ހއ. ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއްޔެ އިއުލާންކޮށްފި އެވެ.
21 ޑިސެމްބަރ 2022
ހއ. ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއްޔެ އިއުލާންކޮށްފި އެވެ.
ހޯރަފުށީ ކައުންސިލުގެ އިއުލާނުގައި ބުނީ އެ ރަށުގައި ހުންނަ ކައުންސިލްގެ ސްކޫލް އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅަން މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ ރަށުގެ ކައުންސިލްގެ ސްކޫލު އިމާރާތަކީ އެކި ވިޔަފާރިވެރިންނާއި އެމްޓީސީސީގެ އެހީގައި މި އަހަރު އިމާރާތްކުރި ތަނެކެވެ.
އެ ރަށުގައި އިންޓަނޭޝަނަލް ސްކޫލެއްގެ ހިންގުމުގެ މަގުސަދަކީ ޕްރީ ސްކޫލުގެ މަރުހަލާއިން ފެށިގެން ކީ ސްޓޭޖު 5 އާ ދެމެދުގެ ދަރިވަރުންނަށް، ޒަމާނީ ވަސީލަތްތަކާ އެކު ދުނިޔޭގެ ކުރިއަރާފައިވާ އެޑިއުކޭޝަން ސިސްޓަމްތަކާ އެއް ފެންވަރެއްގައި ޒަމާނީ ތައުލީމު ރަށުގައި ތިބެގެން އުނގެނުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ކައުންސިލުން ބުންޏެވެ.
"ހާއްސަކޮށް، ޕްރީ ސްކޫލު މަރުހަލާގައި އެ އުމުރުފުރައިގެ ކުދިންނަށް ބޭނުންވާނޭ ތައުލީމާއި ހުނަރު ލިއްބައިދޭނޭ ފުރުސަތު ހޯރަފުށީ ކައުންސިލްގެ އިސްނެގުމުގެ މަތިން ފޯރުކޮށްދެވޭނޭ މަގު ހޯރަފުށީގައި ގާއިމްކުރުމެވެ،" އެ އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައި ބުނިގޮތުގައި، ސްކޫލް ހިންގުމަށް ކައުންސިލުން ދޭނީ ވަށާފާރު ރާނައި ގޭޓް ހަރުކޮށްފައިވާ 11،406 އަކަފޫޓުގެ ބިމެއްގައި ކޮށްފައިވާ އިމާރާތަކާއި ޕްލޭ ގްރައުންޑާއި ގުދަނަކާއި ޕަބްލިކް ފާހާނާއަކާއި ދަރިވަރުންނަށް ހާއްސަ ހަތަރު ފާހާނާ އެވެ. އެ އިމާރާތުގައި ތިން ކުލާސްރޫމާއި ޕްރިންސިޕަލް ރޫމަކާއި ސްޓާފް ރޫމަކާ އަދި ރިސެޕްޝަން އޭރިއާއެއް ވެސް ހުންނާނެ އެވެ.
ދަރިވަރުން ކިޔެވުމަށް ބޭނުންކުރާނޭ ގޮޑި އާއި މޭޒާއި ޕްލޭ ގްރައުންޑަށް ބޭނުންވާ ތަކެތި ވެސް ކައުންސިލުން ހޯދައިދޭނެ ކަމަށް ބުންޏެވެ. ނަމަވެސް، މުވައްޒަފުންނަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ވަސީލަތްތައް ހޯދަން ޖެހޭނީ ސްކޫލު ހިންގުމާ ހަވާލުވާ ފަރާތުން ކަމަށް ކައުންސިލުން ބުންޏެވެ.
އެ ސްކޫލު ހިންގުމަށް ދޫކުރާނެ އެންމެ ކުރު މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފަސް އަހަރެވެ. އަދި އެންމެ ދިގު މުއްދަތަކީ 15 އަހަރެވެ.
ކައުންސިލުން ބުނީ ސްކޫލުގެ އިމާރާތްތަކާއި ވަސީލަތްތައް، ބިޑް ކާމިޔާބުކުރާ ފަރާތަކަށް އެގްރީމެންޓް ކުރެވޭ މުއްދަތަށް ދޭނީ އެއްވެސް ކުއްޔަކާ ނުލާ ކަމަށެވެ. ކުއްޔެއް ނުނެގުމުގެ މަގުސަދަކީ ދަރިވަރުންގެ އަތުން ނަގާ ފީ ނިސްބަތުން ކުޑަކުރުން ކަމަށް ވެސް ބުންޏެވެ.
އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު އެ ސްކޫލުގައި ވެސް ކިޔަވައިދޭން ފަށަން ޖެހޭނެ ކަމަށް ހޯރަފުށީ ކައުންސިލުން ބުންޏެވެ.
އެ ރަށުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 10 ގެ ކުރިން ބިޑް ހުށަހަޅަން ޖެހެ އެވެ.
އައްޑޫގައި ކިޔަވައިދޭތާ 23އަހަރުވީ ޓީޗަރަކު ނިޔާވެއްޖެ
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޖާގަ އިތުރުކޮށްފި
ދަރިވަރުން ސްކޫލު ބަދަލުކުރެވޭނީ ވަކި ދުވަސްވަރެއްގައި
ހިރިމަރަދޫ ކުދިންނަށް ހަނިމާދޫ ސްކޫލުގައި އާ އިމާރާތެއް
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
އިސްކަންދަރު ސްކޫލްގައި އިތުރު އިމާރާތެއް އަޅަނީ
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
މިކުދިން ނަގައިދެނީ ރީތި އައްޑޫ ބަހުގެ ފިލާވަޅެއް