Roadha Mihaaru
ކޭޝް ކާޑު ބޭނުންކޮށްގެން ފައިސާގެ އިނާމެއް

ބީއެމްއެލް ކާޑު ބޭނުންކޮށްގެން 20،000 ރުފިޔާ ލިބުމުގެ ފުރުސަތު

28 ޖެނުއަރީ 2021

ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި، ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.

މި ގޮތަށް ނުވަ ހަފުތާގައި ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޕްރޮމޯޝަން ނިމުމުން އެންމެންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 20،000ރ.ގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މި ޕްރޮމޯޝަންގައި ބަލާނީ ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ރާއްޖޭގައި ކުރާ ވިޔަފާރި މުއާމަލާތްތަކެވެ. ބީއެމްއެލް އިން ފެށި މި ޕްރޮމޯޝަން މާޗު މަހުގެ 28 ވަނަ ދުވަހާ ހަމަޔަށް ކުރިއަށް ދާނެ އެވެ.