މި މަހުގެ 24 ގައި ރިލީޒްކުރާ ފިލްމު "83" ގެ ބަތަލު ރަންވީރު ސިންގްއާ އެކު އިތުރު ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް ޑައިރެކްޓަރު ކަބީރް ޚާން ބުނެފި އެވެ.
20 ޑިސެމްބަރ 2021
މި މަހުގެ 24 ގައި ރިލީޒްކުރާ ފިލްމު "83" ގެ ބަތަލު ރަންވީރު ސިންގްއާ އެކު އިތުރު ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް ޑައިރެކްޓަރު ކަބީރް ޚާން ބުނެފި އެވެ.
ސަލްމާން ޚާނާ އެކު ތިން ފިލްމެއް ގެނެސްދިން ހުނަރުވެރި ޑައިރެކްޓަރު ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އާ ފިލްމަކާ ބެހޭ ގޮތުން ރަންވީރާ އެކު އެކި ފަހަރު މަތިން މިހާރު ވާހަކަ ދެކެވިފައިވާ ކަމަށެވެ.
އެހެންވެ "83" އިން އެއްކޮށް އަތް ދޫކޮށްލެވުމާ އެކު، ދެން ހަދާނެ ފިލްމަކާ ގުޅޭ މަސައްކަތްތައް ފަށާނެ ކަމަށް ބުންޏެވެ.
"މި ވަގުތު ހުރިހާ ފޯކަސްއެެއް އޮތީ އެއިޓީތުރީ އަށް. އޭގެ ފަހުން ދެން ހަދާ ފިލްމާ ގުޅުން ހުރި ކަންކަން ފަށާނަން. ރަންވީރާ އެކު އިތުރު ފިލްމެއް ހަދަން ނިންމި ނަމަވެސް ދެން ހަދާނެ ފިލްމަކީ ކޮބައިކަން އަދި މުޅިއަކުން ނުނިންމަން،" ބަތަލާ/ހޯސްޓް މިނީ މާތޫރްގެ ފިރިމީހާ ބުންޏެވެ. "އެކަމަކު އަހަރެމެން ދެ މީހުންގެ މެދުގައި ވަރަށް ގިނަ އައިޑިއާތައް ޝެއާކުރެވިފައިވޭ."
ކަބީރް ބުނި ގޮތުގައި "83" ހަދަން ރަންވީރާ އެކު ކުރި ތަޖުރިބާ ވަރަށް ފުރިހަމަ އެވެ. އަދި އޭނާ އަކީ ވަރަށް މޮޅު އަދި އެކީގައި މަސައްކަތް ކުރަން ވެސް އެހާ ފަސޭހަ އެކްޓަރެއް ކަމަށް ބުންޏެވެ.
"މީގެ މަސައްކަތުގެ ތެރެއިން ރަންވީރާ އެކު ވަރަށް ގިނަ ވަގުތު ހޭދަކުރަން ލިބުނު. އެހެންވީމަ އޭނަގެ ޕޮޓެންޝަލް އަހަންނަށް އެނގޭ. ވަރަށް އުފާކުރަން އަހަރެންގެ ކެރިއަރުގެ ވަރަށް ހާއްސަ ފިލްމެއްގެ ގޮތުގައި ދެކޭ 83 ގައި ރަންވީރާ އެކު މަސައްކަތް ކުރެވުނީމަ." ކަބީރް ބުންޏެވެ.
ރަންވީރަކީ އަބަދު ވެސް އޭނާގެ ހުނަރުން އެކީގައި މަސައްކަތްކުރާ ޑައިރެކްޓަރުންގެ ހިތްއަތުލާ އެކްޓަރެކެވެ. އޭނާ މިހާތަނަށް އެންމެ ގިނައިން އެކީގައި މަސައްކަތްކޮށްފައި ވަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކީގަ އެވެ.
އެ ދެ މީހުން އެކީގައި ވަރަށް ކާމިޔާބު ތިން ފިލްމެއް ގެނެސްދިނެވެ. އެއީ "ރާމް-ލީލާ" އާއި "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން "ޕަދުމާވަތު" އެވެ. ރިޕޯޓްތައް ބުނާ ގޮތުން ބަންސާލީ ހަދަން ނިންމާފައިވާ "ބައިޖޫ ބަވްރާ" ގެ ބަތަލަކީ ވެސް ރަންވީރެވެ.
އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކާމިޔާބުކުރަން ކުރި މަސައްކަތަށް ބިނާކޮށް ހަދާފައިވާ "83" އަކީ ކަބީރާ އެކު ރަންވީރު މަސައްކަތްކުރި ފުރަތަމަ ފަހަރެވެ. އަދި މި ފިލްމަކީ ރަންވީރާއި ދީޕިކާ ޕަދްކޯން 2018 ގައި ކައިވެނިކުރި ފަހުން އެކީގައި ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު ވެސް މެ އެވެ.
"ބަޖިރަންގީ ބައިޖާން" އާއި "އޭކް ތަ ޓައިގާ" އާއި "ނިއު ޔޯކް" އަދި "ފޭންޓަމް" ފަދަ ފިލްމުތައް ގެނެސްދިން ކަބީރް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ސަލްމާންގެ 2017 ގެ "ޓިއުބްލައިޓް" އެވެ.
އިންޑިއާގެ ފިލްމުތަކާ މެދު ދެކޭގޮތް ބަދަލުކޮށްލާނެ
ރަންވީރު ދެން ބަޔޮޕިކް ފިލްމެއް ނުކުޅޭނެ
ނާކާމިޔާބީ އަކީ ކަންބޮޑުވާ ކަމެއް ނޫން: ރަންވީރު
ރަންވީރަކީ ހަމަ ކަޕިލް ދޭވް
ރަންވީރާއި ދީޕިކާގެ "83" ގެ ޓީޒާއެއް
ރަންވީރަކީ ޑާލިންއެެއް: ދަރުމެންދުރާ
ދީޕިކާގެ ލަވައިން އަޖޭ ވެސް ފެންނާނެ
ދީޕިކާއަށް ފިރިމީހާގެ ފިލްމުން ފުރުސަތެއް ނެތް
އަނެއްކާ ވެސް ވަރުގަދަ ޑައިރެކްޓަރެއްގެ ފިލްމެއް ރަންވީރަށް
ފިރިމީހާ ރަންވީރުގެ "ސާކަސް" ގައި ދީޕިކާގެ ލަވައެއް