ފިލްމެއް ނާކާމިޔާބު ވުމަކީ އެއް އިރެއްގައި ވެސް ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި އަބަދުވެސް ވިސްނުން ބަހައްޓަނީ ހިތްހަމަޖެހޭ ވަރުގެ މަސައްކަތްތައް ކުރަން ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިން ބުނެފި އެވެ.
28 ޑިސެމްބަރ 2021
ފިލްމެއް ނާކާމިޔާބު ވުމަކީ އެއް އިރެއްގައި ވެސް ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި އަބަދުވެސް ވިސްނުން ބަހައްޓަނީ ހިތްހަމަޖެހޭ ވަރުގެ މަސައްކަތްތައް ކުރަން ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިން ބުނެފި އެވެ.
ފިލްމު ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއެއްގައި ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ބުނީ ބޮކްސް އޮފީހުގައި ފިލްމުތައް ކުރާ ވިޔަފާރިއާ ދޭތެރޭ ނުވިސްނާ ކަމަށާއި އަބަދުވެސް އިސްކަން ދެނީ ރަނގަޅު މަސައްކަތްތަކެއް ކުރަން ކަމަށެވެ. އަދި ޑައިރެކްޓަރުން ހިތްހަމަޖެހޭ ވަރަށް މަސައްކަތް ކުރެވުމަކީ ބޮޑު ކާމިޔާބީ ކަމަށެވެ.
"އެހެންވެ ބޮކްސް އޮފީސް ނަތީޖާ އަކީ އަހަރެން އެއްގޮތަކަށް ވެސް ވިސްނާ ކަމެއް ނޫން. އެކްޓަރެއްގެ ކެރިއަރުގައި ކާމިޔާބީ އާއި ނާކާމިޔާބީއާ ވެސް ކުރިމަތިލާން ޖެހޭނެ. އެއީ މި އިންޑަސްޓްރީގައި އަބަދުވެސް ކަން ހިނގާ ގޮތް، އެހެންވީމަ އެކަމަކާ ބޯ ގޮއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް." ރަންވީރު ބުންޏެވެ.
މި ވަގުތު ބޮލީވުޑްގައި ތިބި އެންމެ ހުނަރުވެރި އަދި ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރަންވީރު، 36، ބުނި ގޮތުގައި އެކްޓް ކުރުމަކީ އެންމެ ގަޔާވާ ކަންތައްތަކެވެ. އެހެންވެ ނަފުސަށް އެންމެ ބޮޑު ހިތްހަމަޖެހުމާއި އުފާވެރި ކަމެއް ވެސް ގެނުވައި ދެނީ ފިލްމީ މަސައްކަތްތަކުގައި ބިޒީކޮށް އުޅުމުން ކަމަށް ބުންޏެވެ.
"މި ޕްރޮސެސް އަކީ އަހަރެންގެ ކަށީގައި ވެސް ހިފާފައިވާ ކަމެއް. އެހެންވީމަ ފިލްމަކަށް ކުރެވޭ މަސައްކަތަކީ ހަގީގަތުގައި އަހަރެން އެންމެ ވިސްނާ ކަންތައް. ބޭނުންވަނީ އަބަދުވެސް މަސައްކަތްކުރާ މީހަކަށްވާން. ބިޒީކޮށް އުޅެން. އެންމެ އުފާވާ ކަމަކީ އިންޑަސްޓްރީގެ އެންމެ ނަގާ ކިޔާ މީހުންނާ އެކު މަސައްކަތް ކުރެވުނީމަ."
މިހާރު ކަލާޒް ޗެނެލްގައި "ދަ ބިގް ޕިކްޗާ" ކިޔާ ޝޯއެއް ވެސް ހޯސްޓް ކުރަމުން ވެސް އަންނަ ތަރި ބުނި ގޮތުގައި ކުރިއަށް ދެވޭނީ ވެސް ހަމައެކަނި ކާމިޔާބީ އާއި ނާކާމިޔާބީއާ ދޭތެރޭ ފިކުރު ނުކޮށް، އެކްޓަރެއްގެ ގޮތުން ކުރަން ޖެހޭ މަސައްކަތަށް ފަރުވާތެރިވާ ނަމަ އެވެ.
"އޭރުން އެ ދެ ކަންތަކާ ޑީލް ވެސް ކުރަން އެނގޭނެ." ހުކުރު ދުވަހު ރިލީޒްކުރި "83" ގެ ބަތަލު ބުންޏެވެ.
"ބޭންޑް ބާޖާ ބާރާތު" އިން ބެލުންތެރިންގެ ލޯބި ހޯދި ރަންވީރު މިހާރު އަންނަނީ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނޫ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތް ކުރަމުންނެވެ.
ރަންވީރު ފާހަގަކުރެވިފައި ވަނީ ބޮލީވުޑްގެ އެންމެ ނަގާކިޔާ ޑައިރެކްޓަރުންނާ އެކު މަސައްކަތްކުރާ ތަރިއެއްގެ ގޮތުގަ އެވެ. އެގޮތުން ސަންޖޭ ލީލާ ބަންސާލީގެ ތިން ފިލްމެއް (ރާމް ލީލާ، ބަޖިރާއޯ މަސްތާނީ އަދި ޕަދުމާވަތު) ކުޅެފައިވެ އެވެ. އަދ އަދިތިޔާ ޗޯޕްޅާ އެކު "ބޭފިކްރޭ" ގެ މަސައްކަތްކުރި އިރު، ޒޯޔާ އަހްތަރާ އެކު "ދިލް ދަޅަކް ނޭ ދޯ" އާއި "ގަލީ ބޯއި" ގެ މަސައްކަތްކުރި އެވެ. މީގެ އިތުރުން ރޯހިތު ޝެޓީގެ "ސިމްބާ" ކުޅެފައިވާ އިރު، އޭނާ އަންނަ އަހަރު ގެނެސްދޭ "ސާކަސް" ގެ ބަތަލަކީ ވެސް ރަންވީރެވެ.
ސިނަމާތަކުގައި މިހާރު ދައްކާ "83" އަކީ ޑައިރެކްޓަރު ކަބީރް ޚާނާ އެކު ރަންވީރު މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. ޑައިރެކްޓަރު އަލީ އައްބާސް ޒަފަރާ އެކު ރަންވީރު މަސައްކަތްކުރި ފިލްމަކީ "ގުންޑޭ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޖަޔޭޝް ބާއީ ޖޯރުދާރު" އާއި ކަރަންގެ "ތަޚުތު" ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތޮން ބަންސާލީގެ "ބައިޖޫ ބަވްރާ" ގެ ބަތަލުގެ ރޯލު ވެސް ކުޅޭނީ ރަންވީރެވެ.
އަނެއްކާ ވެސް ވަރުގަދަ ޑައިރެކްޓަރެއްގެ ފިލްމެއް ރަންވީރަށް
އިންޑިއާގެ ފިލްމުތަކާ މެދު ދެކޭގޮތް ބަދަލުކޮށްލާނެ
ރަންވީރުގެ "ސިމްބާ" ގެ ދެވަނަ ބައެއް
ސާރާ ނަމޫނާއަކަށް ބަލަނީ އާލިއާ ބަޓަށް
"ސޫރިޔަވަންޝީ" ގެ ފުރަތަމަ ލަވަ ވަރަށް ފޯރިގަދަ
ރަންވީރަކީ ޑާލިންއެެއް: ދަރުމެންދުރާ
ދީޕިކާގެ ލަވައިން އަޖޭ ވެސް ފެންނާނެ
ދީޕިކާއަށް ފިރިމީހާގެ ފިލްމުން ފުރުސަތެއް ނެތް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
ފިރިމީހާ ރަންވީރުގެ "ސާކަސް" ގައި ދީޕިކާގެ ލަވައެއް