ހއ. ހޯރަފުށީގައި އައިސް ޕްލާންޓެއް ހަދަން ޗަމްޕާ ބްރަދާސް އާއި ހޯރަފުށި ކައުންސިލް އަދި މިފްކޯއާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
27 ޖެނުއަރީ 2021
ހއ. ހޯރަފުށީގައި އައިސް ޕްލާންޓެއް ހަދަން ޗަމްޕާ ބްރަދާސް އާއި ހޯރަފުށި ކައުންސިލް އަދި މިފްކޯއާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މިފްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އެވެ. ޗަމްޕާ ބްރަދާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ސާރާ މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް ބައިވެރިވެވަޑައިގަތެވެ. ހޯރަފުށި ކައުންސިލް މެމްބަރުން ވެސް ވީޑިއޯ ކޯލެއްގެ ޒަރީއާ އިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މި އައިސްޕްލާންޓު ހެދުމަށް ފައިސާ ހޭދަކުރަނީ ކުރާނީ ޗަމްޕާ ބްރަދާސް އިންނެވެ. އެ ކުންފުނިން މި ޕްރޮޖެކްޓަށް 4.2 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ހޯރަފުށި ކައުންސިލުން ބުންޏެވެ. އެއީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުންނެވެ.
މިފްކޯ އާއި ހޯރަފުށި ކައުންސިލުން މި ޕްރޮޖެކްރު ކުރިއަށް ގެންދަނީ ދެ ބައި މީހުންނަށް ފައިދާ ބަހާ އުސޫލުންނެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މި އައިސްޕްލާންޓުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް އައިސް ލިބުމުގައި އިތުރަށް ލުއިފަސޭހަ ވާނެ ކަމަށެވެ. އިތުރު ރަށެއްގައި އައިސްޕްލާންޓު އެޅުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަހުގެ ތާރީޚެއްގައި އެ ކޮން ރަށެއްކަން އިއުލާން ކުރާނެ. މި ސަރުކާރުގައި އަޅުގަނޑުމެން ވެފައިވާ ވައުދު، ރާއްޖޭގެ އައިސް ލިބުމުގެ ތަނަވަސްކަން 45 ޕަސެންޓަށް އިތުރު ކުރާނަން،" ޒަހާ ވިދާޅުވި އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މި ޕްރޮޖެކްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ހޯރަފުށި ކައުންސިލުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. ވީހާ ވެސް އަވަހަކަށް އެ ޕްލާންޓު ގާއިމުކޮށް މަސްވެރިންނަށް ހިދުމަތް ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯރަފުށި ޕްލާންޓުގެ މަސައްކަތް ހުއްޓައެއްނުލަން: ފެނަކަ
އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލުކޮށްފި
އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރަނީ
އައިސް ލިބުން މެދުކެނޑުނު މައްސަލަ ހައްލުކުރަނީ
ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދެނީ
ހޯރަފުށީ އިންޓަނޭޝަނަލް ސްކޫލް ހިންގަން ބަޔަކު ހޯދަނީ
އައިސްޕްލާންޓުތައް ދޫކޮށްލުމުން މިފްކޯއަށް ވާނީ ރަނގަޅު
14 އައިސް ޕްލާންޓެއް ހިންގަން ފެނަކައާ ހަވާލުކޮށްފި
"ހޯރަފުށީ އެއާޕޯޓުން ބަނދަރަށް ދާން ދައްޗެއް ނުވާނެ"
ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް ހަދަނީ