03 މާޗް 2019
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުދި ވިޔަފާރިތަކަށް ފަހިވާގޮތަށް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހުޅުވާލައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުދި ވިޔަފާރިތަކަށް ފަހިވާގޮތަށް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހުޅުވާލައިފި އެވެ.
ބީއެމްއެލް އިން ބުނީ ހިދުމަތް ލިބިގަތުމަށްޓަކައި މިހާރު ދައްކަންޖެހޭ ސެޓަޕް ފީ އާއި މަހަކު އެއްފަހަރު ދައްކަން ޖެހޭ މެއިންޓެނަންސް ފީ މާޗް 1 އިން ފެށިގެން ނުނަގާ ގޮތަށް ބޭންކުން ހަމަޖައްސާފައިވާ ކަމަށެވެ.
ސެކިއުރިޓީ ޑިޕޮސިޓެއް ބެހެއްޓުމަކާ ނުލައި މި ހިދުމަތް ހޯދޭނެ ފަސޭހަ ގޮތްތަކެއް ވަނީ ކަނޑައަޅާފަ އެވެ. ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ އީ-ކޮމާސް ގެ ހިދުމަތް ދިވެހިރާއްޖޭގައި ވެސް އަންނަނީ ވަރަށް ހަލުވިކަމާ އެކު ކުރިއަރަމުން ކަމަށެވެ. ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ހޯދާ 112 މާޗަންޓުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފާއިތުވެދިޔަ ދުވަސްތަކުގައި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް 1.5 މިލިއަން ޓްރާންސެކްޝަން ހަދާފައިވެ އެވެ. ވަރަށް ގިނަ ކުދި ވިޔަފާރިތަކުންނާއި އަލަށް ވިޔަފާރިފަށައިގަންނަ ފަރާތްތަކުން އެދެމުން އައީ ވީހާ ވެސް ލުއިފަސޭހަކޮށް މި ހިދުމަތް އެ ފަރާތްތަކަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ކަސްޓަމަރުން ދިން ހިޔާލާ އެއްގޮތަށް މި ބަދަލުތައް ގެނައުމުން ހިދުމަތް ހޯދާ ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ލުއި ފަސޭހަކަން ލިބޭ ހިދުމަތްތަކެއް ފޯރުކޮށް ދިނުމުގައި ބޭންކުން ދަނީ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޒަމާނީ ޓެކްނޮލޮޖީއާ އެކު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ޕޭމަންޓް ގޭޓްވޭގެ އިތުރުން ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންނެވެ.
މި ހިދުމަތްތަކުގެ ތެރޭގައި އިންޓަރނެޓް، މޮބައިލް ބޭންކިން އަދި ޑިޖިޓަލް ވޮލެޓްގެ ހިމެނެ އެވެ. ބޭންކުގެ ޑިޖިޓަލް ބޭންކިން ވަސީލަތްތައް ބޭނުންކޮށްގެން މިދިޔަ އަހަރު 40 މިލިއަނަށް ވުރެ ގިނަ މުއާމަލާތްކޮށްފައިވެ އެވެ. މިއީ މުޅި ބޭންކް މެދުވެރިކޮށް ހިންގޭ މުއާމަލާތްތަކުގެ 90 ޕަސެންޓަށް ވުރެ ބޮޑު އަދަދެކެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ސަހާ ވަހީދު
ކާޑު ލިމިޓު އިތުުރު ކުރަން ދަރިވަރުންނަށް ޕޯޓަލެއް
42 އަހަރަށް ފަހު އައިސްތު ބީއެމްއެލް އިން ވަކިވަނީ
ބީއެމްއެލްގެ މުވައްޒަފުންނަށް ހިދުމަތުގެ އެވޯޑުތައް
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ހުޅުވާލައިފި
ކަސްޓަމަރުންނަށް ގެއްލުން ނުވާނެ ކަމުގެ ޔަގީންކަން ދީފި
ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް ހުޅުވާލައިފި
ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި