Roadha Mihaaru
އުނގޫފާރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

އުނގޫފާރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

18 އެޕްރީލް 2019

ރ. އުނގޫފާރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައި 24 ގަޑިއިރު ހިދުމަތް ދޭ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ގާއިމުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރ. އުނގޫފާރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައި 24 ގަޑިއިރު ހިދުމަތް ދޭ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ގާއިމުކޮށްފި އެވެ.

މި ސެންޓަރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް، 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

އުނގޫފާރުގައި އާ ބްރާންޗް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ކަސްޓަމަރުންނާއި އުނގޫފާރުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނާއި މުވައްސަސާތަކުގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގަތެވެ.

މިއަދުގެ ހަފުލާގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވީ އުނގޫފާރުގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އުނގޫފާރުގައި ހުޅުވި ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރުގެ ހިދުމަތް އެ ބޭންކުގެ ޗެއާޕާސަން ސައީދާ އުމަރު އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ:ބީއެމްއެލް

އުނގޫފާރުގައި ހުޅުވި ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރުގެ ހިދުމަތް އެ ބޭންކުގެ ޗެއާޕާސަން ސައީދާ އުމަރު އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ:ބީއެމްއެލް

އުނގޫފާރަކީ ވިޔަފާރި އާއި އިގްތިސާދީ ގޮތުން ބަލާއިރު ރ. އަތޮޅުގެ މައި ރަށަށްވުމާ އެކު އިންވެސްޓްމަންޓްތަކުގެ ފައިދާ މި ރަށާ ކައިރި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭންކުން މިހާރު ވެސް 20 އަތޮޅެއްގައި 37 ބްރާންޗާއި 40 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 100 އޭޓީއެމާއި 5،300 ޕީއޯއެސް މާޗަންޓުންގެ އިތުރުން 277 ކޭޝް އޭޖެންޓުންގެ އެބަތިއްބެ އެވެ.