10 ނޮވެމްބަރ 2016
ނިއު ޔޯކް (ނޮވެމްބަރު 9) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ކުރި ޑޮނަލްޑް ޓްރަމްޕަށް ވެސް ގައުމު ހިންގުމުގެ ފުރުސަތު ދިނުމަށް ނާކާމިޔާބުވި ކެންޑިޑޭޓް ހިލަރީ ކްލިންޓަން އެދިވަޑައިގެންފި އެވެ.
ނިއު ޔޯކް (ނޮވެމްބަރު 9) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ކުރި ޑޮނަލްޑް ޓްރަމްޕަށް ވެސް ގައުމު ހިންގުމުގެ ފުރުސަތު ދިނުމަށް ނާކާމިޔާބުވި ކެންޑިޑޭޓް ހިލަރީ ކްލިންޓަން އެދިވަޑައިގެންފި އެވެ.
އިންތިޚާބުގެ ނަތީޖާ އަށް ފަހު ސަޕޯޓަރުންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވާ ހިލަރީ ވިދާޅުވީ ޓްރަމްޕަކީ އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ވެސް ކާމިޔާބު ރައީސް އަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެކަމަނާ ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ހިލަރީ ވަނީ ނަތީޖާ އިއުލާންކޮށް ނުނިމެނީސް ނާކާމިޔާބީ ގަބޫޫލް ކުރައްވާ ޓްރަމްޕަށް މަރުހަބާ ވިދާޅުވެފަ އެވެ.
"މި އިންތިޚާބު ކާމިޔާބު ނުކުރެވުނީތީ ސަޕޯޓަރުންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދެން. އެކަމަކު އަޅުގަނޑު އެދެނީ ޓްރަމްޕަށް ވެރިކަން ކުރުމުގެ ފުރުސަތު ޑިމޮކްރެޓުން ދޭން. އަޅުގަނޑު ވެސް ވާނީ ޓްރަމްޕާ ގުޅިގެން މަސައްކަތް ކުރުމަށް ދަންނަވާފައި،" ނިއު ޔޯކުގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވާ އަސަރާ އެކު ހިލަރީ ވިދާޅުވި އެވެ.
ހިލަރީ ކްލިންޓަން ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ދެހާސް އަށް ވަނަ އަހަރުގެ ޑިމޮކްރެޓިކް ޕްރައިމަރީގައި ރައީސް ބަރަކް އޮބާމާއާ ވާދަކުރައްވާ ނާކާމިޔާބުވުމުން ދެއްވި ތަގްރީރަށް އިޝާރާތް ކުރައްވާ ހިލަރީ ވަނީ "މިއަދު މަންޒަރު ބަލަން ތިިބި ހުރިހާ ޅަ އަންހެން ކުދިން ވެސް އެ މީހުންނަށް ފުރުސަތު ގެއްލުނީ ކަމަށް ނުބެލުމަށް" އެދިވަޑައިގެންފަ އެވެ.
ހިލަރީގެ ރަނިން މޭޓް ޓިމް ކޭން ވިދާޅުވީ ކުރީގެ ފަސްޓް ލޭޑީ ވަނީ ތާރީޚުން ޖާގަ ހޯއްދަވާފައި ކަަމަށާއި މިހާ މައްޗަށް ވަޑައިގަތުމަށް އެކަމަނާ ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.
ރައީސް އޮބާމާ ވެސް ވަނީ ޓްރަމްޕަށް ގުޅުއްވާ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ދެބޭފުޅުންގެ ޚިޔާލުތަފާތުވާ ކަންކަން ހުރި ނަމަވެސް އެންމެން ވެސް ބޭނުން ވަނީ ގައުމަށް އެންމެ ރަނގަޅަށް މަސައްކަތް ކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް ރައްޔިތުންގެ ގިނަ މީހުން ވޯޓު ދީފައި ވަނީ ހިލަރީ އަށެވެ. އެކަމަނާ އަށް 47.7 ޕަސެންޓް ނުވަތަ 59،689،819 ވޯޓު ލިބިވަޑައިގެންނެވި އިރު ޓްރަމްޕަށް ލިބިވަޑައިގެންނެވީ 47.5 ޕަސެންޓް ނުވަތަ 59،489،637 ވޯޓެވެ. ނަމަވެސް ޓްރަމްޕަށް އިންތިޚާބު ކާމިޔާކުރެއްވުނީ 290 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވެ. ހިލަރީ އަށް ލިބިވަޑައިގެންނެވީ 228 އިލެކްޓޯރަލް ވޯޓެވެ.
މިޝިގަންގެ ވޯޓާ އެކު ޓްރަމްޕް އިތުރަށް ކުރިއަށް
ވިސްކޮންސިންގެ ވޯޓު އަލުން ގުނަން ހުށަހަޅައިފި
ޓްރަމްޕަށް ވުރެ ހިލަރީ ދެ މިލިއަން ވޯޓު ކުރީގައި
ޓްރަމްޕް ސަރުކާރުން ހިލަރީ ޖަލަކަށް ނުލާނެ
ނާކާމިޔާބުވުމުން ވަރަށް ބޮޑަށް މާޔޫސްވި: ހިލަރީ
އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އުވާލަން ހުށަހަޅައިފި
ޓްރަމްޕަށް ވޯޓު ދިން އަންހެނުން ވެސް މަދެއް ނޫން
ގިނަ މީހުން ވޯޓުލީ ހިލަރީ އަށް، ހޮވުނީ ޓްރަމްޕް
ޓްރްމްޕުގެ ކާމިޔާބީއާ އެކު ފަލަސްތީނުގެ ކަންތައް ނިމުނީ
ވޯޓު ގުނަން ފަށައިފި، މިހާތަނަށް ކުރީގައި ޓްރަމްޕް