހަށްވެފައި ވަނިކޮށް އެފްބީއައިގެ ޑިރެކްޓާ ޖޭމްސް ކޯމޭ ވަނީ ހިލަރީގެ އާ މައްސަލައެއް ބަލަމުންދާ ކަމަށް ކޮންގްރެސް އަށް އަންގައިފަ އެވެ. ނަމަވެސް ވޯޓުލާން ދެ ދުވަހަށްވެފައި ވަނިކޮށް އެފްބީއައި އިން ވަނީ އެ މައްސަލައިގައި ހިލަރީގެ ކުށެއް ނެތް ކަމަށް ބުނެފަ އެވެ.
އިންތިޚާބުގެ ނާކާމިޔާބީ އަށް ފަހު، އެހީދިން ފަރާތްތަކަށް ޝުކުރު އަދާކުރަން ބޭއްވި ބައްދަލުވުމެއްގައި ހިލަރީ ވަނީ އިންތިޚާބު ގެއްލުނީ އެންމެ ފަހު ވަގުތު އެފްބީއައި އިން ކަންތައް ކުރި ގޮތުން ކަމަށް ފޯނު މެދުވެރިކޮށް ވިދާޅުވެފަ އެވެ.
ސީބީއެސް ނިއުސް އަށް ޓްރަމްޕް ދެއްވި އިންޓަވިއުއެއްގައި ވެސް ވަނީ ހިލަރީގެ މައްސަލަ ބަލާ އެކަމައިގެން ކުރިއަށް ވަޑައިނުގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.
މިޝިގަންގެ ވޯޓާ އެކު ޓްރަމްޕް އިތުރަށް ކުރިއަށް
ވިސްކޮންސިންގެ ވޯޓު އަލުން ގުނަން ހުށަހަޅައިފި
ޓްރަމްޕަށް ވުރެ ހިލަރީ ދެ މިލިއަން ވޯޓު ކުރީގައި
ނާކާމިޔާބުވުމުން ވަރަށް ބޮޑަށް މާޔޫސްވި: ހިލަރީ
އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އުވާލަން ހުށަހަޅައިފި
ޓްރަމްޕަށް ވޯޓު ދިން އަންހެނުން ވެސް މަދެއް ނޫން
ގިނަ މީހުން ވޯޓުލީ ހިލަރީ އަށް، ހޮވުނީ ޓްރަމްޕް
ޓްރަމްޕަށް ގައުމު ހިންގަން ފުރުސަތު ދޭން ޖެހޭ: ހިލަރީ
ޓްރްމްޕުގެ ކާމިޔާބީއާ އެކު ފަލަސްތީނުގެ ކަންތައް ނިމުނީ
ވޯޓު ގުނަން ފަށައިފި، މިހާތަނަށް ކުރީގައި ޓްރަމްޕް