01 ފެބުރުއަރީ 2023
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ކިޔަވާ ލޯނުގެ އިންޓްރެސްޓާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަންގެ ފައިނޭންސިން ރޭޓް ފަސް ޕަސެންޓަށް މިއަދުން ފެށިގެން ކުޑަކޮށްފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ކިޔަވާ ލޯނުގެ އިންޓްރެސްޓާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަންގެ ފައިނޭންސިން ރޭޓް ފަސް ޕަސެންޓަށް މިއަދުން ފެށިގެން ކުޑަކޮށްފި އެވެ.
އެ ބަދަލަކީ މިހާރު ނަގާފައިވާ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީތަކަށް ވެސް ހިނގާނެ ރޭޓު ކަމަށް ބޭންކުން ބުންޏެވެ. އަދި އެ ބަދަލުގެ ސަބަބުން މިހާރު ލޯނާއި ފައިނޭންސިން ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު އޮޓޮމެޓިކުން ކުޑަވާނެ ކަމަށް ވެސް ބުންޏެވެ.
ބޭންކުން ބުނި ގޮތުގައި އެ ލޯނު މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންނަގާފައިވާ ކަސްޓަމަރުންނާ އަންގަމުންދާނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި ގޮތުގައި ކިޔަވާ ލޯނަށް ގެނައި ބަދަލާ އެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ވެސް ފަސޭހައިން ފަންޑިން ހޯދުމަށް ފުރުސަތު ލިބޭނެ އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 75 ޕަސެންޓާ ހަމައަށް ފައިނޭންސް ލިބޭނެ އެވެ. މި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރު ގެ މުއްދަތެއް ލިބޭނެ އެވެ.
ބީއެމްއެލް ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓު ކުޑަކޮށްފި
ބީއެމްއެލްއިން ޖޫނިއާ ސާފިން ޗެމްޕިއަންޝިޕަށް އެހީވެއްޖެ
ބީއެމްއެލްގެ މުވައްޒަފުންގެ އަގުވަޒަންކޮށްފި
ބީއެމްއެލްގެ ކިޔަވާ ލޯނުގެ އިންޓްރެސްޓް ރޭޓު ކުޑަކޮށްފި
9 ރަށެއްގެ ސެން ކްލާހަކަށް ބީއެމްއެލްގެ އެހީ ދީފި
ކޭޝް ކާޑު ބޭނުންކޮށްގެން ފައިސާގެ އިނާމެއް
ބީއެމްއެލްގައި ދުވަސްވީ މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ބީއެމްއެލްގެ ތިމާވެށި ކެމްޕެއިން 'ޓްރޭޝްޓެގްއެމްވީ'
އުނގޫފާރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަތަން ދަސްކޮށްދެނީ