02 ޖޫން 2016
ބިހާރު (ޖޫން 2) - އިންޑިއާގެ ބިހާރު ސްޓޭޓުގެ އިމްތިހާނުގެ އެންމެ މޮޅު ދަރިވަރުން ޓެސްޓުގައި މަކަރު ހެދިކަން ފަޅާ އެރުމާ އެކު އެ ކުދިންނަށް އަލުން ޓެސްޓް ހަދަން ޖެހިއްޖެ އެވެ.
ބިހާރު (ޖޫން 2) - އިންޑިއާގެ ބިހާރު ސްޓޭޓުގެ އިމްތިހާނުގެ އެންމެ މޮޅު ދަރިވަރުން ޓެސްޓުގައި މަކަރު ހެދިކަން ފަޅާ އެރުމާ އެކު އެ ކުދިންނަށް އަލުން ޓެސްޓް ހަދަން ޖެހިއްޖެ އެވެ.
ސްޓޭޓް ސަރުކާރުން ބުނީ 14 ދަރިވަރުން މަކަރު ހެދިކަން ފަޅާ އެރީ މި ދަރިވަރުންގެ ތެރޭގައި ހިމެނޭ ކުއްޖަކު މީޑިއާ ޗެނަލެއްގައި ވާހަކަ ދައްކަމުން ޕޮލިޓިކަލް ސައެންސަކީ ކެއްކުން ކަމަށް ބުނުމުންނެވެ. މި ކުއްޖާގެ އިންޓަވިއުގެ ވީޑިއޯ ވަނީ ގިނަ ބަޔަކު ޝައުގުވެރިވެގެން ބަލައިފަ އެވެ.
ބިހާރު ސްޓޭޓުގައި މިދިޔަ އަހަރު އިމްތިހާނު ހަދަމުން ދަނިކޮށް ދަރިވަރުންގެ ބެލެނިވެރިން ވަނީ ޖަވާބު ކަރުދާސް ހިފައިގެން ސްކޫލުގެ ފާރުމަތިން އަރަނިކޮށް ފޮޓޯ ނަގައިފަ އެވެ. އެހެންކަމުން ސްޓޭޓް ސަރުކާރުން ވަނީ މި އަހަރުގެ ޓެސްޓުގައި މަކަރު ހަދައިފި ނަމަ ހަރުކަށި އަދަބު ދޭނެ ކަމަށް ބުނެފަ އެވެ. ނަތީޖާ އަކީ މި އަހަރުގެ ޓެސްޓުގައި ދަރިވަރުން ހޯދި މާކްސް އާދަޔާޚިލާފަށް ދަށްވުމެވެ. އެކަމަކު އެއީ އާޓްސް ދަރިވަރުގެ އިންޓަވިއު ދެއްކުމާ ހަމައަށެވެ. ސަރުކާރުން ބުނީ ސައެންސް ޓެސްޓުން އެއް ވަނަ ހޯދި ދަރިވަރަށް ވެސް ސައެންސްގެ އެންމެ އާދައިގެ ސުވާލަކަށް ޖަވާބު ދޭން ނޭނގުނު ކަމަށެވެ. އެ ދެ ދަރިވަރުން ވަނީ ވަގުތުން ސަސްޕެންޑްކޮށްފަ އެވެ.
މި ދެ ދަރިވަރުންނާ އެކު އިމްތިހާނުން އެންމެ މަތިން މާކްސް ހޯދި 12 ދަރިވަރުން ވަނީ މާދަމާ އަލުން ޓެސްޓުގައި ބައިވެރި ކުރަން ނިންމައިފަ އެވެ. މި ދަރިވަރުން ޓެސްޓް ހަދާނީ މާއްދާތަކުގެ ޚާއްސަ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުންނެވެ. ލިޔުމުގެ ޓެސްޓުގެ އިތުރުން އެ ކުދިންނާ އިންޓަވިއު ވެސް ކުރާނެ އެވެ. އަދި އެ ކުދިންގެ އަތު ލިޔުން ވެސް ބަލާނެ އެވެ. އެއީ ކުރިން ހެދި ޓެސްޓުގެ ސުވާލުތަކަށް ޖަވާބު ދީފައި ވަނީ އެ ކުދިން އަމިއްލަ އަށް ތޯ ބެލުމަށެވެ.
އިންޑިއާގެ ޕްރިންސިޕަލެއް އެދުނީ ފާސްވާން ރިޝްވަތު ދޭން
ޓެސްޓެއްގައި ސުވާލުކުރީ ކަރީނާގެ ދަރިފުޅާ ބެހޭގޮތުން
އިމްތިހާނު ހަދަން ބޮލުގައި ފޮށިގަނޑެއް އަޅުވައިފި
ސްކޫލް އިމްތިހާނުގައި މަކަރުހެދި ދަރިވަރު ހައްޔަރުކޮށްފި
ސްކޫލް ޓެސްޓުން މަކަރު ހެދި ކުދިންގެ މައްސަލަ ބަލަނީ
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ފަރުމާކުރަން ފަށައިފި
ކާތަކެތި ގަންނަން ނުކުތް ދަރިވަރަށް ހަމަލާ އަރައި މަރު
ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން އިންޑިއާގައި މަނާ
އިމްތިހާނު ހަދަންޖެހުނީ ދޮރުފޮތިގަނޑެއް އަނދެގެން