Roadha Mihaaru
ދީޕިކާ ހޮލީވުޑްގެ އެޖެންސީއަކާ އެކު ސޮއިކޮށްފި

ދީޕިކާ ހޮލީވުޑްގެ ޓެލެންޓް އެޖެންސީއަކާ އެކު ސޮއިކޮށްފި

24 ޖެނުއަރީ 2021

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ހޮލީވުޑްގެ ފިލްމު "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ކުޅުނު ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން، ހޮލީވުޑްގެ ޓެލެންޓް އެޖެންސީއާ އެކު ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ހޮލީވުޑްގެ ފިލްމު "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ކުޅުނު ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން، ހޮލީވުޑްގެ ޓެލެންޓް އެޖެންސީއާ އެކު ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އެކްޓަރު ރަންވީރު ސިންގުގެ އަންހެނުން ސޮއިކުރީ އައިސީއެމް ޕާޓްނާޒްއާ އެކީގަ އެވެ. އެ އެޖެންސީން ތަމްސީލުކޮށްދޭ މަޝްހޫރު ތަރިންގެ ތެރޭގައި ޖޯން ސީނާ އާއި "ވެމްޕަޔާ ޑައިރީޒް" ގެ ބަތަލު އިއާން ސްމޮހޯލްޑާ އާއި "ޓު އޯލް ދަ ބޯއިޒް އައި ހޭވްޑް ލަވްޑް ބިފޯ" ގެ ބަތަލާ ލާނާ ކޮންޑާ ހިމެނެ އެވެ.

އައީސީއެމް ޕާޓްނާޒްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެ އެޖެންސީން ދީޕިކާ އަށް ހޮލީވުޑްގެ ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުން ފުރުސަތުތައް ހޯދައިދީ، އޮޑިޝަންތަކާ ހަމައަށް އޭނާ ފޯރުވައިދޭނެ އެވެ.

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިން ޑީޒެލްއާ އެކު ކުޅުނު "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އަށް ފަހު އެ ފިލްމުގެ ކުރިއަށް އޮތް ބައިން ވެސް ދީޕިކާ ފެންނާނެކަމުގެ އިޝާރާތެއް ޑައިރެކްޓަރު ޑީޖޭ ކަރޫޒޯ ދީފައިވެ އެވެ.

ދީޕިކާ، 35، އަކީ ބޮލީވުޑްގައި މިހާރު ތިބި ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި، އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ އެވެ.

އޭނާގެ އަތުގައި މި ވަގުތު ވެސް ބޮޑު ހަ ފިލްމެއް އޮތް އިރު، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ޗަޕާކް" އިންނެވެ.

ދީޕިކާގެ ކުރިއަށް ހުރި ފިލްމުތަކަކީ "ޕަތާން" އާއި "ފައިޓާ" އާއި "މަހާބާރާތު" އާއި ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ރިމެކިންގެ އިތުރުން އަދި ނަން އިއުލާންނުކުރާ ދެ ފިލްމެކެވެ.

ހޮލީވުޑްގެ އެޖެންސީތަކާ އެކު ސޮއިކޮށްފައިވާ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް ޗެސް ހިމެނެ އެވެ.