Roadha Mihaaru
މި ރީތިކަން ނިސްބަތްވަނީ "ސޮނެވާ ޖާނީ ޗެޕްޓާ ޓޫ"އަށް

މި ރީތިކަން ނިސްބަތްވަނީ "ސޮނެވާ ޖާނީ ޗެޕްޓާ ޓޫ"އަށް

21 ޖެނުއަރީ 2021

ރާއްޖޭގެ އެންމެ މަތީ ފެންވަަރުގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ސޮނެވާ ޖާނީން އަނެއްކާވެސް ޓޫރިސްޓުންގެ ހިތްދަމައިގަނޭ ފަަދަ ކުރިއެރުމެއް އާ، ޗާލު ވިލާތަކަކާ އެކު ހޯދައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ އެންމެ މަތީ ފެންވަަރުގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ސޮނެވާ ޖާނީން އަނެއްކާވެސް ޓޫރިސްޓުންގެ ހިތްދަމައިގަނޭ ފަަދަ ކުރިއެރުމެއް އާ، ޗާލު ވިލާތަކަކާ އެކު ހޯދައިފި އެވެ.

ސޮނެވާ ބްރޭންޑަށް 25 އަހަރު ފުރުން ފާހަގަކުރާ އަހަރު، އެ ބްރޭންޑްގެ އެންމެ ފަހުގެ އެއް ރިސޯޓުން އަލަށް ހެދި ކޮޓަރިތަކާއި ހިދުމަތްތައް ހިމަނައިގެން ޓޫރިސްޓުންނަށް ތައާރަފުކޮށްދެނީ "ސޮނެވާ ޖާނީ ޗެޕްޓަ ޓޫ"ގެ ގޮތުގަ އެވެ.

އަލަށް ތަރައްގީކުރީ، ކުރިން ވެސް އެ ރިސޯޓުން މަތީ ފަންތީގެ ޓޫރިސްޓުންގެ ހިތްތައް އަތުލައިގަތް ހިތްގައިމު ވިލާތަކަށް ދޫނުކުރާ 27 އާ ވޯޓާ ވިލާ އެވެ. މީގެ ތެރޭގައި އެއް ކޮޓަރި ހިމެނޭ ވިލާއިން ފެށިގެން ހަތަރު ކޮޓަރި ހުންނަ ބޮޑެތި ވިލާތައް ވެސް ހިމެނެ އެވެ.

ސޮނެވާ ޖާނީގެ އާ ތަރައްގީއަށް ބަލާއިރު އެއީ ދުނިޔެއިން ވެސް ފާހަގަކުރެވިދާނެ ވިލާތަކަކަށް ވެދާނެ އެވެ. އެއިން ކޮންމެ ވިލާއެއްގައި މޫދަށް ފައިބައިގެން ދާ ގޮތަށް ސްލައިޑުތައް ވެސް ވަނީ ލައިފަ އެވެ.

ސޮނެވާ ޖާނީގެ އާ ވިލާގައި ވެސް އެއް ކޮޓަރިން ފެށިގެން ހަތަރު ކޮޓަރި ހިމެނޭ ގެތައް ވަނީ ހަދާފައި

ސޮނެވާ ޖާނީގެ އާ ވިލާގައި ވެސް އެއް ކޮޓަރިން ފެށިގެން ހަތަރު ކޮޓަރި ހިމެނޭ ގެތައް ވަނީ ހަދާފައި

އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ވިލާތަކުގެ މައި ކޮޓަރި ހަދާފައިވަނީ އޭގެ ފުރާޅު ކަހާލެވޭ ގޮތަށެވެ. މިއީ ރޭގަނޑު ވަގުތު ކޮޓަރީގައި އޮވެލައިގެން އުޑުމަތި ބަލާލައި ރާއްޖޭގެ ސާފު ވައި ވެސް ހޯދާލެވޭނެ ފުރުސަތެކެވެ.

ސޮނެވާ އިން ބުނާ ގޮޮތުގައި މިއިން ކޮންމެ ވިލާއެއް ވެސް ތަރައްގީކުރީ އެ ކުންފުނިން ގެންގުޅޭ ތިމާވެށީގެ ހިމާޔަތަށް ހާއްސަ ކަންކަމަށް ބަލައިގެންނެވެ. އެގޮތުން ވިލާތައް ހަދަން ބޭނުންކުރީ "ފޮރެސްޓް ސްޓުވާޑްޝިޕް ކައުސިލް" އިން ހުއްދަ ދީފައިވާ ލަކުޑި އެވެ.

ސޮނެވާ ޖާނީ ޗާޕްޓާ ދޭއްގެ ވިލާއެއްގެ އެތެރެ: ކޮޓަރިތައް ހަދާފައިވަނީ ރާއްޖޭގެ ރީތިކަމުން ހިތް އުފާކޮށްލެވޭ ގޮތަށް

ސޮނެވާ ޖާނީ ޗާޕްޓާ ދޭއްގެ ވިލާއެއްގެ އެތެރެ: ކޮޓަރިތައް ހަދާފައިވަނީ ރާއްޖޭގެ ރީތިކަމުން ހިތް އުފާކޮށްލެވޭ ގޮތަށް

ޗެޕްޓާ ދޭއްގައި ވެލްނެސް ސެންޓަރެއް ވެސް ވަނީ ހަދައިފަ އެވެ. އެކަމަކު އެ ސެންޓަރު ހުޅުވާނީ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގަ އެވެ. މި ސެންޓަރުން ކުރީ ޒަމާނުގެ އަޔުވްރެދިކް ފަރުވާތަކާއި ތެރަޕީތައް ލިބޭނެ އެވެ.

ސޮނެވާ ޖާނީގެ އާ ވޯޓާ ރެސްޓޯރެންޓް: މިއީ އެ ރިސޯޓްގައި އަލަށް ތަރައްގީކުރި އެއް ތަން

ސޮނެވާ ޖާނީގެ އާ ވޯޓާ ރެސްޓޯރެންޓް: މިއީ އެ ރިސޯޓްގައި އަލަށް ތަރައްގީކުރި އެއް ތަން

ޗެޕްޓާ ދޭއްގައި ޗުއްޓީ ހޭދަކުރާާ މީހުން ކައިބޮއި ހަދަން ހޭދަކުރާ ވަގުތު ވެސް ރާއްޖޭގެ ރީތިކަން ފެނި، އުފާވެރިކަން ހޯދޭނެ ފަދަ އިންތިޒާމްތައް ވަނީ ހަމަޖައްސައިފަ އެވެ. އޮވާ ވޯޓާ ރެސްޓޯރެންޓާއި "އޯގޭނިކް ގާޑެން" އަކީ ވެސް ރީތި މަންޒަރުތަކެވެ.

ސޮނެވާ ޖާނީގެ އޮގޭނިކް ގާޑެން: މި ހުންނަނީ އާދައިގެ ބަޔަކަށް ހަމަ ލޮލުން ފެންނާނެ ތަންތަނެއް ނޫން

ސޮނެވާ ޖާނީގެ އޮގޭނިކް ގާޑެން: މި ހުންނަނީ އާދައިގެ ބަޔަކަށް ހަމަ ލޮލުން ފެންނާނެ ތަންތަނެއް ނޫން

ސޮނެވާ ޖާނީގެ ޗާޕްޓާ ދޭއްގައި ޗުއްޓީ ހޭދަކުރުމަކީ، ތަނުގެ ރީތިކަމާއި ހިދުމަތަށް ބަލާއިރު، ޖީބަށް ވެސް ބުރަ ހޭދައެކެވެ. އެގޮތުން ރެއަކަށް މަދުވެގެން 3،560 ޑޮލަރު (ގާތްގަނޑަކަށް 54،895ރ.) ހަރަދުވާނެ އެވެ. އެކަމަކު ރިސޯޓް އަމާޒުކޮށްފައިވާ ޓޫރިސްޓުންނަށް އެއީ މާ ބޮޑު އެއްޗެއް ކަމަކަށް ނުބެލެވެ އެވެ.