Roadha Mihaaru
ބީއެމްއެލްގައި ދުވަސްވީ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ބީއެމްއެލްގައި ދުވަސްވީ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

08 ޑިސެމްބަރ 2020

ބޭންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ރޭ ހަފްލާއެއް ބާއްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ރޭ ހަފްލާއެއް ބާއްވައިފި އެވެ.

ބޭންކަށް 15 އަހަރު ހިދުމަތް ކޮށްފައިވާ މީހުންނާއި 20 އަހަރު ހިދުމަތްކޮށްފައިވާ މީހުންނާއި 25 އަހަރު ހިދުމަތް ކޮށްފައިވާ މީހުން އަދި 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް މި ހަފުލާގައި ވަނީ އެވޯޑް ދީފަ އެވެ.

އެތަނުގެ 33 މުވައްޒަފަކަށް މި އެވޯޑު ލިބުނެވެ. އެންމެ ގިނަ ދުވަހު ހިދުމަތްކޮށްގެން އެވޯޑް ލިބުނީ ހެޑް އޮފް ޕްރޮކިއުމަންޓް މުހައްމަދު އަހުމަދާއި ހެޑް އޮފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ހަސަން ޝާމް އަށެވެ. އެއީ 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނެވެ. މީގެ އިތުރުން ބޭންކަށް 25 އަހަރު ހިދުމަތްކޮށްދީފައިވާ ސީނިއާ ޕެރަލީގަލް، އަބްދުﷲ ސައީދު އަދި ގަމު ބްރާންޗް .މެނޭޖަރު، ހާނީމާ ނަސީމަށް ވެސް އެވޯޑް ދިނެވެ.

ލޯންގް ސާވިސް އެވޯޑް ބީއެމްއެލްގެ މުވައްޒަފަކަށް ދެނީ--ފޮޓޯ: ބީއެމްއެލް

ލޯންގް ސާވިސް އެވޯޑް ބީއެމްއެލްގެ މުވައްޒަފަކަށް ދެނީ--ފޮޓޯ: ބީއެމްއެލް

މި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ ދިގު މުއްދަތުގައި އެ ކުންފުންޏަށް މަސައްކަތް ކޮށްދިން މުވައްޒަފުންގެ ހިދުމަތް ފާހަގަކޮށް ހިތްވަރު ދެއްވައިފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ނިސްބަތުން ދިވެހިންނަށް އިސްކަންދޭ ކުންފުންޏެކެވެ. ބޭންކުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ.